ކޮވިޑުގެ ހާލަތު މަޖިލީހަށް ގޯހެއް ނުވި، މައްސަލަ ބޭރު

ފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑް-19ގެ ހަތަރުވަނަ ރާޅަކާއެކު ރާއްޖޭގައި މިވަގުތު އެ ބަލި ފެތުރޭ މިންވަރު އިންތިހާއަށް ގޯސްވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކާއި އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ ބަލައިނުގަތް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ބަލި ފެތުރި ގިނަ ރަށްތަކަކަށް އަރައި ފޭބުން ވެސް މަނާކުރަންޖެހިފައިވާ ކަމަށެވެ.

މި ކަމުގެ ސަބަބުން، ސިއްހީ ހިދުމަތްތެރިން ވަރުބަލި، މުޅި ފަރުވާގެ ނިޒާމަށް ލޮޅުން އަރައި، އެ ބަލީގައި މީހުން މަރުވާ މިންވަރު ވެސް އެތައް ގުނައެއް އިތުރުވަމުންދާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

މީގެ އިތުރުން، ރާއްޖޭގައި ގިނަ ބަޔަކަށް ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ކޮވިޝީލްޑް ވެކްސިން ހުސްވެ، ދެވަނަ ޑޯޒް ނުޖެހި އެތަކެއް ހާސް ތިބިއިރު، ވެކްސިން ޕްރޮގްރާމް ވެސް ހުއްޓިފައިވާކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، ކޮވިޑު ފެތުރުން ކޮންޓްރޯލްކޮށް، ވެކްސިން ޕްރޮގްރާމް އަލުން ހިންގުމަށް އަވަސް ފިޔަވަޅުތަކާއި އިންތިޒާމު ހަމަޖައްސަން އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

ނަމަވެސް، އެ މައްސަލަ މަޖިލީހަށް ބަލައިނުގަތް ބޭރުކޮށްލާފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 18 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ތާއީދުކޮށް 12 މެމްބަރުން ވޯޓު ދެއްވިއިރު، ތިން މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑު އަދަދުތަކުން އިތުރުވެ، އެ ބަލީގެ ޝިކާރައަކަށްވާ މީހުން ވެސް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

އެގޮތުން، މިއަދު އެކަނިވެސް އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައިވާއިރު، ޖުމްލަ އަދަދު ވަނީ 110 އަށް އަރައިފަ އެވެ.

ޕޮޒިޓިވްވާ މީހުން އަދަދުތަކަށް ބަލާއިރު، އިއްޔެ ވެސް 1،465 މީހުނަށް އަލަށް ބަލިޖެހިފައިވެ އެވެ.

އެއާއެކު މިވަގުތު ހުރި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 18،000 ހުރަސްކޮށްފަ އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ފެތުރި، 50 އަށް ވުރެ ގިނަ ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox