މަޖިލިސް ގޮއްވާލަންޖެހޭ ކަމަށް ފޭސްބުކްގައި ކޮމެންޓްކުރި މައްސަލަ ބަލަނީ

ފުލުހުންގެ އޮފިސަރެއް: މަޖިލިސް ގޮއްވާލަން ކޮމެންޓްކުރި މައްސަލަ ދަނީ ތަހުގީގު ކުރަމުން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފުލުހުންގެ އޮފިސަރެއް: މަޖިލިސް ގޮއްވާލަން ކޮމެންޓްކުރި މައްސަލަ ދަނީ ތަހުގީގު ކުރަމުން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމެއް ކަމަށް ބުނެ، ފޭސްބުކްގައި މީހަކު ކޮމެންޓް ކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށްދަނިކޮށް ރާއްޖެޓީވީގެ ފޭސްބުކް ލައިވަށް ފިރިހަނަކު ކޮމެންޓް ކޮށްފައިވަނީ "ތި މަޖިލިސް ގޮއްވާލަންވީ،" ކަމަށް ބުނެ އެވެ.

އެކަން އެންމެ ފުރަތަމަ ސަމާލު ކަމަށް ގެންނެވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އޭނާ ވަނީ ޓްވިޓާގައި އެކަން ހިއްސާ ކުރައްވައި މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭގެފަހުން މިއަދު ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެ ކޮމެންޓްގެ މައްސަލަ މަޖިލީހުން ރަސްމީކޮށް ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން "އަދަދު"ން ފުލުހުންނާ ސުވާލު ކުރުމުން ބުނީ އެ ކޮމެންޓްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ސޯޝަލް މީޑިއާ އާއި އަދިވެސް އެހެނިހެން ގޮތް ގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާތީ ވެސް ފުލުހުން ވަނީ އިންޒާރުކޮށްފަ އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ނުވަތަ ތާއީދުކުރާ ކުރުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެއީ އެހެނިހެން ގާނޫނުތަކުން ވެސް އަދަބު ކަނޑައެޅިފައިވާ ޖިނައީ ކުށެއްކަން ރިޔާޒް ވަނީ ހަނދާން ކޮށްދެއްވައިފަ އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ކާކުކަން އެނގޭ ގޮތަށާއި އަދި ނޭނގޭ ގޮތަށް ވެސް ސޯޝަލް މީޑިއާ އެކައުންޓުތަކުން ޓެރަރިޒަމަށް ހިތްވަރު ދޭ ގޮތަށް ކޮށްފަ ހުރި ޕޯސްޓުތަކާއި ކޮމެންޓުތަކުގެ މައުލޫމާތު ނަގައި އެއީ ކޮން ބައެއްތޯ ބަލައި، އެ މައުލޫމާތުތައް އަންނަނީ އެއްކުރަމުންނެވެ.

"މިގޮތަށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތވަރު ލިބިދޭ ގޮތަށް ކޮމެންޓުކޮށް ނޫނީ ތާއިދުކޮށް، އެ މީހުންގެ މައްޗަށް ހަމްދަރުދީ އޮތްކަން ދައްކައިދޭ ކަހަލަ ކޮމެންޓް ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަަވަޅު އަޅާނެ ކަމުގައި ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox