ސޮފްވާންގެ މަގާމަަށް ވޮލީބޯލް އެސޯސިއޭޝަން ހިންގާ ކޮމިޓީ އަށް ޝައްފަ

Apr 12, 2026, 4:12 PM
އައިޝަތު ޝައްފަ

އައިޝަތު ޝައްފަ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ސޮފްވާން އަހުމަދު ވަކިކުރުމާ އެކު، އެ ހުސްވި މަގާމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން، އައިޝަތު ޝައްފަ އިންތިހާބުކޮށްފި އެވެ. 

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާން، ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ވަކިކޮށް، އޭނާގެ މައްޗަށް ގިނަ ފިޔަވަޅުތަކެއް އަޅަން، މި ދިޔަ މަހު، ބޭއްވި ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އަދި، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި، ރޭ ޝައްފަ، އެ މަގާމަށް އިންތިހާބުކުރީ، ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވި  އަހަރީ އާންމު ޖަލްސާގައި އެސޯސިއޭޝަންގެ 13 ކުލަބްގެ ތެރެއިން ޖަލްސާ އަށް ހާޒިރުވި ނުވަ ކުލަބުގެ ތާއީދާ އެކުގަ އެވެ. 

ސޮފްވާން މުޅި އުމުރަށް ސަސްޕެންޑްކުރަން ވޮލީބޯލް އެސޯސިއޭޝަނުން ނިންމައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު އެ މަގާމުން ވަކިކޮށް، އޭނާ އަށް ދީފައިވާ އަދަބު، މުޅި އުމުރަށް ދީފައިވާ ސަސްޕެންޝަނަކަށް ބަދަލުކުރަން ވީއޭއެމް ހާއްސަ އާންމު ޖަލްސާގައި ވަނީ ނިންމައިފައި،

ރާއްޖޭގެ މަތީ ފަންތީގައި 15 އަހަރަށް ވުރެން ގިނަ ދުވަހު ވޮލީބޯޅަ ކުޅެފައިވާ ޝައްފަ ވަނީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން، 2019 ވަނަ އަހަރު ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތަކުން ރިހި މެޑަލް ހޯދި ޓީމުގައި ޝައްފަ ހިމެނުނެވެ. އަދި، އިންޑޯ ވޮލީ އަންހެން ގައުމީ ޓީމުގައި ހިމެނުނު ޝައްފަ ވަނީ ބީޗް ވޮލީ ގައުމީ އަންހެން ޓީމުގައި ހިމެނިގެން ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. 

ރާއްޖޭގެ ގައުމީ ލެވަލްގައި ކާމިޔާބު ވޮލީ ކެރިއަރެއް އޮތް ޝައްފަ އަކީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ އިސް މެމްބަރެކެވެ. އަދި، ޓީއެފްޖީގެ ފަރާތުން ކުރިއަށްގެންދާ ގިނަ ހަރަކާތްތަކުގައި ލީޑުކުރުމުގެ މަސައްކަތުގައި ވެސް ފެނިގެންދާ ޝައްފަގެ ކެރިއަރުގައި ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރުކަން ކުރުން ވެގެންދާނީ، ވޮލީގެ އެޑްމިނިސްޓްރޭޓިވް ލެވަލްގަައި މުޅިން ތަފާތު ތަޖުރިބާ އަކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox