އިމާރާތެއްގެ މަތިން ޒުވާނާ ވެއްޓުމުގައި މީހެއްގެ ދައުރެއް އޮތް ކަމަކަށް ނުބެލެވޭ: ޕޮލިސް

ގެސްޓްހައުސެއްގެ މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ --

ގެސްޓްހައުސެއްގެ މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ --

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ އިމާރާތެއްގެ މަތިން ޒުވާނަކު ވެއްޓުމުގައި އިތުރު މީހެއްގެ ދައުރު އޮތް ކަމަކަށް ތަހުގީގަށް އަދި ފާހަގަނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ރޭ ދަންވަރު ހުޅުމާލޭ ނިރޮޅުމަގުގެ ހަ ވަނަ ނަންބަރު ގޯޅީގައި ޒަހަމްތަކާ އެކު މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ދިޔަ އެވެ. އުމުރުން 21 އަހަރުގެ އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ އިރު ހޮސްޕިޓަލަށް ގެންދިޔައިރު އެ މީހާގެ ހޭވެރިކަމެއް ނެތެވެ.

އެ މީހާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އޭގެއިން ފެންނަ ގޮތުން އޭނާ އޮތީ ހަމައެކަނި ބޮކްސާއެއް ލައިގެންނެވެ. ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވޭއިރު ގިނަ އަދަދަކަށް ލޭ ފައިބާފައި ހުއްޓެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގުމުގެ 10 މިނެޓް ކުރިން އޭނާ ވެއްޓުނު އިމާރާތަށް އެކަނި ގޮސް ވަންނަ މަންޒަރު ސީސީޓީވީން ފެންނަ ކަމަށެވެ. އޭނާ ފުރަތަމަ ވެއްޓުނީ ހަ ބުރީގެ އިމާރާތުން ޖެހިގެން ހުރި ތިން ބުރީގެ އިމާރާތުގެ ޓެރަސް މައްޗަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އޭނާ މަގުމައްޗަށް ވެއްޓުނީ އެ ތިން ބުރީގެ އިމާރާތުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވެއްޓުނު އިމާރާތަށް ވަނުމުގެ ކުރިން އޭނާ ހުޅުމާޅޭ މަގުތަކުގައި އަޑުގަދަކޮށް އެކަނި ކޮޅުކޮޅަށް ދުވެ އުޅެފައިވާކަން ސީސީޓީވީ ފްޓޭޖްތަކުންނާއި މަންޒަރުދުށް މީހުންގެ ބަހުން އެނގޭ ކަމަށެވެ.

މި މައްސަލައިގެ އިތުރުން އިމާރާތުން ވެއްޓުމުގެ ދެ ހާދިސާއެއް މިފަހުން ވަނީ ހިނގައިފަ އެވެ. އެ އެންމެނަށް ވެސް ވަނީ ފަރުވާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox