ނީލޯފަރު ހިނގުން ހުސްކޮށް ކައުންސިލްގެ ރައްދެއް ޕްލޭނިންއަށް

ނީލޯފަރު ހިނގުން: މިހާރު މި މަގުގައި ދުއްވާ އެއްޗެހި ދުއްވުމާއި ޕާކުކުރުން މަނާ -- ފޮޓޯ: އަދަދު

ނީލޯފަރު ހިނގުން: މިހާރު މި މަގުގައި ދުއްވާ އެއްޗެހި ދުއްވުމާއި ޕާކުކުރުން މަނާ -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ވެހިކަލް ހުސްކުރުމަށް ފަހު، އެކަން ކުރިން ނުވެ އޮތީ ތަކުރާރުކޮށް ޕްލޭނިން މިނިސްޓްރީގައި އެދިގެން ވެސް ޕާކުކުރާނެ ތަނެއް ހަަމަޖައްސައިނުދީގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ރޭ ބުނެފި އެވެ.

ބޮމުގެ ހަމަލާއަށް ފަހު އެ މަގުގައި ވެހިކަލް ދުއްވުން އޮތީ މަނާކޮށްފަ އެވެ. އަދި މަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފަހު އެ ސަރަހައްދު ވަނީ ހުސްކޮށްފަ އެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކުކުރުން މަނާކުރުމާ ގުޅޭ މައްސަލަ ފެންމަތިވީ، މި މަހުގެ ހަ ވަނަ ދުވަހު އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. އެ ބޮން އޮތީ ނިލޯފަރު މަގު މަޖީދީ މަގަށް ހުސްވާތާ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގަ އެވެ.

Advertisement

އެ ހަމަލާއާ ގުޅިގެން ނަޝީދަށް ސެކިއުރިޓީ ދިނުމުގައި އެމްއެންޑީއެފުން އިހުމާލުވީ ކަމަށް ކުރެވުނު ތުހުމަތުތަކަށް ފަހު، ސަރަހައްދުގެ ގޮތުން ސެކިއުރިޓީ ދޭން އުނދަގޫ މައްސަލަ ފާހަގަކޮށްފައިވާ ކަން ހާމަކުރި އެވެ. އަދި ނީލޯފަރު ހިނގުމުގައި ޕާކުކުރުން މަނާކުރަން ސިޓީ ކައުންސިލުގައި ކުރިން އެދިފައިވާނެ ކަމަށް ސިފައިން ބުންޏެވެ.

މި މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ކަން ކުރި ގޮތް ތަފްސީލުކޮށްދީ ނެރުނު ބަޔާނެއްގައި ބުނީ، ދުއްވާ އެއްޗެހި ދުއްވުން މަނާ މަގެއްގައި ގޮތުގައި ނީލޯފަރު ހިނގުން ކަނޑައަޅަން ނިންމީ ނިމުނު ޖެނުއަރީ މަހު ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ކަމަށެވެ. އަދި އެއީ ސިޓީ ކައުންސިލުން ހިންގަމުން ދިޔަ "ހިތްފަސޭހަ މާލެއަކަށް މަގުފަހިކުރުން" ޕްރޮގްރާމްގެ ދަށުން ގެނައި ބަދަލެއް ކަމަށް ބުންޏެވެ.

މީގެ ކުރިން މާލޭގެ އެހެން ބައެއް ހަނި ގޯޅިތަކުގައި ޕާކު ކުރުން ވެސް މިގޮތަށް މަނާ ކުރެވުނެވެ. އެ ފަހަރު އެ މަސައްކަތް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީންނެވެ.

މަގު ހުސްކުރަން އަވަސް ވެގަތީ ޑިފެންސުން އެދިގެން

މާލެ ސިޓީ ކައުންސިލުން މަގުތައް ހުސްކުރަން ބޭނުންވީ އެ މަގުތަކުގައި ޕާކު ކުރާ އުޅަނދުތަކެއް ޕާކު ކުރާނެ އެހެން ސަރަހައްދެއް ހަމަޖައްސައި ދިނުމަށް ފަހު އެވެ. އެހެންކަމުން ޕާކު ކުރާނެ ސަރަހައްދެއް ހަމަޖެހެންދެން މަގުތަކުގައި ދުއްވުން މަނާ ކުރުން މަޑުޖައްސަލީ އެވެ.

ސިޓީ ކައުންސިލްގެ ބަޔާނުގައިވާ ގޮތުން، މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ މި މަސައްކަތައިގެން އަވަސް ވެގަތީ ނަޝީދުއަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިވާ މައްސަލަ ފާހަގަކޮށް، ޑިފެންސް މިނިސްޓްރީން ސިޓީއެއް ފޮނުވި ހިސާބުންނެވެ. އެ ސިޓީގައި ޑިފެންސް މިނިސްޓްރީން ބުނީ ނިލޯފަރު ހިނގުމުގެ އެއް ފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫވާ ކަމަށް ބުނެފަ އެވެ.

ޑިފެންސުން އެ މައްސަލަ ފާހަގަކުރުމުން ސިޓީ ކައުންސިލުން ނީލޯފަރު ހިނގުމުގައި ހުރި ސައިކަލުތައް ނެގުމުގެ މަސައްކަތް އަވަސް ކުރަން ފެށި އެވެ. އަދި، އެހެން ޕާކިން ޒޯނެއް ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދުނީ މާޗު 23ގަ އެވެ.

މާލެ ސިޓީ ކައުންސިލުން ބެލި ބެލުމުން އެ ސަރަހައްދުން ޕާކިން ޒޯނެއް އެންމެ ފަސޭހައިން ހެދޭނެ ވަރުގެ ޖާގައެއް އޮތީ ޖެންޑާ މިނިސްޓްރީ ހުންނަ ބިއްލޫރިޖެހިގޭ ގޯތިތެރެއިނެވެ. އެތަން ނުލިބިއްޖެ ނަމަ ހުށަހެޅީ، ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ލިބިފައިވާ ފޭދޫކޮށިން ބިން ހަމަޖައްސައިދިނުމަށެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތް އަވަސް ކުރަން ވެގެން އެކި ފަހަރު މަތިން ޕްލޭނިން މިނިސްޓަރަށް ގުޅައިގެން އެކަން ކޮށްދޭން ކުރީގެ މޭޔަރު ޝިފާ މުހައްމަދު އެދިވަޑައިގަތެވެ. އަދި ޝިފާ ހުންނެވި މަޖިލިހެއްގައި، ރައީސް ނަޝީދު ވެސް އެކަން ކޮށްދެއްވަން އަސްލަމް އަރިހުގައި ދެންނެވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ޕްލޭނިން މިނިސްޓަރާއި މިނިސްޓްރީން ވެސް އެއްވެސް ވަރެއްގެ އެއްބާރުލުމެއް އެކަމުގައި ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox