ބޮމުގެ ހަމަލާއާ ގުޅިގެން އަތޮޅުތަކުގައި ވެސް ހަތިޔާރާ އެކު ސިފައިން ނުކުމެއްޖެ

މާލޭގައި މިއަދު ހަތިޔާރާއެކު ސިފައިންގެ މީހަކު ސަލާމަތީ ކަންކަން ބަލަހައްޓަނީ: ބައެއް އަތޮޅުތަކުގައި ވެސް ވަނީ ސަލާމަތީކަންކަން ވަރުގަދަކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލޭގައި މިއަދު ހަތިޔާރާއެކު ސިފައިންގެ މީހަކު ސަލާމަތީ ކަންކަން ބަލަހައްޓަނީ: ބައެއް އަތޮޅުތަކުގައި ވެސް ވަނީ ސަލާމަތީކަންކަން ވަރުގަދަކޮށްފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ސަލާމަތީކަންކަން ވަރުގަދަކޮށްފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް، ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ނަޝީދަށް ދިން ހަމަލައާ ގުޅިގެން އިތުރު ނުރައްކަލެއް އޮވެގެންތޯ ސިފައިން ސާފުކޮށެއް ނުދެ އެވެ.

Advertisement

މިދިޔަ ހަފުތާގެ ބުރާސްފަތިދުވަހުގެ ރޭ ނީލޯފަރުމަގުގައި ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއަށް ފަހު މާލެ ތެރެ ބެލެހެއްޓުން ވަރަށް ވަރުގަދަކުރި އެވެ. އެމްއެންޑީއެފުން ބުނީ ޓެރަރިސްޓު ހަމަލާއަކާ ގުޅިގެން ސެކިއުރިޓީ ލެވެލް އެންމެ މަތިކޮށްފައިވާ ކަމަށެވެ. މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް ބަންދުކޮށް ހަތިޔާރާ އެކު ފޯރިމެރި އެވެ. އެކަމަކު އޭގެތެރެއިން ބައެއް މަގުތައް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ސިފައިން ހަތިޔާރާ އެކު މާލޭގައި: ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ބޮޑު ކަމަށް ބޮމުގެ ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފުން ވަނީ ބުނެފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން އަވަހާރަކޮށްލަން އުޅުނު ނަޝީދަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު މިއަދު ޖަރުމަނަށް ފުރުވާލީ އެންމެ ހައި ސެކިއުރިޓީގަ އެވެ. ހޮސްޕިޓަލުން އެއާޕޯޓަށް ވަޑައިގެން އެއާއެމްބިއުލެންސަށް އަރާވަޑައިގަތުމާ ހަމައަށް ސިފައިންނާއި ފުލުހުން އެކި ސަރަހައްދުތަކުގައި ތިއްބެވެ.

ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ދެ ހަފުތާއަށް ވަނީ އިތުރުކޮށްފަ އެވެ. އެ ތިން މީހުން ވެސް ހަރުކަށި ފިކުރާ ގުޅޭ ކަން ފުލުހުން އާއްމުކުރި މައުލޫމާތުތަކުންނާއި ދީނުގެ ނަމުގައި ތަބާވަމުންދާ ކަންތައްތަކުން އެނގެ އެވެ.

މާލެ އާއި ރަށްރަށުގެ ސަލާމަތީކަންކަން ވަރުގަދަކުރިއިރު، ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަަމަށް ފުލުހުންނާއި ސިފައިން ވަނީ ބުނެފަ އެވެ. އަމިއްލަ އަށް ބޮން ހެދުމުގެ ގާބިލްކަން ހުރި އަދި އެފަދަ ތަކެތިން މީހުންނަށް ގެއްލުންދޭން ފަސްނުޖެހޭނެ ދަރަޖައަށް ފިކުރު ގޯސްވެފައިވާ ބަޔަކު މުޖުތަމައުގައި ތިބިކަން އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox