އަންހެނުންނަށް ގާސިމް އަމާޒުކުރެއްވި ކޮމެންޓާއެކު ހޫނުވެއްޖެ!

ގާސިމްގެ މެސެޖަށް ނުރުހުން ފާޅު ކުރެއްވި ބައެއް މެންބަރުން: އަންހެނުންނަށް ކުރި މެސެޖާއެކު ގާސިމް ވަނީ ހޫނު ފެނަށް ވެއްޓިފައި - ފޮޓޯ: މަޖިލިސް

ގާސިމްގެ މެސެޖަށް ނުރުހުން ފާޅު ކުރެއްވި ބައެއް މެންބަރުން: އަންހެނުންނަށް ކުރި މެސެޖާއެކު ގާސިމް ވަނީ ހޫނު ފެނަށް ވެއްޓިފައި - ފޮޓޯ: މަޖިލިސް

އަންހެނަކަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި، "އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ" ކަމަށް ވިދާޅުވެ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕެއްގައި ދެއްކެވި ވާހަކަތަކާ މެދު ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ގާސިމް މަޖިލީހުގެ މެމްބަރުންނަށް މެސެޖެއް ފޮނުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއާ މެދު ކުރާ ތުހުމަތުތަކުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގު ކުރަމުން އައި ނަމަވެސް އީސައަކީ އެފަދަ ކަމެއް ކުރައްވަފާނެ ބޭފުޅެއް ކަަމަށް ގަބޫލުނުކުރައްވާ މޭރަމުން ގާސިމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އީސަ ދަރިކަލުންނާ އެކު ހުންނެވި ފޮޓޯ ފޮނުއްވި ވިދާޅުވެފައި ވަނީ، "މިފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި" ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި "އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ" އެވެ. މިހެން ވިދާޅުވުމަށް ފަހު ބްރެކެޓުގައި އަދި ފިރިހެނުން ވެސް ޖަހާފައިވެ އެވެ.

އެހެންވެ މައްސަލަ ތަހުގީގު ކުރަން ޖެހޭނީ ވަރަށް އިންސާފުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގެވެށި އަނިޔާގެ ގާނޫނު އެ ވަނީ ހައްދެއް ނެތް މިންވަރަށް އަންހެން ބޭފުޅުން ހިމާޔަތްވާ ގޮތަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް: އޭނާގެ މެސެޖަށް ވަނީ ފާޑުކިޔުން އަމާޒުވެފައި
ގާސިމް: އޭނާގެ މެސެޖަށް ވަނީ ފާޑުކިޔުން އަމާޒުވެފައި

ގާސިމް: އޭނާގެ މެސެޖަށް ވަނީ ފާޑުކިޔުން އަމާޒުވެފައި

އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުން ތިއްބަވާ ގްރޫޕްގެ ތެރެއިން ބައެއް މެމްބަރުން ވަނީ ގާސިމްގެ އެ މެސެޖަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ގާސިމްގެ ވާހަކަ ބަލައިނުގަނެވޭ ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ "އަންހެނުންނަކީ ފިރިހެނުންނަށް ވުރެން ދަށު ދަރަޖައިގެ ބައެއް ކަމަށް" ގާސިމް ދެކެވަޑައިގަންނަވާ ވިސްނުން ބަދަލުކުރައްވަން ޖެހޭ ކަމަަށެވެ.

"ގާސިމްއާ ދިމާވެފައިވާ ބައެއް އަންހެނުން ތިގޮތަށް ކަންތައް ކޮށްފައި ހުރީ ކަމަށް ވެދާނެ. ހުރިހާ އަންހެނުން އެއީ ކޮންމެ ފަދަ ކަމަކަށް ވެސް ދޮގު ހަދާފާނެ ބައެއް ކަމަށް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން، އަންހެނުންނަކީ ފިރިހެނުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް ކަމަށް ތި ދެކޭ ވިސްނުން ދޫކޮށްލަން ޖެހޭ،" އުސާމް ވިދާޅުވި އެވެ.

އުޝާމްގެ މި މެސެޖަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ތާއީދުކުރައްވައިފަ އެވެ.

ގާސިމާ މެދު ނުރުހުންވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މެސެޖަށް ރިޕްލައި ކުރައްވައި ވިދާޅުވީ، "ޝޭމްފުލް" ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި، ކޮންމެ މީހަކީ ވެސް ގާނޫނުއަސާސީ ބުނާ ގޮތުން ކުށެއް ސާބިތު ނުވާހާ ހިނދަކު މައުސޫމް މީހެއް ކަމާއި އެކަމަކު، އަންހެނުން ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ކަމަށް ވިދާޅުވުން އެއީ ބަލައިގަނެވޭނެ ބަހުރުވައެއް ނޫނެވެ.

"ހާއްސަކޮށް ރައްޔިތުންގެ މަންދޫބުންގެ ފަރާތުން،" ރޮޒައިނާ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ، ގާސިމްގެ މެސެޖް ސިފަ ކުރެއްވީ "އިސް އުފުލާލަން ނުކުރެވޭ ވަރުގެ ވާހަކައެއް،"ގެ ގޮތުގަ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ، "މަޖިލީހުގެ ރައީސްކަން ކޮށްފައި ހުރި މީހަކު މިކަހަލަ ---- ވާހަކައެއް ދައްކަން ނުވާނެ" ކަމަށެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވި ގޮތުގައި ގާސިމްގެ ވިސްނުމާއި މިހާރުގެ ކުދިންގެ ވިސްނުން އުޑާއި ބިމާހާ ތަފާތުވާނެ އެވެ. މިކަހަލަ ކަންތައްތަކުގައި ގާސިމް ނުބެހި ހުރުމުން ބުއްދިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހެޔޮހިތުން ނަސޭހަތްތެރިވަން،" ހަލީމް ވިދާޅުވި އެވެ.

އެއާއެކު، ގާސިމް އަނެއްކާވެސް މެސެޖް ކުރައްވައި މެންބަރުންނަށް ރައްދު ދެއްވަން ފެއްޓެވި އެވެ. ގާސިމް ފާހަގަ ކުރެއްވީ އޭނާގެ މެޖެސްގައި ބްރެކެޓަށް ލާފައި "އަދި ފިރިހެނަކު ވެސް" ލިޔެފައި އޮތް ކަމެވެ. ނަމަވެސް، އޭގެފަހުން ވެސް ގުރޫޕްގައި އެ މައްސަލަ ފިންޏެއް ނުވެ އެވެ.

މަޖިލިސް މެމްބަރުންގެ މެދުގައި މައްސަލަ ހޫނުވެފައިވާއިރު، ސޯޝަލް މީޑިއާގައި ވެސް ގާސިމަށް ވަރަށް ބޮޑަށް ނުރުހުން ވަނީ އަމާޒުވެފަ އެވެ. ގާސިމްގެ ވާހަކަތަކަށް ކުށްވެރިކޮށް މާފަށް އެދުމަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox