ކެނެރީގޭގެ މައުލޫމާތު ހާމަކުރީ ހަމަލާގެ މިސްރާބު އަނބުރާލަން ކަމުގެ ތުހުމަތު

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއަށް ސެކިއުރިޓީ ދިނުމުގެ ތަފްސީލީ މައުލޫމާތު "މިހާރު" ނޫސް މެދުވެރިކޮށް އެމްއެންޑީއެފުން ހާމަކުރީ ވަކި "ޕްރޮޕެގެންޑާ"އެއްގެ ދަށުން ހަމަލާގެ މިސްރާބު އަނބުރާލަން ކަމަށް މަޖިލީހުގައި ބައެއް މެމްބަރުން މިއަދު ތުހުމަތުކުރައްވައިފި އެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އެ މައްސަލަ މިހާރު އަންނަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ބަލަމުންނެވެ.

ނަމަވެސް، އެކަމާ މެދު މަޖިލީހުގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތުމުން، ރިޔާސަތުން ވަނީ މަޖިލީހުން ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގައި ކުރިއަށްދާ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހުމަދު ނަސީމް ވިދާޅުވީ މަޖިލީހުން އެކަމާ މެދު ކަންބޮޑުވުންފާޅުކުރުމުން މުޅި މައްސަލަ އެހެން މިސްރާބަކަށް އަނބުރާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމަށް މަޖިލީހުން އުޅޭކަމުގެ ނުބައި ތަސައްވުރެއް ފަތުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ ނޫސްވެރިކަމުގެ ހައްގަށް އަރައިގަންނާކަށް ނޫން. އެ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާކަށް ވެސް ނޫޅޭ. މިއުޅެނީ ދިފާއީ ބާރުގެ ތެރެއިން ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް މައުލޫމާތުތަކެއް ހާމަކޮށްގެން އުޅޭތީ،" މީކާއީލު ވިދާޅުވި އެވެ.

އަދި ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީދާ ހުރަސްއެޅޭ ގޮތަށް އެމްއެންޑީއެފްގެ ތެރެއިން ސިއްރު މައުލޫމާތުތަކެއް ހާމަކުރި މައްސަލަ ބެލި، އެކަން ކުރި ބަޔަކު ދިފާއީ ބާރުގެ ތެރެއިބް ދުރުކުރެވެންޖެހޭ ކަމަށް އޭނާ ގޮވާލެއްވި އެވެ.

ރާއްޖޭގައި އެންމެ ތުރެޓު ބޮޑު އެއް ބޭފުޅަކަށް ސެކިޔުރިޓީ ދޭ ފަރާތުގެ ހައިސިއްޔަތުން ކަމަށް ބުނެ، ފިލައި ތިބެ އެ މައުލޫމާތު ހާމަކުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެވެ.

އެކަން ކޮށްފައިވަނީ "ޕްރޮޕެގެންޑާ"އެއްގެ ދަށުން ކަމަށް ތުހުމަތުކުރައްވައި، އިންތި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ވެސް ދެވުނީ ދިފާއީ ބާރުގެ ތެރެއިން ލީކުވި މައުލޫމާތަކުން ކަމަށް މިހާރު ޝައްކު އުފެދޭ ކަމަށެވެ.

"މިއީ ގުޅިގެން އެތެރޭން ހިންގި ބޮޑު ޕްރޮޕެގެންޑާއެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ،" އިންތި ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ޕްރޮޕެގެންޑާ ދަށުން ހާމަކުރި މައުލޫމާތު ނޫހުގައި ޝާއިއުކުރުމުން މިހާރު ވެސް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު އިތުރަށް "ވިކްޓިމައިޒް"ވެފައިވާ ކަމަށެވެ.

އަދި މިފަދަ ބޮޑު މައްސަލައެއް ފެންމަތިވެގެން އުޅޭއިރު، ސަލާމަތީ ހިދުމަތްތަކުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވާތީ ވެސް އިންތި ވަނީ ކަންބޮޑުވުންފާޅު ކުރެެއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވިދާޅުވި ގޮތުގައި ނަޝީދަށް ރައްކާތެރިކަން ދެމުންދާ ފަރާތަކުން އެފަދަ ތަފްސީލީ މައުލޫމާތެއް ހާމަކުރުމަކީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެ ކަމެއް ނޫނެވެ.

އެގޮތުން، އެ އާޓިކަލްގައި ދިފާއީ ބާރުގެ ތެރޭގައި ތިބި ބަޔަކަށް ނޫނީ ނޭނގޭނެ މައުލޫމާތުތަކެއް ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް ނަޝީދަށް އެރުވި ސެކިޔުރީ ބްރީފްތަކުގަ މައުލޫމާތު އެހެރީ އާޓިކަލްގައި ޝާއިއުކޮށްފަ. އެ މައުލޫމާތު ނޫހަށް ދިނީ އާއްމުންގެ މީހެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތަށް އެކަމާމެދު ދިފާއީ ބާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނާތީ ހަސަން ލަތީފް ވެސް ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އާއިލާ ވެސް ދިރިއުޅުއްވާ ގެކޮޅާ ގުޅޭ އެހާ ތަފްސީލީ މައުލޫމާތެއް ހާމަވުމަކީ އެބޭފުޅުންގެ ފުރާނައަށް ވެސް ނުރައްކާވާ ފަދަ އަމަލެއް ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި، ދިފާއީ ބާރުގެ ތެރޭގައި ހުންނަ އެއްވެސް ސިއްރު މައުލޫމާތެއް ހާމަވުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮންނާނެ ކަމެއް ކަމަށާއި، އެ މައްސަލަ 241 ކޮމިޓީން ނިންމީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ.

"ނޫހެއްގެ ޖާނަލިސްޓެއް ހާޒިރުކޮށް އޭނާއަށް މައުލޫމާތުދިނީ ކާކުތޯ ބަލާކަށް ނޫން،" ހިސާން ވިދާޅުވި އެވެ.

އެކަމުގައި އެ ހަބަރުގެ މަސްދަރު ހާމަކުރަން ކޮމިޓީން މަސައްކަތްކޮށްފާނެތީ މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ނަމަވެސް، މަސްދަރު ހާމަކުރުވަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ދެއްވައިފަ އެވެ.

"މިހާރު" ނޫހުގެ އެ ހަބަރުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި ހިލާފަށް ހަބަރާއި މައުލާމާތު ހިމަނާފައިވޭތޯ ބަލަން މީޑިޔާ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox