މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކު އަވަހާރަވެއްޖެ

ސަރުދާރު ދޮންމަނިކު (ވ) ފަހުގެ ފޮޓޯއެއް އަދި ކުުރީގެ ފޮޓޯއެއް.

ސަރުދާރު ދޮންމަނިކު (ވ) ފަހުގެ ފޮޓޯއެއް އަދި ކުުރީގެ ފޮޓޯއެއް.

މަޝްހޫރު ކުރެހުންތެރިޔާ، ކުޅަދާނަ ޑައިވަރު އަދި އަތްތެރި މަސައްކަތްތަކުގައި އެފަދަ ދެ ވަނަ އެއް ނެތް ފަދަ ފަންނުވެރިޔާ މ. ނޫވިލު، ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.

އުމުރުން 93 އަހަރުގައި ސަރުދާރު ދޮންމަނިކު އަވަހާރަވީ، ސިއްހީ ހާލުކޮޅު ގޯސްވެ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށެވެ. ދޮންމަނިކަށް މިދިޔަ އަހަރު ކޮވިޑް ޖެހިގެން ފަރުވާ ދީފައިވެ އެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ކުރެހުންތެރިކަމުގެ ރޮނގުން 1996 ވަނަ އަހަރު ދިވެހި ސަރުކާރުން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ދީފައިވާ ދޮންމަނިކަކީ، 1950 ގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުރެހުންތެރިޔާ އެވެ. ގުދުރަތީ މަންޒަރުތަކާއި ޕޯޓްރެއިޓްތައް އޭނާ ކުރައްސަވާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުމަށް ސަރުކާރުގެ ފަރާތުން ކުރެއްސެވި އެ އިއްޒަތްތެރިންގެ ބޮޑެތި ތަސްވީރުތައް ހިމެނެ އެވެ.

ސަރުދާރު ދޮންމަނިކު ކުރައްސަވާފައިވާ ސްޓޭމްޕެއް. --ފޮޓޯ: ހާވޭ ތޯމަސް (ވޮނަދަނަ ރާއްޖެ)
ސަރުދާރު ދޮންމަނިކު ކުރައްސަވާފައިވާ ސްޓޭމްޕެއް. --ފޮޓޯ: ހާވޭ ތޯމަސް (ވޮނަދަނަ ރާއްޖެ)

ސަރުދާރު ދޮންމަނިކު ކުރައްސަވާފައިވާ ސްޓޭމްޕެއް. --ފޮޓޯ: ހާވޭ ތޯމަސް (ވޮނަދަނަ ރާއްޖެ)

ރާއްޖޭގައި ސްޓެންސިލުން ޗާޕުކޮށްގެން ނޫސްމަޖައްލާތައް ނެރުނުއިރު، ގާތްގަނޑަކަށް ހުރިހާ ނޫސް މަޖައްލާއެއްގެ އިލަސްޓްރޭޝަންތައް ކުރެއްސަވާފައިވަނީ ދޮންމަނިކެވެ. އަދި އެ ދުވަސްވަރު ނެރުނު ސްޓޭމްތަކުގެ އާޓްވޯކް އޭނާ ކުރައްސަވާފައިވެ އެވެ. އަދި މާލޭގައި އެކި މުނާސަބުތަކަށް ތައްޔާރުކުރި ގިޑިގެތައް ހެދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އެވެ.

ދޮންމަނިކުގެ ކާފަ މާކަނާ ކުޑަތުއްދުދީދީ އަކީ ވެސް ރާއްޖޭގައި އުފެދުނު މޮޅު ކުރެހުންތެރިއެކެވެ.

1960 ގެ އަހަރުތަކުގައި މާލޭގައި ބޭއްވި ކާނިވަލަކަށް ސަރުދާރު ދޮންމަނިކު ތައްޔާރުކުރައްވާފައިވާ ކުޅޭ އެއްޗެހިތަކެއް. --ފޮޓޯ: އައިޝަތު ޝާދިޔާ (ވޮނަދަނަ ރާއްޖެ)
1960 ގެ އަހަރުތަކުގައި މާލޭގައި ބޭއްވި ކާނިވަލަކަށް ސަރުދާރު ދޮންމަނިކު ތައްޔާރުކުރައްވާފައިވާ ކުޅޭ އެއްޗެހިތަކެއް. --ފޮޓޯ: އައިޝަތު ޝާދިޔާ (ވޮނަދަނަ ރާއްޖެ)

1960 ގެ އަހަރުތަކުގައި މާލޭގައި ބޭއްވި ކާނިވަލަކަށް ސަރުދާރު ދޮންމަނިކު ތައްޔާރުކުރައްވާފައިވާ ކުޅޭ އެއްޗެހިތަކެއް. --ފޮޓޯ: އައިޝަތު ޝާދިޔާ (ވޮނަދަނަ ރާއްޖެ)

އަތްތެރި މަސައްކަތުގެ މައުރަޒުތަކުން ރަންވަނަތައް ހާސިލްކުރައްވާފައިވާ ދޮންމަނިކު ވަނީ ރާއްޖޭގައި ރެޑީމޭޑް ކުޅޭއެއްޗެހި ލިބެން ނެތް ޒަމާނެއްގައި ބުމަރާއި އެނބުރޭ ބުރަފަތި ތަކެތި ތައްޔާރުކޮށް ވިއްކަވައިފަ އެވެ. އަދި މާލޭގައި ބޭއްވި ކާނިވާތަކަށް ކުޑަކުދިންނަށް އަރައި ބޭނުންކުރެވޭނެ ފަދަ ކުޅޭ އެއްޗެހި ތައްޔާރުކުރައްވައިފައިވެ އެވެ.

ދޮންމަނިކު ހިމެނެނީ ރާއްޖޭގައި އެންމެ ފުރަތަމަ ސްކޫބާ ޑައިވަރުންގެ ތެރޭގަ އެވެ. ޒުވާން ދުވަސްވަރު، ދަގަނޑު ހަރައިގެން މަސް ހިފަން ފީނުއްވި ދޮންމަނިކު ވަނީ ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް އޭނާގެ ފިހިން އެތައް ބަޔަކަށް ސިފަކޮށްދެއްވައިފަ އެވެ. އޭނާ ކަނޑުއަޑީގެ ތަސްވީރުތަކާއި މަސްމަހާމެހީގެ ފޮޓޯތައް ކުރައްސަވާފައިވަނީ، ސީދާ އެ މަންޒަރުތައް ލޮލުން ދެކި ތަޖުރިބާކުރެއްވުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox