ހަމަލާއާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކުރަން ފުލުހުންނާއި ސިފައިންނަށް ހުޅުވާލައިފި

އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ގެންދެވުނު ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ގެންދެވުނު ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއާ ގުޅޭ މައުލޫމާތެއް އޮތް ނަމަ ހިއްސާކޮށްދޭން ސަލާމަތީ ހިދުމަތްތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

ނަޝީދަށް ދިން ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުޔަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުން ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންދާ އިންކުޔަރީއަށް ސަލާމަތީ ހިދުމަތްތަކުގެ އިތުރުން ކަމާގުޅޭ އެހެން މުއައްސަސާތައް ހާޒިރުކޮށް ދަނީ މައުލޫމާތު ސާފު ކުރަމުންނެވެ.

އަދި ކަމާގުޅޭ ކުރީގެ އަދި މިހާރުގެ މާހިރުންގެ ލަފާއާއި އިރުޝާދު ވެސް ކޮމިޓީން ދަނީ ހޯދަމުންނެވެ.

އެކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ އިންކުޔަރީއަށް މައުލޫމާތު ހުށަހަޅަން ބޭނުންވާ ސިފައިންނާއި ފުލުހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ކޮމިޓީގެ އިމެއިލް އެޑްރެހަށް ނުވަތަ ހާއްސަ މޮބައިލް ނަމްބަރު މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެކަމަށް ބުންޏެވެ.

"ކޮމިޓީއާ މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ މައުލޫމާތު، ސިއްރުކުރެއްވުމަށް އެދިވަޑައިގަންނަވާނަމަ، އެކަން ފާހަގަކުރެއްވުމުން، އެފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރާނެކަމުގައި ދެންނެވީމެވެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިންކުޔަރީއާ ހިއްސާ ކުރާ މައުލޫމަތަކާ ގުޅިގެން މުވައްޒަފަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކޮމިޓީން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ކޮމިޓީން މިވަގުތު ދަނީ އެކި ފަރާތްތަކުން މައުލޫމާތު އެއް ކުރަމުން ކަމަށާއި، އެކަމާ ގުޅޭ ފަރާތްތަކާ ސުވާލުކުރާނީ އެ ހުރިހާ މައުލޫމާތެއް ދިރާސާކޮށް ނިމުމުން ކަމަށް އެ ކޮމިޓީ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންއަޔަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ މެމްބަރުން ގެންދަވަނީ އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އާއި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު އެވެ.

އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox