ތުހުމަތުތައް ދޮގުކުރަމުން އީސަގެ ދިފާއުގައި ދަރިފުޅު ނުކުމެއްޖެ

އީސައާ އެކު ދަރިފުޅު ޖިދާދު: ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގުކޮށް ޖިދާދު ވަނީ ބައްޕަގެ ދިފާއުގައި ނުކުމެފައި. މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީ ނަމަ، ރާއްޖޭގައި ކުށްވެރިއެއް ނޫނީ ނޫޅޭނެ ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކުރި.

އީސައާ އެކު ދަރިފުޅު ޖިދާދު: ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގުކޮށް ޖިދާދު ވަނީ ބައްޕަގެ ދިފާއުގައި ނުކުމެފައި. މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީ ނަމަ، ރާއްޖޭގައި ކުށްވެރިއެއް ނޫނީ ނޫޅޭނެ ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކުރި.

ގެވެށި އަނިޔާގެ ތުހުމަތުތަކެއްގައި ފުލުހުން މައްސަލަ ތަހުގީގުކުރަމުން އަންނަ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ ދިފާއުގައި، ދަރިފުޅު މުހައްމަދު ޖިދާދު އީސާ މިއަދު ނުކުމެއްޖެ އެވެ.

އީސައަށް ތުހުމަތުކުރަނީ ކުރީގެ އަނބިކަނބަލުން ނަސްރާ ނަސީމަށް އަނިޔާކޮށް، އެ ދެ މީހުންގެ ކުޑަ ދަރިފުޅު ބެލްކަނިން ބޭރަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. އީސަ ހައްޔަރުކުރުމުގެ ކޯޓު އަމުރަކަށް ޕީޖީ އޮފީހުން އެދުނީ ފުލުހުންގެ ތަހުގީގަށް އަސްރާގެ ބަޔާނުގައި ކޮށްފައިވާ އެ ތުހުމަތުތަކާ އެކުގަ އެވެ. އެކަމަކު ކޯޓުން އެ އަމުރެއް ނުނެރެދިނެވެ.

ދަރިފުޅާއި އޭނައަށް އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށާއި އެއީ ހިތްދަތި ތަޖުރިބާއެއް ކަަމަށް ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ވިދާޅުވެފައިވެ އެވެ. މިއާއެކު، އީސަ ހައްޔަރުކުރަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އީސަ ބަންދުކުރާނެ ބިނާއެއް ނެތް ކަަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ކޯޓަށް ވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

އަނިޔާ ލިބުނު ކަމަށް އަސްރާ ވިދާޅުވެފައި ވިޔަސް އީސަގެ ދަރިފުޅު ޖިދާދު ފޭސްބުކްގައި ލިއެފައިވާ ގޮތުގައި ތުހުމަތުކޮށްފައިވާ ފަދަ އަނިޔާތަކެއް އޭނާ ބައްޕަ ނުކުރެ އެވެ. އޭނާ ދިރިއުޅެމުން އައީ ބައްޕަ އާއި އަސްރާ ދައްތައާ އެކުގައި ކަމަށާއި ދެ މީހުން ވަރިވެފައި ވިޔަސް އެކުގައި އުޅުނީ ދެ މީހުންގެ އަންޑަސްޓޭންޑިންނެއްގެ ދަށުން ކަމަށް ބުންޏެވެ.

"މި ކުޑަ އާއިލާގެ ހުރިހާ ކަމެއް ބައްޕަ އައީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ހުރިހާ ކަމެއް ވެސް ބައްޕަ ވަރަށް ރަނގަޅަށް ހަމަޖައްސަމުން ދިޔަ އެވެ،" ޖިދާދު ބުންޏެވެ.

"ކަން ސީދާ ހިނގާ ދިޔަ ދުވަހު ވެސް ވަރަށް ގާތުން ހުރިހާ ކަމެއް ވެސް ދެކުނީމެވެ. ނަމަވެސް މައްސަލަ އަކީ ބަލަމުން އަންނަ މައްސަލައަކަށް ވުމުން ކަން ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ދެއްކުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެމެވެ. އެހެނަސް ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށް ވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަގީންކޮށް ބުނެދެމެވެ."

ޖިދާދުގެ ލިއުމުގައި އީސަ ސިފަކޮށްދީފައިވާ ގޮތުން ނަމަ، އޭނާއަކީ އަނިޔާކުރާ މީހެއް ނޫނެވެ. އޭނާގެ ހަޔާތުގައި އެފަދަ ކަމެއް ދިމާނުވާއިރު ދެ އަހަރު ނުވާ ކޮއްކޮޮއަށް އަނިޔާއެއް ދޭން ބައްޕަ އުޅެދާނެ ކަމަށް ދިރިހުރިހާ ހިނދަކު ގަބޫލުނުކުރާ ކަމަށް ބުންޏެވެ.

"އަދި ކުރަންޖެހޭ ސަބަބެއް ވެސް މެދުވެރިވެފައި ނެތެވެ. 14 އަހަރު އަޅުގަނޑުގެ މަންމައާ ކައިވެނިކޮށްގެން ދިރިއުޅުނުއިރު ދުވަހަކު ވެސް މަންމައަށް އަނިޔާއެއް ދޭ ތަނެއް ފެނިފައެއް ނުވެ އެވެ. އަދި ދުވަހަކު ބައްޕަ ފަރާތުން އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަންމަ ޔަގީންކޮށް ދެ އެވެ."

އޭނާ ބުނި ގޮތުގައި ބައްޕައާ ދެކޮޅަށް ހުރީ "އަދަދު ނުކުރެވޭހާ ގިނަ ދޮގު ތުހުމަތުތަކެކެ"ވެ. އަނިޔާކުރީ މަސްތުގެ ހާލަތުގައި ކަަމަށް ތުހުމަތުކުރާއިރު އެ ރޭ ދަންވަރު އީސަ ގެއަށް ދިޔައީ އޭނާ އާއި އިތުރު ބަޔަކާ އެކުގައި އޮފީސް މަސައްކަތުގައި ގިނަ ވަގުތު ހޭދަކޮށްފައި ކަމަށް ބުންޏެވެ.

އަސްރާގެ އަތް ބިންދާލާފައިވާ ކަމަށް ކުރާ ތުހުމަތަކީ ވެސް ދޮގެއް ކަމަށް ޖިދާދު ބުންޏެވެ. ކޮއްކޮ ބެލްކަނިން ވައްޓާލަން އުޅުނު ތަން ފެނިފައިވާ ކަމަށް ބުނަމުން އަޔަސް އެ ސްޓޭޓްމަންޓް އެކި ގޮތަށް ދީފައިވާ ކަަމަށާއި އެ ވާހަކަ އެކިގޮތަށް ބަދަލުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ބުންޏެވެ.

އަސްރާ އަށް ކުރިން އަނިޔާކުރާ ކަމަށް ބުނާ ވާހަކަ ވެސް ޖިދާދު ވަނީ ދޮގުކޮށްފަ އެވެ.

"[އަނިޔާކުރާ ނަމަ] ދައްތަގެ އާއިލާ މީހުން ކައިރީ ނުބުނެ ހުރެދާނެ ކަމަށް ތިބޭފުޅުން ގަބޫލު ކުރައްވަނީ ތޯއެވެ؟ ނުވަތަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަނާޅާ ހުރެދާނެ ކަމަށް ތި ބޭފުޅުން ގަބޫލުފުޅު ކުރައްވަނީ ތޯއެވެ؟" ޖިދާދު ސުވާލު އުފައްދާފައިވެ އެވެ.

"ދެކޮޅު ނުބަލާ، އަދި މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ވެސް އަޑު ނާހާ މީހެއްގެ އަބުރު ކަތިލާން ތި ކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމުގައި ދެކެމެވެ. އަދި ހަމަ މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީނަމަ، ރާއްޖޭގައި ކުށްވެރިއެއް ނޫނީ ނޫޅޭނެ އެވެ."

އޭނާ ބުނީ ބައްޕައާ ދެކޮޅަށް ތުހުމަތުތަކެއް ކޮށްފައިވިޔަސް މިހާތަނަށް އެއްޗެއް ވިދާޅު ނުވެ ހުރީ ކޮއްކޮގެ ހައްގުގައި ކަަމަށެވެ.

"ޖިދާދު އެތަނުގައި ނުވެސް ނެތް"

ޖިދާދުގެ ވާހަކަތައް އާންމުކުރުމާއެކު އަސްރާގެ ބޭބެއަކު ބުނެފައިވަނީ ހާދިސާ ހިނގައިރު އަދި ނިމުނު ފަހުން ވެސް ޖިދާދު ގޭގައި ނެތް ކަމަށެވެ.

އޭނާ ބުނި ގޮތުގައި އަނިޔާގެ ޝިކާރައަކަށްވުމުން އަސްރާ އެންމެ ފުރަތަމަ ގުޅާފައިވަނީ ޖިދާދަށެވެ. ނަމަވެސް، އޭނާ ގެއަށް ނައުމުން އަސްރާ ވަނީ އޭނާގެ ދޮންބޭބެއަށް ގުޅާފަ އެވެ. އީސަ ގެއިން ނުކުމެގެން ދިޔައީ އަސްރާގެ ބޭބެ ދިޔުމުން ކަމަށާއި އޭގެފަހުން އަސްރާގެ އިތުރު ބޭބެއެއް ވެސް އެ ގެއަށް ދިޔަ ކަަމަށެވެ.

"އޭރު ވެސް ޖިދާދެއް އެ ގެއަކު ނެތް، އެހެންވީމަ ކަން ހިނގި ގޮތް އޭނާއަށް އެނގޭނެ ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

އީސައަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތަށް އޭނާ ވެސް ވަނީ އިންކާރު ކުރައްވާފަ އެވެ. ފާޑުކިއުން އަމާޒުވުމުން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައި ވިދާޅުވީ އެއީ މުއައްސަސާތަކުގެ ތަހުގީގަށް އެއްބާރުލުން ދޭން ކަމަށެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން އެދުނީ، އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާތީ އާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ހުށަހަޅާފައިވާތީ އެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އަސްރާ އާއި ދަރިފުޅު ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތުމާއި، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭނެފަދަ އަމަލު ކުރުމާއި، މާރާމާރީ ހިންގުމާއި ގެވެށި އަނިޔާކުރުމުގެ ތުހުމަތުކުރުމަށް އެކަށީގެންވާ ހެއްކާ ގަރީނާ ލިބިފައިވާތީ އެވެ.

އަދި، އީސަ، ތަހުގީގު މަރުހާލާގައި ދޫވެފައި ހުރެއްޖެ ނަމަ މި ބާވަތުގެ އަމަލެއް ތަކުރާރުވުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޯޓުގެ ނިންމުމުގައި ބުނީ ކުށުގެ ވެށިން މީހަކު ހައްޔަރު ކުރުން ނޫން ގޮތަކަށް، ކޯޓު އަމުރެއްގެ ދަށުން އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ހިމެނޭ މައްސަލައެއްގައި، މީހަކު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ނުވަތަ ޕީޖީ އޮފީހުގެ ފަރާތުން 2019، 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ވެސް މިހާތަނަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އީސަ ހައްޔަރުކުރަން އެދުނީ ހަމަހަމަކަމުގެ ހައްގާ ހިލާފަށް ކަމަށެވެ.

ހަމައެކަނި ތަހުގީގު ބޭނުމަށް އީސަ ހައްޔަރުކުރަން އަމުރެއް ނުރެވޭނެ ކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ހުށަހެޅުން ބޭރުކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox