ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ އަވަހާރަވެއްޖެ

އިސްމާއިލް ފަތުހީ (ވ) އަށް 2013 ވަނަ އަހަރު ރައީސް ވަހީދު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް

އިސްމާއިލް ފަތުހީ (ވ) އަށް 2013 ވަނަ އަހަރު ރައީސް ވަހީދު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް އަރުވަނީ. --ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ އޮޑިޓް ދާއިރާ އާއި މާލީ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ، ކުރީގެ އޮޑިޓަ ޖެނެރަލް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ ކޮވިޑް ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަތަރު ވަނަ އަށްވީ ދުވަހު އެވެ. އިސްމާއިލް ފަތުހީގެ އަނބިކަނބަލުން ފާތިމަދު އާބިދާ ހުސެއިން ވެސް އަންނަނީ ކޮވިޑަށް ފަރުވާ ހޯއްދަވަމުންނެވެ.

ޅ. ނައިފަރަށް، 1941، ފެބްރުއަރީ 1 ގައި އުފަންވި އިސްމާއިލް ފަތުހީ އަކީ ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ބޮޑުވަޒީރުގެ ނާއިބް އަލްއުސްތާޒް މޫސާ ފަތުހީގެ ކޮއްކޮ އެވެ. އިސްމާއިލް ފަތުހީގެ ތިއްބަވަނީ ހަތަރު ބޭފުޅުންނެވެ. އޭގެ ތެރެއިން އަހުމަދު ފަތުހީ (ފައްތޭ) އަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.

އިސްމާއިލް ފަތުހީ ދިވެހި ސަރުކާރަށް ކުރެއްވި 46 އަހަރުގެ ހިދުމަތުގައި ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމާއި ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރުކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ވައިސް ގަވަރުނަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވައިފަ އެވެ.

އޮޑިޓް އޮފީހުން ވަނީ އޭނާ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބް، 2019 ވަނަ އަހަރު ދީފަ އެވެ.

އިސްމާއިލް ފަތުހީ އަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ޝަރަފް އެރުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން 1969 ވަނަ އަހަރު ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ފަތުހީ އަކީ އެ ދާއިރާ އިން ޑިގްރީއެއް ނެންގެވި ފުރަތަމަ ދިވެއްސެވެ. ކިޔަވާ ވިދާޅުވެގެން ރާއްޖެ އައުމާ އެކު އިބްރާހިމް ނާސިރުގެ ރައީސްކަމުގައި އިސްމާއިލް ފަތުހީ އަށް ވަނީ އޮޑިޓް އޮފީހުގެ އޮޑިޓަރުކަމުގެ މަގާމް ދެއްވައިފަ އެވެ.

އޭނާގެ އެންމެ ބޮޑު އެއް މަސައްކަތަކަށްވީ، އޮޑިޑް ދާއިރާ އިން މީހުން ތަމްރީންކުރެއްވުމެވެ. އެ މަސައްކަތް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ކުރެއްވި އެވެ. އެހެންކަމުން އިސްމާއިލް ފަތުހީ ފާހަގަކުރެވެނީ ރާއްޖޭގައި އޮޑިޓް ދާއިރާ އިން މީހުން އުފެއްދުމުގެ ބާނީގެ ގޮތުގަ އެވެ. އޭނާ ވަނީ ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު ފޮތް ތައްޔާރުކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

އިސްމާއިލް ފަތުހީ އޮޑިޓަ ޖެނެރަލްގެ މަގާމް ފުރުއްވީ 1993 އިން 2008 އަށެވެ.

އިސްމާއިލް ފަތުހީ ވަނީ ރާއްޖޭގައި ހުޅުވި ފުރަތަމަ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ މާލީ ދާއިރާ އަށް އިސްމާއިލް ފަތުހީ ކުރެއްވި ހިދުމަތްތަކަށް ބަލާއިރު ބަޖެޓް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު، ޑިރެކްޓާ އޮފް ފިނޭންސާ ހަވާލުކުރެއްވި ހިސާބުން ފެށިގެން އެ މަސައްކަތް ކުރައްވައި ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތެވެ.

އަދި 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދުމުގައި ވެސް އިސްމާއިލް ފަތުހީ އިސް ދައުރެއް އަދާކުރެއްވި އެވެ. އެ ތަނުގެ ވައިސް ގަވަރުނަރުގެ މަގާމް ފުރުއްވައި، އެމްއެމްއޭއާ ބޭންކްތަކާއި ހިނގާ މުއާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމުގެ މަސައްކަތްތައް ވިލަރެސްކުރެއްވި އެވެ. މީގެ އިތުރުން ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަމާއި އޯލްޓަނޭޓް ގަވަރުނަރުކަން ވެސް ކުރައްވާފައިވެ އެވެ.

ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން އިސްމާއިލް ފަތުހީ ވަނީ، ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހިންގި ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައި ވެސް އިސްމާއިލް ފަތުހީ ވަނީ ހިދުމަތްކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox