ތާރީހީ ޕާލިމަންޓަރީ އިންކުއަރީ ހަދަން މުޅި މަޖިލިސް އިގުރާރުވެއްޖެ

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުން ހިންގާ ތަހުގީގެއް ނޫނީ ޕާލިމަންޓްރީ އިންކުއަރީއަށް ބާރުދޭން މުޅި މަޖިލިސް މިރޭ އިގުރާރުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.

އެ ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްވުމުން މިރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި އިގުރާރު ތަޅުމަށް ހުށަހަޅައި ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އިންކުއަރީގެ ބޭނުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ކަންކަން ހިނގާދިޔަ ގޮތް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށެވެ.

އެއާ ގުޅިގެން ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެފަދަ އިންކުއަރީ އެއްގެ މުހިއްމުކަން ފާހަގަކުރައްވައި އެ އިގުރާރަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.

މިގޮތުން، 241 ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެ އިންކުޔަރީ ކޮމިޓީން ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައަޅައި، އެ މަސައްކަތް ނިންމާނެ ތާރީހެއް ވެސް ކަނޑައަޅާނެ ކަމަށެވެ.

"ތާ އަބަދަށް ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި އޮވެގެން ނުވާނެ. މިކަހަލަ މައްސަލަތައް ބެލުމަށް ހޭދަވާ ވަގުތަކީ ރައްޔިތުންގެ މެދުގައި އޮންނަ ކަންބޮޑުވުމެއް. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނެ ޓައިމްލައިނެއް އެކުލަވާލާނަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޕާލިމަންޓަރީ އިންކުއަރީތައް ގެންދާ އުސޫލުތައް ބަލައި، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކޮންމެ ފަރާތަކާ ވެސް ސުވާލުކޮށް ތެދުވެރިކަމާއި އެކު ނަތީޖާ ނެރެވޭނެ މަސައްކަތެއް ކޮމިޓީން ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އިދިކޮޅުން ތާއީދުކުރީ ސުވާލުތަކަކާ އެކު

އެ ބަހުސްގައި ވާހަކަ ދައްކަވަމުން، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދެވުނީ ސެކިޔުރިޓީ ބްރީޗްވެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންކަމުން އަސްކަރިއްޔާގެ ތެރެއިން އެވަރުގެ ކަމެއް ހިނގައި ދިޔަ އިރު، އެކަން ބަލަންޖެހޭ ކަމަށް އެންމެ ބޮޑަށް ގަބޫލުކުރެވެނީ ޕްރެޒިޑެންޝަލް އިންކުއަރީއަކުން ނަމަވެސް، އެ މަގުން އެކަން ނުދިޔުމުން ޕާލިމަންޓަރީ އިންކުއަރީއެއް ކޮންމެހެން ހަދަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް، އެފަދަ އިންކުއަރީއެއް ހެދުމުގެ ކުރިން މެމްބަރުން ސަމާލުވުމަށްޓަކައި ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވަނީ ތަޅުމަށް ބައެއް ސުވާލުތައް ހުށަހަޅުއްވައިފަ އެވެ.

މިގޮތުން، އޭނާ ވިދާޅުވި ގޮތުގައި އެ އިންކުއަރީގެ ތެރެއިން ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ސިފައިންގެ އިސްވެރިންނަށް މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެވުނުތޯ ސާފުކުރުމުން ދެން ނުކުންނާނެ ނަތީޖާތަކާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

"އެ އިންކުއަރީއަށް ފަހު ދިފާއީ ބާރުގެ އިސްވެރިން އެނބުރި ވަޑައިގެންނެވީމަ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްތަކެއް ކުރިމަތިވެދާނެތޯ މިއީ ކުރަންޖެހޭ ސުވާލެއް. އެ ބޭފުޅުން އެނބުރި ވަޑައިގެންނެވީމާ ދަށުން ތިއްބެވި އޮފިސަރުންނާއި ރައްޔިތުން ކުރިން ކުރަމުން ދިޔަ އިތުބާރު ދެމި އޮންނާނެތޯ،" އާދަމް ޝަރީފް އެއްސެވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިފާއީ ބާރުގެ އިސްވެރިންނަށް އިތުބާރު ގެއްލޭ ހިސާބަށް ސުވާލުތަކެއް ކުރުމަށްފަހު، ކުރިއަށްއޮތް ތަނުގައި އެ ބޭފުޅުންގެ އަމުރު މައުރޫފު ހިނގުމާއި ގާނޫނީ ވާޖިބު އަދާކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެހެން ނަމަވެސް، އެ އިގުރާރަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އާދަމް ޝަރީފް ނުސީދާ ގޮތުން އިޝާރާތް ކުރެއްވީ އިންކުއަރީއަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދިފާއީގެ ބާރު އިސްވެރިން އިސްތިއުފާ ދެއްވަން ނޫނީ މަގާމުން ދުރުކުރަންޖެހޭ ހާލަތަކަށެވެ.

މިރޭގެ ޖަލްސާގައި އެ އިންކުއަރީ ހެދުމަށް ހުށަހެޅުނު އިގުރާރު ފާސްވީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

އިންކުއަރީއެއް ހަދަން މަޖިލީހުން އިސްނަގާފައި މިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ސާފު މައުލޫމާތުތައް ސަލާމަތީ ބާރުތަކުން ހާމަނުކުރާކަމަށް ބުނެ ބައެއް މެމްބަރުން ތުހުމަތު ކޮށްފައިވަނިކޮށެވެ.

އަދި ރައީސް ނަޝީދަށް އެ ހަމަލާ ދެވުނީ އިންޓެލިޖެންސް ފެއިލްވެ، އެމަނިކުފާނަށް ދެމުންދިޔަ ސެކިޔުރިޓީގެ ދޯހަޅިކަމުންކަމުގެ ފާޑުކިޔުންތައް ވަނީ ސަލާމަތީ ބާރުތަކަށް އަމާޒުވެފަ އެވެ.

ވަކިން ހާއްސަކޮށް ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާ ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާމަކުރެއްވުމުން ފާޑުކިޔުންތައް ވަނީ ބޮޑުވެފަ އެވެ.

އިލްޔާސް ލަބީބް އެކަން ހާމަކުރައްވާފައިވަނީ، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފުން ވެސް ބުނެފައިވަނިކޮށެވެ.

ރާއްޖޭގެ ތާރިހުގައި ފުރަތަމަ ޕާލިމަންޓަރީ އިންކުއަރީއެއް ހިންގާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތާގުޅޭ އޮޑިޓު ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުވަލާލެއްވި ހާއްސަ ކޮމިޓީއން ދަނީ އެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox