ހައްޔަރުކޮށް ބަންދު އިތުރުނުކޮށް 48 ގަޑިއިރު ބެހެއްޓުމުގެ ބާރާ އެކު ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް

ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ޓެރަރިޒަމްގެ ގާނޫނަށް އަނެއްކާވެސް ސަރުކާރުން ވަނީ އިސްލާހުތަކެއް ހުށަހަޅާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ޓެރަރިޒަމްގެ ގާނޫނަށް އަނެއްކާވެސް ސަރުކާރުން ވަނީ އިސްލާހުތަކެއް ހުށަހަޅާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓުމާ އެކު އަނެއްކާވެސް އިތުރު ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް މީގެ ކުރިން 2019 ގައި ވެސް އިސްލާހުތަކެއް ގެނެސް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދިނެވެ. އޭގެތެރޭގައި ކޯޓުގެ އަމުރެއް ނެތި ހައްޔަރުކުރުމާއި ބަލައިފާސްކުރުން ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އެވެ. އެކަމަކު، ކޮމިޓީ މަރުހަލާގައި އެކަމަށް އެއްބަސްނުވެވި ނިންމީ އެ މުއްދަތު 24 ގަޑިއިރަށް ކުޑަކުރާށެވެ.

އެކަމަކު އަނެއްކާވެސް ސަރުކާރުން މިވަނީ އެ ބާރު ފުލުހުންނަށް ދޭން ހުށަހަޅައިފަ އެވެ.

ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތައް

- ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުން.

- އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލްތައް އިތުރަށް ސާފުކޮށްދިނުން.

- ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހަކު އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެ ތަނަކަށް ވަދެ އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތުތައް ބަޔާންކޮށްދިނުން.

- ބޭރުގައި ހިންގާ ހަނގުރާމައަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދަކުން އަނބުރާ ރާއްޖެ އަންނަ މީހުންނާ މެދު އަމަލުކުރާ އިޖުރާއަތުތައް އިސްލާހުކުރުން.

އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅީ، ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމަށެވެ. ހަނގުރާމައިގައި ސީދާ ބައިވެރިނުވިިޔަސް އެފަދަ ތަނަކުން އަންނަ މީހަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި އެފަދަ އަމަލުތަކުން މުޖުތަމައުު ރައްކާތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ. އަދި އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރުވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަން ވެސް ހުށަހެޅި އެވެ.

ތިން ވަނަ އިސްލާހު ހުށަހެޅީ މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ތަންފީޒުކުރަމުންދާ މީހުންނާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހުގީގު މަރުހަލާގައި ބަންދުގައިވާ މީހުންނާއި ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރާ މީހުންނާއި ރާއްޖެ އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެ ފަރާތްތަކުގެ އާއިލާގެ މެމްބަރުންނަށް ރީހެބިލިޓޭޝަން ދިނުން ހަރުދަނާ ކުރުމަށެވެ. އެގޮތުން ގާނޫނީ ނިޒަމުގެ ކުރިމައްޗަށް އެ މީހުން ހުށަހެޅޭ ހިސާބުން މުޖުތަމައަށް އަނބުރާ ރުޖޫއަވަންދެން މެދުނުކެނޑި އެ ފަރުވާ ލިބޭނެ ގޮތް ގާނޫނުގައި ކަނޑައެޅުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅީ ޓެރަރިޒަމްގެ ކުށް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށެވެ. އަދި ރާއްޖެ އިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށް ފަހު އަނބުރާ ރާއްޖެ އަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް ހައްލު ހޯދައި ދިނުމަށެވެ.

ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަން ޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަކީ ވެސް ގާނޫނަށް އިސްލާހަށް ގެންނަން ޖެހޭ ސަބަބެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށް މީގެ ކުރިން ދީފައިވާ ބައެއް ބާރުތަކުގެ ތެރޭގައި، ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުން ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް އެމީހަކު ކޯޓު އަމުރާ ނުލައި ހައްޔަރު ކުރެވޭނެ އެވެ.

ޓެރަރިޒަމް ކަމަށް ގާނޫނުގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނާޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމެވެ.

ގާނޫނު އިސްލާހުކޮށް ފުލުހުންނަށް އަނެއްކާވެސް ބާރުތަކެއް ދޭން ހުށަހެޅިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހު މާލޭގައި ވަނީ ބޮމެއް ގޮއްވާލައިފަ އެވެ. ޓެރަރިޒަމްގެ މި އަމަލު ހިންގުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ އިރު އެ މީހުންނަކީ ހައްދުފަހާނާޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގާ މީހުން ކަމުގެ ތުހުމަތު ފުލުހުން ކުރެ އެވެ. މިއާއެކު، ބޮން ހަދައި ގޮއްވާލައިގެން މީހުން މަރަން ފަސްނުޖެހޭ ވަރުގެ ގިނަ ބަޔަކު މުޖުތަމައުގެ ތެރޭގައި އުޅޭ ކަމުގެ ކަންބޮޑުވުން ފުލުހުންނާއި ސިފައިން ވަނީ ފާޅުކޮށްފަ އެވެ.

އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން ދޫވެފައިި ތިއްބަސް އެފަދަ ހަމަލާއެއް ރާވައި ނުވަތަ ހިންގަން ނޫޅޭހާ ހިނދަކު އެ މީހުން ބަންދުގައި ބޭތިއްބޭނެ މަގެއް ގާނޫނުގެ ތެރެއިން ނެތް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox