ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ފަޅު ރަށެއް ބަލައި ފާސްކޮށްފި

ސަލާމަތީ ބާރުތަކުން ފާސް ކުރި ޅޮސްފުށި: ރަށުން އެއްޗެއް ގެންދިޔަކްނ ފުލުހުން ނުބުނޭ -- ފޮޓޯ: ގޫގަލް އާތު

ސަލާމަތީ ބާރުތަކުން ފާސް ކުރި ޅޮސްފުށި: ރަށުން އެއްޗެއް ގެންދިޔަކްނ ފުލުހުން ނުބުނޭ -- ފޮޓޯ: ގޫގަލް އާތު

ފުލުހުން ކުރިއަށް ގެންދިޔަ އެންޓި-ޓެރަރިޒަމް އޮޕަރޭޝަނެއްގައި ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށް، ޅޮސްފުށި، ބަލައި ފާސްކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ އޮޕަރޭޝަން ހިންގާފައި ވަނީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. ޅޮސްފުށީގައި ސަލަމާތީ ބާރުތަކުން ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަ ކުރި އެވެ. ނަމަވެސް އެ ހަރަކާތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން ވަނީ ޅޮސްފުށި ބަލައި ފާސްކޮށްފަ އެވެ. އެކަމަކު އެ ރަށުން އެއްވެސް އެއްޗެއް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން އެނގިފައެއް ނުވެ އެވެ.

ޅޮސްފުއްޓަށް ފުލުހުންނާއި ސިފައިން އަރާފައި މި ވަނީ ޓެރަރިޒަމާ ދެކޮޅަށް އިއްޔެ އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައި އޮއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއިން ހައްޔަރު ކުރި ހަތް މީހުންނަކީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ނިސްބަތްވާ ކަމަށް ބެލެވޭ މީހުންނެވެ. އަދި އެއީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ބައެއްކަން ވެސް އެނގިފައިވެ އެވެ.

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތަކެއް ސަލާމަތީ ބާރުތަކުން މި ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ރޭޒަރު ފުށްތަކެއް ލައިގެން ހެދި އައިއީޑީ މި މަހުގެ ހަ ވަނަ ދުވަހު ގޮއްވާލުމުން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގު ހިނގާފައިފިޔަ ދިވެއްސެއް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ނަޝީދުގެ ގެކޮޅު ކެނެރީގެ އާއި މަޖީދީމަގާ ދިމާވާ ކަންމަތީގައި ހުރި ސައިކަލެއްގެ ހަރުކޮށްފައި އޮތް ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ ފާރަލައިގެން ބަލަން ހުރެ އެމަނިކުފާނާ ބޮމާ އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު އެވެ.

ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުށް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.

އިތުރު ފަރުވާއަށް މި ބުރާސްފަތި ދުވަހު ނަޝީދު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox