ވޮލީ ޑިވެލޮޕް ކުރެވޭނެ 25 ރަށެއްގައި ފެންވަރު ރަނގަޅު އައުޓް ޑޯ ކޯޓުު އަޅަނީ

ޔޫތު މިނިސްޓްރީގެ އެހީގައި ރ. ކިނޮޅަހުގައި ގާއިމްކުރި އައުޓް ޑޯ ވޮލީ ކޯޓު.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ އެހީގައި ރ. ކިނޮޅަހުގައި ގާއިމްކުރި އައުޓް ޑޯ ވޮލީ ކޯޓު.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ވޮލީބޯޅަ މުޅި ރާއްޖޭގައި ޑިވެލޮޕްކުރެވޭނެ ގޮތަށް ވިސްނައި 25 ރަށެއްގައި ފެންވަރު ރަނގަޅު އައުޓް ޑޯ ވޮލީ ކޯޓު އެޅުމަށް ޔޫތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު އިއުލާނުކުރެއްވި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ހދ. ފިނޭ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ބ. ކެންދޫ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު އެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ކޯޓުތައް އެޅުމަށް ގާތްގަނޑަކަށް ފަންސަވީސް މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް ތައްޔާރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެ މައުލޫމާތުތައް މިއަދު ގެޒެޓްކުރެވިފައިވާނެ ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ރ. ކިނޮޅަހާއި އދ. ދިއްދޫގައި އައުޓް ޑޯ ވޮލީ ކޯޓް އަޅައިފަ އެވެ.

މިއަދު އިއުލާނުކުރި ރަށްތަކުގެ ތެރޭގައި އެންމެ ގިނައިން އެއް އަތޮޅަކަށް ނިސްބަތްވާ ގޮތަށް ހުރި ހދ އާއި ވ އަތޮޅެވެ. އެ ގޮތުން ހދ ހަތަރު ރަށެއްގައި ކޯޓު އަޅާއިރު، ވ އަތޮޅުގެ ތިން ރަށެއްގައި ކޯޓު ގާއިމްކުރާނެ އެވެ. މީގެ ތެރެއިން ހދ. އަތޮޅަކީ އަތޮޅު ފެންވަރުގައި ގިނަ ވޮލީބޯޅަ މުބާރާތްތައް ކުރިއަށްގެންދާ އަތޮޅެކެވެ.

ދެން ވ އަތޮޅަކީ ގައުމީ ލެވަލްގައި އެންމެ ގިނަ ކުޅުންތެރިން އުފައްދާ އަދި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ އަތޮޅެވެ. އަދި ލިސްޓުގައި ބ އަތޮޅުގެ ދެ ރަށް ހިމެނޭއިރު، އެއީ ވެސް ޒުވާން ކުޅުންތެރިން އުފެއްދުމުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ދެ ރަށެކެވެ. އަދި ލިސްޓުގައި ހިމެނޭ ތ. އަތޮޅު ދެ ރަށް ކަމަށްވާ މަޑިފުއްޓާއި ހިރިލަންދޫ، ލ. ފޮނަދޫ އަދި ފުވައްމުލަކަކީ ވޮލީގެ ޝައުގުވެރިކަން ބޮޑު ރަށްތަކެކެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) "އަދަދު" އަށް ވިދާޅުވީ މި 25 ކޯޓު ވެގެންދާނީ ދާއިމީ ގޮތެއްގައި ކުޅުންތެރިން ޑިވެލޮޕްކުރުމަށް ލިބޭ ރަނގަޅު ފެންވަރުގެ ފެސިލިޓީސްތަކަކަށް ކަމަށެވެ.

"މިއީ އަތޮޅު ތެރެއަށް ވޮލީބޯޅަ ގެންދަން ކުރެވޭ މަސައްކަތުގެ ފެށުމެއް،" ރަނޭ ވިދާޅުވި އެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު ވީއޭއެމްގެ ލީޑަޝިޕާ ހަވާލުވި ރަނޭގެ ޕްލޭނުގައިވާ ގޮތުން ވޮލީ ބަހާލެވޭނީ ތިން ރީޖަނަކަށެވެ. އެއީ އުތުރާއި ސެންޓްރަލް އަދި ދެކުނަށެވެ. އޭގެ އިން ކޮންމެ ޒޯނެއް އިތުރު ސަބް ދެ ޒޯނަށް ބަހާލާފައި ގިނަ ޕްރޮގްރާމްތަކެއް ހިންގައި ރާއްޖެ އަށް ހުޅުވާލައިގެން ބޮޑު މުބާރާތެއް ބޭއްވުމަކީ ރަނޭގެ ތަސައްވުރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox