ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ފިލުމުގެ ސަބަބުން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފިލައިގެން އުޅޭ ދެ މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކޮވިޑަށް ޕޮޒިޓިވް ދެ މީހަކު ފިލާފައިވަނީ އެމީހުން ބަންދުން ދޫކޮށްލުމަށްފަހު އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ކަމަށެވެ.
"އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މި ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެކުރިން ވެސް ކޮވިޑަށް ޕޮޒިޓިވް ބައެއް ބިދޭސީން ފިލައިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ހޯދި ނަމަވެސް، އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވެފައިވާއިރު، ކޮވިޑް ފެސިލިޓީތަކަށް މިހާރު ގެންދަނީ ހައިރިސްކް މީހުންނާއި ހާލު ބޮޑުވާ މީހުންނާއި މޮނީޓާކުރަން ޖެހޭ މީހުން އެކަންޏެވެ. އެމީހުން ތިބެން ޖެހެނީ ހޯމް ކަރަންޓީނުގަ އެވެ.












