މުލީއާގެ އައިއީޑީ: ސުޕްރީމް ކޯޓުން ދެއްކީ ތަހުގީގުގައި ހުރި ފީކަޅާ އެތައް ކަމެއް!

ސުޕްރީމް ކޯޓުގެ ކުރިމަތިން ސިފައިންގެ އޮފިސަރެއް ސައިކަލެއް ދުއްވާފައި ދަނީ: ބޮން ބޭއްވި ކަމަށް ބުނާ މައްސަލާގެ ގޯސްތައް ދެއްކި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓުގެ ކުރިމަތިން ސިފައިންގެ އޮފިސަރެއް ސައިކަލެއް ދުއްވާފައި ދަނީ: ބޮން ބޭއްވި ކަމަށް ބުނާ މައްސަލާގެ ގޯސްތައް ދެއްކި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

"އައިއީޑީއެއް ނަގައި ގޮތްގޮތަށް ތެޅުވުމަކީ އާދައިގެ އިންސާނަކު ކޮށްފާނެ ކަމަށް ގަބޫލު ކުރެވޭ ކަމެއް ނޫން،" ބޮމެއް ފެނިގެން ކަމަށް ބުނެ ހިންގި އޮޕަރޭޝަނާމެދު ސުވާލު އުފައްދަމުން، ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމްގައި ބުންޏެވެ.

އެ ހުކުމް އިއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައި ގޮއްވާލަން އުޅުނު ކަމަށް ބުނާ މައްސަލާގައި އެކަމުގެ ބައިވެރިވި ކަމުގެ ކުށް ސާބިތުވި މުހައްމަދު ތޮލްއަތުގެ މައްސަލައިގަ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށް ސާބިތުވެ، 17 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ތޮލްއަތުގެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައި އޮއްވައި ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ ހުކުމް ބާތިލް ކުރުމަށެވެ. އޭގެ އެންމެ މައިގަނޑު ސަބަބަކީ މައްސަލާގައި ހިމެނޭ އެކްސްޕާޓް އޮޕީނިއަން ރިޕޯޓާއި އެ ރިޕޯޓް އެކުލަވާލި އޮފިސަރުގެ ހެކިބަހާއި ތަހުގީގުގައި ހުރި ގޯސްތަކެވެ. ގޮވާ އެއްޗެއް ކަމުން މައްސަލާގެ ތަހުގީގު ފުރަތަމަ ކުރިއަށް ގެންދާނީ އެމްއެންޑީއެފުންނެވެ. ފުލުހުންނާ ހަމާލުކުރާނީ އޭގެ ފަހުންނެވެ.

Advertisement

އައިއީޑީ މައްސަލައިން ދިފާއުވުމަށް ތޮލްއަތު ފާހަގަކުރާ ކަމަކީ، އައިއީޑީއަކީ އަސްލު އެއްޗެއް ނޫން، ކުޅޭކުޅޭ އެއްޗެއް ކަމެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވެސް ވަނީ މިކަމަށް އަލިއަޅުވާލުމުގެ ގޮތުން އައިއީޑީގެ ބައިތަކުގެ މައްޗަށް ވަކިވަކިން ބަލައިފަ އެވެ. ތޮލްއަތުގެ ފަރާތުން އައިއީޑީގެ މައިގަނޑު ބައިތަކާމެދު ސުވާލުތަކެއް އުފައްދަ އެވެ.

އައިއީޑީގެ ބައިތަކާ ގުޅޭ ގޮތުން އޮފިސަރުގެ ފުށުއެރުންތަކެއް

އެންމެ ފުރަތަމަ ކަމަކަށް އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ގުޅޭ ގޮތުން ހުކުމްގައި ބުނީ، ސްވިޗާ ގުޅޭ ގޮތުން އައިއީޑީގެ ރިޕޯޓް ތައްޔާރުކުރި ވޮރެންޓް އޮފިސަރު އަހުމަދު ހަލީލު ދައްކާފައިވާ ވާހަތަކަކީ ޔަގީންކަމާއެކު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި، ސްވިޗަކީ އައިއީޑީގައި އިނުން ލާޒިމް އެއްޗެއް ކަމަށް އޭނާ ބުނާއިރު ރިޕޯޓްގައި އެކަން ބަޔާންކޮށްފައިނުވާ ކަމަށެވެ.

"މިހާރު އަޅުގަނޑު އެހާ ބޮޑަކަށް ހަނދާނެއް ނެތް، އަޅުގަނޑު ފޮޓޯތައް ބެލީމާ މިދެންނެވި ބައިތައް އޭގައި ހުރި، ހަމަ ސްވިޗެއް ގޮތަށް ބޭނުން ކުރެވޭ އެއްޗެއް އޭގައި އިން ހަނދާން އަޅުގަނޑުވޭ،" ހާދިސާގައި ފެނުނު އައިއީޑީގައި އިން ސްވިޗާ ގުޅޭ ގޮތުން ހަލީލު ބުނެފައިވަނީ އެހެނެވެ.

އެހެންވީއިރު، އައިއީޑީއަކީ ދުރުގައި ހުރެގެން ގޮއްވާލެވޭ އެއްޗެއް ކަމާމެދު ޝައްކު އުފެދޭ ޝައްކުތައް ސާފުވެގެން ނުދާ ކަމަށާއި އޭގެ މަންފާ ތޮލްހަތަށް ލިބެން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

މުލިއާގެ ކައިރިން ފެނުނު ކަމަށް ބުނާ އައިއީޑީ
މުލިއާގެ ކައިރިން ފެނުނު ކަމަށް ބުނާ އައިއީޑީ

މުލިއާގެ ކައިރިން ފެނުނު ކަމަށް ބުނާ އައިއީޑީ

ދެން ވާހަކަ ދައްކާފައިވަނީ މަދާބޯޑާ ގުޅޭ ގޮތުންނެވެ. ހަލީލު ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ބުނެފައިވަނީ އެއީ އައިއީޑީއެއްގައި އިނުން ލާޒިމް އެއްޗެއް ނޫން ކަމާއި އައިއީޑީގައި މަދަބޯޑް ބޭނުންކޮށްފައިވަނީ އޮޅުވާލަން ކަމަށެވެ. ނަަމަވެސް، އެކްސްޕާޓް އޮޕީނިއަން ރިޕޯޓްގައި އެއީ އައިއީޑީއެއްގައި އިނުން ލާޒިމް އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

"އެެހެންވީމަ މަދަބޯޑާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަ ކުރެވޭ،" ހުކުމްގައިވެ އެވެ.

އައިއީޑީގައި ފެނުނު ގޭސް ޓިއުބުތަކެއް އެއީ ގޮވުން ބާރުގަދަ ކުރުމަށް ބޭނުން ކޮށްފައިވާ ތަކެތި ކަމަށް ހަލީލު ބުނި ނަމަވެސް، ޓިއުބުތަކުގައި ގޭސް ހުރި ކަމަށް ނިންމާފައިވަނީ ތަހުލީލެއް ކުރުމެއް ނެތި އެވެ.

"އެތެރޭގައި ހުރި ގޭހެއް އަޅުގަނޑުމެން އެނަލިސިސްއެއް ނުހަދަން،" ހަލީލު ބުނެފައިވެ އެވެ.

ގޭހެއް ހުރި ކަމަށް ތަހުލީލެއް ކުރުމެއް ނެތި ހަލީލު، މި ބުނާ ބުނުމަކީ ހީވާ ހީވުމެއްގެ މައްޗަށް ބުނެފައިވާ ބުނުމެއް ކަމަށް ބަލަން ޖެހޭ ކަމާއި ތަހުލީލަކުން ނޫން ގޮތަކަށް ހަބީރަކު ބުނާ ވާހަކައަކަށް ބުރަދަނެއް ނުދެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

"އަހުމަދު ހަލީލުގެ މި ބުނުމުގެ މައްޗަށް ނުކުންނާނެ ނަތީޖާއަކީ، އެކްސްޕާޓް އޮޕީނިއަން ރިޕޯޓްގައި ބަޔާންވެފައިވާ ފަދައިން ގޮވުމެއް އިތުރަށް ވަރުގަދަ ކުރުމުގެ ބާރެއް މި ޓިއުބުތަކަށް ލިބިގެންވާކަން ކަށަވަރު ނުވާކަން،" ހުކުމްގައިވެ އެވެ.

ފެނުނު އައިއީޑީގައި ބުނާ އެތީގައި ބޭނުން ކޮށްފައިވާ ގޮވާ އެއްޗަކީ ނުވަތަ މެއިން ޗާޖަކީ ސްޓިކް ޑައިނަމައިޓެއް ކަމަށް ހަލީލު ބުނެ އެވެ. ނަމަވެސް، އެއީ އެއްވެސް ތަހުލީލު ކުރުމެއް ނެތި އެވެ. ތަހުލީލު ކުރުމެއް ނެތި ސްޓިކް ޑައިނަމަޓަކީ ގޮވާ އެއްޗެއްކަން ނިންމިދާނެތޯ ސުވާލު ކުރުމުން ހަލީލު ބުނެފައިވަނީ "އަޅުގަނޑުމެންގެ ކޮމާންޑަރުން އެކަން ކުރަން އެންގީމާ އެކަން ކުރާނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ޓްރެއިނިންތަކުގައި އަދި މިއުޅޭ އުޅުމުގައި ވެސް އަދި އެމްއެންޑީއެފްގެ އެކިއެކި ބޭނުންތަކަށް ހޯދާފައިވާ ވެސް ހުންނާނެ ބައެއް ކަހަލަ އެއްޗެހި. އެހެންވީމަ އެ އެއްޗެއްސާ އަޅުވާފައި މި ބުނަނީ މިވެނި އެއްޗެކޭ،" ހަލީލު ބުނެފައިވެ އެވެ.

އޭގެފަހުން އޭނާ ބުނެފައިވަނީ ސްޓިކް ޑައިނަމައިޓެއްކަން އޭގައި ޖަހާފައި ހުރި ލޭބަލުން ވެސް އެނގޭ ކަމަށެވެ. އަދި، އެގޮތަށް އެ ބުނަނީ "އަޅުގަނޑުމެންގެ އޯޑިނަންސް ސާވިސްގެ ކަމާބެހޭ ތަޖުރިބާކާރުންގެ ވެސް ސޭއާއެއްކޮށް" ކަމަށް ބުނެފައިވެ އެވެ.

ހުކުމްގައި ބުނީ، އެ ވާހަކަތަކުން ދެ ކަމެއް ފާހަގަވާ ކަމަށާއި އެއީ، ހަލީލުގެ ރައުޔަށްވުރެ އޭނާއަށް ދީފައިވާ އިރުޝާދެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާފައިވާ ކަމެވެ. އަދި، އޭނާގެ ރައުޔަކީ ކަމާބެހޭ އެހެން ތަޖުރިބާކާރުން ވެސް ތާއިދުކުރާ ރައުޔުކަން ދައްކަން މަސައްކަތްކޮށްފައިވާ ކަމެވެ.

"މިއީ ހަބީރު ހެކި ވަޒަންކުރުމުގައި އަދި ހެކި ބަސް ދިނުމުގައި އަމިއްލަ މިނިވަންކަން ނެތްކަން ދަލާލަތު ކޮށްދޭ ކަމެއް،" ހުކުމްގައިވެ އެވެ.

ސްޓިކް ޑައިނަމައިޓަކީ އެމްއެންޑީއެފްގެ އެއްޗެއްތޯ ބެލުން މުހިންމު

ހުކުމްގައި ދެން ފާހަގަކުރީ ހަލީލުގެ ވާހަކަތަކުން ސުވާލު އުފެދުނު އިތުރު ކަމެކެވެ؛

އެއީ ސްޓިކް ޑައިނަމައިޓެއްކަން ކަށަވަރު ކުރުމުގައި އޭގެ ސިފަ އެމްއެންޑީއެފްގެ ތަމްރީނުތަކުގައި ބޭނުން ކުރާ ތަކެއްޗާ ވައްތަރު ކަމަށް ބުނުމަށްފަހު، އޭގައި އިން ލޭބަލްގެ ވާހަކަ ހާމަކުތިއިރު އެ ލޭބަލާ ގުޅިގެން އިތުރު ތަފުސީލު ޝަރީއަތުން ހޯދާފައިނުވުމެވެ.

"މި ތަފްސީލް ހޯދަންޖެހޭ ސަބަބަކީ، މި ހާދިސާއަކީ އެމްއެންޑީއެފްގެ އިސްވެރިންތަކެއް ފަހަތުގައި ތިބެ ކުޅެފައިވާ ތަމްސީލެއްކަން ތަކުރާރުކޮށް ދައުވާ ލިބޭ ފަރާތް ބުނެފައިވާއިރު މި ސްޓިކް ޑައިނަމައިޓްގައިވާ ލޭބަލްގައިވާ މައުލޫމާތުން މިއީ އެމްއެންޑީއެފްގެ ބޭނުމަށް އެތެރެކޮށްފައިވާ އެއްޗެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ފުރުސަތު އޮންނާނެތީ،" ހުކުމްގައިވެ އެވެ.

"އެހެނީ ގާނޫނީ ގޮތުން ޑައިނަމައިޓް ފަދަ ގޮވާ ތަކެއްޗަކީ ހަމައެކަނި އަސްކަރީ ބޭނުމަށް މެނުވީ ރާއްޖެ އެތެރެކުރުން މަނާ ތަކެތި،"

ހުކުމްގައި އިތުރަށް ފާހަގަކުރި ގޮތުގައި ހަލީލުގެ ހެކިބަހުގައި ތަކުރާރުކޮށް އައިއީޑީ ގޮވި ނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ފާހަގަކުރި ނަމަވެސް، އެކަން އަންދާޒާކުރި ގޮތެއް ހެކިބަހުން ފެންނަން ނެތް ކަމަށެވެ. ތަހުލީލީ ނަޒަރަކުން އަންދާޒާކޮށްފައި ނެތުމުން ހަލީލުގެ ވާހަތަކަށް ދެވޭނެ ބުރަދަނެއް ނޯންނާނެ ކަމަށެވެ.

ދެން ހުކުމްގައި ފާހަގަކުރީ ތަހުގީގުގައި ހަދާފައިވާ ބޮޑު ގޯހެކެވެ. އެގޮތުން ހާދިސާގައި ފެނުނު ކަމަށް ބުނާ އައިއީޑީ ފެނުނު ހިސާބުން ފެށިގެން ނައްތާލުމާ ހަމައަށް ކަން ހިނގާފައިވާ ގޮތް ލިޔެކިޔުމުން ފެންނަން ނެތް ކަމެވެ. އެކަން މުހިންމު ވަނީ ހުކުމްގައިވާ ގޮތުން، އައިއީޑީ ފަދަ ގޮވާ ތަކެއްޗާ ގުޅޭ ތަހުގީގުތަކާއި އެތަކެތި ނައްތާލުމާއި ނުގޮވާ ގޮތަށް ހެދުންފަދަ ކަންކަމަކީ އެކަމާ ގުޅިގެން ޖިނާއީ ދައުވާއެއް އުފުލިދާނެ ކަމެއް ކަމަށް ބަލައި، ހެކި ރައްކާކުރުމުގެ މައްޗަށް ސަމާލުކަން ދޭން ޖެހޭތީ އެވެ.

އޭރުގެ ސިފައިންގެ ވެރިޔާ ޝިޔާމް
އޭރުގެ ސިފައިންގެ ވެރިޔާ ޝިޔާމް

އޭރުގެ ސިފައިންގެ ވެރިޔާ ޝިޔާމް

އައިއީޑީއެއް ފެނިގެން އަމަލުކުރާނީ މިހެނެއް ނޫން

ސުޕްރީމް ކޯޓުން ދެން ވެސް އުފެއްދީ ބޮޑު ސުވާލެކެވެ. އެ ސުވާލުތައް ގުޅެނީ މައްސަލާގައި ވީޑިއޯތަކާ އެވެ. އެގޮތުން ކޯޓަށް ހުށަހަޅާފައިވާ ވީޑިއޯއެއްގައި ޕިކަޕްގެ ބެޓެރިމަތީގައި ފޮތިކޮޅެއް އޮޅާލާފައި އޮތް އެއްޗެއް މީހަކު ނަގާތަން ފެނެ އެވެ. އެ އެތި ނެގުމުގެ ކުރިން އަތަށް ރަބަރު އަންގިއެއް އެ މީހާ ލައްވާތަން ވެސް ފެނެ އެވެ. މި އަންގި ލެއްވުން ފިޔަވައި ސަލާމަތީ ގޮތުން އިތުރު ފިޔަވަޅެއް އަޅާފައިވާކަން އެ މީހަކު ލާފައި ހުރި ހެދުމުންނާއި ފެންނަ މަންޒަރުން ނޭނގޭ ކަމަށްވެ އެވެ.

"ފިހާރައެއްގެ ހަރުގަނޑަކުން ގަންނަން ބޭނުންވާ އެއްޗެއް ނެގުމަށް ފަހު އެ އެތި ރަނގަޅަށް ބެލުމަށް ފަހު އަލުން އެ އެތި އޮތް ތަނުގައި ބާއްވާހެން ޕިކަޕްގެ ބެޓެރީމަތިން އެ ނެގި އެއްޗެއް ނެގުމަށްފަހު އެ މީހަކު އެއްޗެއް ބާއްވާތަން މި ވީޑިއޯއިން ފެނޭ،" ފަނޑިޔާރު މަހާޒު އަލީ އިއްވެވި ހުކުމްގައި މަންޒަރު ސިފަކޮށްދެއްވި އެވެ.

ވީޑިއޯއިން ފެންނަ އެއްޗަކީ ހާދިސާގައި ވާހަކަ ދެކެވޭ އަދި، އެ އެއްޗެއްގެ ނުރައްކާތެރިކަން ހަލީލު ސިފަކުރި އެތި ނަމަ، އެ އެތި ފުރޮޅައި ބެލުމަށްފަހު އަލުން އޮތް ތަނުގައި ބާއްވާފައި އެވަނީ އެ އެއްޗަކީ އެފަދަ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުވާތީ ކަމަށް ހުކުމްގައި ބުންޏެވެ.

"ނުވަތަ ކޮންމެ އެއްޗެއް ނަމަވެސް، އަދި ކޮންމެ ގޮތެއްވި ނަމަވެސް، އެ މިންވަރަށް އެ އެތި ނަގާ ބެލުމަށް ބޭނުންވާތީ އެ ބޭނުން ފުއްދާލީ އެވެ،" ހުކުމްގައިވެ އެވެ.

އެހެންނަމަވެސް، ނުރައްކާތެރިކަން ވަޒަންކުރެވިފައިވާ ހާލަތެއްގައި ހަމައެކަނި ރަބަރު އަންގިއެއް އަތަށް ލެއްވުމަށްފަހު އައިއީޑީއެއް ނަގައި ގޮތްގޮތަށް ތެޅުމަކީ އާދައިގެ އިންސާނަކު ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

މީގެއިތުރުން ނުރައްކަލެއް އޮތް ކަމަށް ބެލެވުނު އެ ހާލަތުގައި އެ ޕިކަޕް ބާއްވާފައި އޮތް ސަރަހައްދުގައި ދިރިއުޅޭ މީހުން ސަލާމަތްތެރި ތަނަކަށް ގެންދާ ތަނެއް އަދި އެހެން ވެހިކަލްތައް ދުރަށް ޖެއްސުން ފަދަ ކަމެއް ކުރަން އުޅޭ މަންޒަރު ވެސް ނުފެންނަކަން ހުކުމްގައި ފާހަގަކުރި އެވެ.

ދެން އޮތް ވީޑިއޯ ކްލިޕަކީ އައިއީޑީ ނައްތާލުމުގެ ގޮތުން ސްޓިކް ޑައިނަމައިޓް ގޮއްވާލާ މަންޒަރު ފެންނަ ކްލިޕެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއްޗެއް ގޮވާ އަޑު 29ސުކުންތަށް އިވިފައި ކުޑަކުޑަ އަލިކަމެއް ދުރުން ފެނެ އެެވެ. ހުކުމްގައިވާ ގޮތުން ބޮޑު އަލިފާންގަނޑެއް މައްޗަށް އަރާ ތަނެއް ނުފެނެ އެވެ.

އަނެއް ވީޑިއޯއަކީ ގޮވުމަށް ފަހު އޭގެ ބައިތައް ދައްކާލުމަށް ނަގާފައިވާ ވީޑިއޯއެކެވެ. ހުކުމްގައިވާ ގޮތުން އޭގެން އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ބެލެވޭ އެއްޗެއްގެ ބައިތަކާއި ނަރުކޮޅެއް ފެނެ އެވެ. އޭގެ ކައިރީގައި ފެން ހުސްކުރި ފުޅި އާއި ސޮސެޖް ހުސްކުރި ޕެކެޓާއި މަމީ ނޫޑްލީސް ޕެކެޓްތަކެއް ހުއްޓެވެ.

"މުޅި މަންޒަރުން މި ދެންނެވި ތަކެއްޗަށް ބާރުގަދަ އެއްޗެއް ގޮވައިގެން އަސަރެއް ކޮށްފައިވާތީ ނުފެނޭ،" ހުކުމްގައިވެ އެވެ.

މައްސަލާގައި ދައުވާ ލިބުނު ހަތަރު މީހުން - ފޮޓޯ: އަވަސް
މައްސަލާގައި ދައުވާ ލިބުނު ހަތަރު މީހުން - ފޮޓޯ: އަވަސް

މައްސަލާގައި ދައުވާ ލިބުނު ހަތަރު މީހުން - ފޮޓޯ: އަވަސް

ހަ އަހަރަށްފަހު ތޮލްއަތު މިނިވަން

ކަންކަން އެހެން ހުރުމުން، ތޮލްއަތު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެކަމަށް ހައިކޯޓުން ތާއިދުކޮށްފައިވަނީ ޝައްކުތައް އުފެދިފައިވަނިކޮށް ކަމުގައި ވަނީ ނިންމަވާފަ އެވެ. މައްސަލާގެ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއިފަނޑިޔާރު މުހައްމަދު އިބްރާހިމް ވެސް ފަނޑިޔާރުގެ މަހާޒުގެ ރައުޔަށް ތާއިދު ކުރެއްވި އެވެ.

އެހެންކަމުން، ހަ އަހަރު ޖަލުގައި ހޭދަކުރުމަށްފަހު ތޮލްއަތު މިއަދު ވަނީ މިނިވަންވެފަ އެވެ.

މި މައްސަލާގައި ތޮލްއަތުގެ ފަރާތުން މައްސަލާގެ ތަހުގީގު އަލުން ހިންގުމުގެ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، ހުކުމްގައި ބުނީ ޖިނާއީ ތަހުގީގެއް އަލުން ހިންގުމަށް އަމުރު ކުރުމަށް ކޯޓަށް ތަންދޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް، އެކަމަކީ، ޕްރޮސިކިއުޓާ ޖެނަރަލް ބޭނުންވާނަމަ ފުލުހަށް އެންގިދާނެ ކަމެއް ކަމަށާއި ނޫންނަމަ، ފުލުހަށް އަމިއްލަ އިސްނެގުމަށް ކުރެވިދާނެ ކަމެއް ކަމަށް ހުކުމްގައި ބުންޏެވެ.

މުލިއާގޭގެ ކައިރީގައި އައިއީޑީ ބާއްވައި، ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ތޮލްހަތުގެ އިތުރުން، އަހުމަދު މަމްދޫހާއި މުހައްމަދު އުބައިދު އަދި ޒިހާން އަހުމަދުގެ މައްޗަށް ހުކުމްކުރި އެވެ. މީގެތެރެއިން މަމްދޫހާއި އުބައިދުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ. ޖިހާންގެ މައްސަލަ މިހާރު ހައިކޯޓުގައި ކުރިއަށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox