ކޮވިޑު ފެސިލިޓީގެ ގޯސް ހާލަތު ހަމައަކަށް އަޅުވަން މަޖިލީހަށް

މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑު ފެސިލިޓީގައި ގިނަ ބަޔަކު މަރުވަމުންދާއިރު، އެތަނުގައި ފަރުވާ ދިނުމުގައި ހުރި ދަތިތައް ބަލައި ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އިދިކޮޅުގެ ފަރާތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މި މަހުގެ ތެރޭގައި ކޮވިޑު ބަލީގައި 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ވެސް ހިމެނޭ ކަމަށެވެ.

އަދި އޭގެ ތެރެއިން ގިނަ މީހުން މަރުވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ކަމަށްވާއިރު ފަރުވާދިނުމުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނަށް ދަތިތަކެއް ކުރިމަތިވެފައިވޭތޯ ބަލައި، އެކަންކަން ހައްލުކުރަން އެޅޭނެ ފިޔަވަޅުތަކެއް ހުރިތޯ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ކޮވިޑު ހާލަތު ގޯސްވުމުގެ ސަބަބުން މިއަދު އޮންލައިންކޮށް ކުރިއަށް ގެންދާ ޖަލްސާގައި، އެ މައްސަލަ ބަލައިގެންފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގުންނެވެ.

އެ މައްސަލަ މަޖިލީހަށް މިއަދު ވައްދާފައިވަނީ ފެސިލިޓީގައި ކެއިން ބުއިމާއި ސާފުތާހިރުކަން ކުޑަވުމާއި އަޅާނުލާ ކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަދި އެތަނުގައި ބަލި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާދެވޭނެ ސިއްހީ ހިދުމަތްތެރިން ނެތް ކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

އެ މައްސަލަ ބަލައިގަތުމަށް ފަހު ކުރިއަށްދާ ބަހުސްގައި ޝިޔާމް ވިދާޅުވީ މި ބަލިމަޑުކަމުގެ ތެރެއިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، ކޮވިޑު ފެސިލިޓީގައި އެންމެ އާދައިގެ ބޭސް ވެސް ލިބެން ނެތް ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެތަނުގައި ތިބި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ، މުޅި ނިޒާމަށް ބުރޫ އަރާފައިވަނީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

ވަކިން ހާއްސަކޮށް ކޮވިޑު ފެސިލިޓީގައި ތިބި ސިއްހީ ހިދުމަތްތެރިން ބަދުނާމުނުވާ ގޮތަށް އެތަނުގެ ވަސީލަތްތައް އިތުރުކޮށްދިނުމަށް ޝިޔާމް ވަނީ ގޮވާލައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox