ޕޮޒިޓިވްވުމުން ފޫހިފިލުވަން ގޭދޮށަށް ރައްޓެހިން ގެންދިޔަ މީހަކަށް ބޮޑު ޖޫރިމަނާއެއް!

ކޮވިޑުގެ ފިޔަވަޅުތަކަށް ތަބާވޭތޯ ބަލަން ފުލުހަކު މަގުމަތީގައި؛ އުސޫލާ ހިލާފުވާ މީހުން އަންނަނީ ޖޫރިމަނާ ކުރަމުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑުގެ ފިޔަވަޅުތަކަށް ތަބާވޭތޯ ބަލަން ފުލުހަކު މަގުމަތީގައި؛ އުސޫލާ ހިލާފުވާ މީހުން އަންނަނީ ޖޫރިމަނާ ކުރަމުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ށ. މިލަންދޫގައި، ކޮވިޑަށް ޕޮޒިޓިވްވި މީހަކު ފޫހިފިލުވަން ގޭ ދޮށަށް ރައްޓެހިން ގެންގޮސް ބައްދަލު ކުރުމުން 10،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

މިލަންދޫ ކައުންސިލް މެމްބަރު އަހުމަދު ޝިޔާމް، "އަދަދު" އަށް ވިދާޅުވީ ރޭ ޖޫރިމަނާ ކުރީ އުމުރުން 32 އަހަރުގެ މީހެއް ކަމަށާއި އޭނާ ޕޮޒިޓިވްވެ ކަރަންޓީންގައި ހުންނަތާ އަދިވީ ހަފުތާއެއްހާ ދުވަސް ކަމަށެވެ.

އޭނާ ކަރަންޓީން ކޮށްފައި ހުރިގޭގެ ޖޯއްޔަކަށް ރައްޓެހިން ގެންނާތީ އެތައް ފަހަރަކު ނަސޭހަތްތެރިވި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އެކަމަކު އެކަން ނުހުއްޓައި މުޅި ރަށް ނުރައްކަލަކަށް ހުށަހެޅޭތީ ފުލުހުން މެދުވެރިކޮށް ޖޫރިމަނާ ކުރީ އެވެ.

"ޖޫރިމަނާ ކުރި ފަހުން ނުފެނޭ ބޭރުތެރެއަށް ނުކުމެ އުޅޭ ތަނެއް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާއަށް ކާން ގެންދާ މީހާ ކޮންޓެކްޓް ވެފައިވާތީ އެ މީހާ ދިރިއުޅޭގެ ވެސް މިހާރު ވަނީ ކަރަންޓީނަށް ލައިފަ އެވެ. އަދި ޕޮޒިޓިވް ވެފައިވާ މީހާ ބައްދަލުކުރި ރައްޓެހިން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މިލަންދޫން މީގެ ކުރިން ވެސް ވަނީ ޕޮޒިޓިވްވި މީހެއް ބޭރަށް ނުކުތުމުން ޖޫރިމަނާކޮށްފަ އެވެ. އާބާދީގައި 25،00 ހިމެނޭ އެރަށުން ކޮވިޑަށް ޕޮޒިޓިވް ދެ މީހުން މިހާރު ވެސް އެބަތިއްބެވެ.

ކަރަންޓީން އުސޫލާ ހިލާފުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ. މިހަފުތާގެ ތެރޭގައި ގއ. ވިލިނގިލީގައި ވެސް ކަރަންޓީން އުސޫލާ ހިލާފުވެ ކައިވެނި ކުރަން ކޯޓަށް ދިޔަ ދެ މީހަކު ވެސް 10،000ރ. އިން ޖޫރިމަނާ ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox