ގާނޫނީ ވަކީލް އަހުމަދު ޒަނީން އާދަމް މިއަދު ނިޔާވެއްޖެ އެވެ.
މިސްރުގެ އަޒްހަރު ޔުނިވާސިޓީން ތައުލީމް ހާސިލު ކުރެއްވި، ޒަނީން ނިޔާވެފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޒަނީން ފާހަގަވެގެން ދިޔައީ ޖިނާއީ އަދި މަދަނީ ގިނަ މައްސަލަތަކެއް ކޯޓުތަކަށް ވަކާލާތު ކުރައްވަން ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.
އޭގެއިތުރުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މައްސަލާގައި ޕީޕީއެމްގެ ވަކީލުންގެ ޓީމުގައި ޒަނީން ބައިވެރިވެވަޑައިގަތެވެ.
އުމުރުން 59 އަހަރުގެ ޒަނީން ވަނީ މިފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ.

ގާނޫނީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދަން މަސައްކަތް ކުރެއްވި ޒަނީން ނިޔާވުމާ ގުޅިގެން އެ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ.













