މާލޭގައި ބުދަ ދުވަހުގެރޭ ހިނގި މަރުގެ އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ސައިކަލް ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
އެ އެކްސިޑެންޓުގައި ސައިކަލް ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ ވަނީ މަރުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ.
އެކްސިޑެންޓް ހިނގީ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ސައިކަލް މުޑިއަރައިގެންނެވެ.
މާލޭގައި ކާފިއު ހިންގާފައި ވަނިކޮށް ހިނގި އެ އެކްސިޑެންޓުގައި، ސައިކަލް ދުއްވީ ފުލުހުންގެ ހުއްދަ އޮތް މީހެއް ކަމެއް އަދި ނޭގެ އެވެ.














