ކެނެރީގޭ ސަލާމަތުގެ ކަންކަން ނޫހުގަ ޖެހުމުން މައްސަލަ ބަލަނީ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ނަޝީދުގެ ރައްކާތެރިކަން ގެއްލުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ ބަލަން މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމެޓީން ނިންމީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުހީގެ ދަށުން "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި މީހަކާ ހަވާލާދީ ނަޝީދުގެ ސެކިއުރިޓީ އާއި ކެނެރީގޭގެ ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެ އެވެ.

މަޖިލީހުގެ 241 ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ރިޕޯޓްގައި ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު ބަޔާންކޮށްފައިވާ ކަމަށެވެ. ރިޕޯޓަށް ދީފައިވާ މައުލޫމާތު ލިބިފައިވާނީ ސަލާމަތީ ބާރުތަކަށް އެކަނި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ މައުލޫމާތަކީ އާންމުކޮށް ރާއްޖޭގެ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިހުތިޔާރު ލިބިފައިވާ ބައެއްގެ އިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތުތަކެއްކަމަށް މިކޮމިޓީން ދެކެމެވެ.-- ބަޔާން

ބަޔާނުގައި ބުނެފައިވަނީ އެ މައުލޫމާތު އެގޮތަށް އާންމު ވުމަކީ، ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި، ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއް ކަމަށް ވެސް ކޮމެޓީން ދެކޭ ކަމަށެވެ.

އެ މައުލޫމާތު ނޫހާ ހިއްސާ ކޮށްފައި އެވަނީ ސިފައިން ކަމަށް ތުހުމަތުކޮށް އެފަދަ ކަމެއް ކުރުމަކީ ކުށެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ހިއްސާކުރުމަކީ މަނާކަމެއްކަމާއި އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ބަޔާނުގައި ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

"މިމައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން މިކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިކޮމިޓީއިން މިމައްސަލަ ބެލުމަށް ނިންމާފައިވާކަމުގައި ދަންނަވަން،" ބަޔާނުގައިވެ އެވެ.

"މިހާރު" ނޫހުގެ އެ ރިޕޯޓް އެމްޑީޕީން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ. އެއީ އެމަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރަން ކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަ ކުރެ އެވެ.

ނަޝީދުގެ ސަލާމަތާ ބެހޭ ވާހަކަތައް ގިނަ ވެފައި މިވަނީ އެމަނިކުފާން އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވަނިކޮށެވެ. ގެއިން ނުކުންނަވައިގެން ކާރޮކޮޅަށް އަރާވަޑައިގަންނަވަން ދަނިކޮށް އައިއީޑީއެއް ގޮއްވައިލައިގެން ދިން އެ ހަމަލާގައި އެމަނިކުފާންގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. ލިބުނު ގެއްލުންތަކަށް މިހާރު ވެސް އަންނަނީ ޖަރުމަނުން ފަރުވާ ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox