އެމްއެމްޕީއާރުސީގެ ފައިސާ އޮޑިޓަ ޖެނެރަލް ޒިޔަތަށް ލިބުނު ކަމަށް ލިސްޓަށް އަރައިފި

May 12, 2021, 9:06 AM
އޮޑިޓަ ޖެނެރަލް ޒިޔަތު: އޭނާއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފައި. -- ފޮޓޯ/އޮޑިޓް އޮފީސް

އޮޑިޓަ ޖެނެރަލް ޒިޔަތު: އޭނާއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފައި. -- ފޮޓޯ/އޮޑިޓް އޮފީސް

އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލި ލިސްޓުގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން އޮތް ކަން އެނގިއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގިި ކޮރަޕްޝަންގެ މައްސަލަ ބެލުން ލަސްވާތީ މަޖިލީހުން އެކަމަށް އިސްނަގައި އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ލިސްޓު ހޯދައިފަ އެވެ. އެ ލިސްޓު އާއްމުކުރަން ނިންމައި އޭގައި ހިމެނޭ، ދައުލަތުގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މައްސަލަތައް އަވަސްކުރަން ތަހުގީގީ އިދާރާތަކުގައި އެދެން މަޖިލީހުގެ ކޮމިޓީގައި ވަނީ ނިންމައިފަ އެވެ.

މި ލިސްޓުގައި، ސަރުކާރުގެ އިދާރާތަކުގެ މާލީ ކަންކަން އޮޑިޓްކުރައްވާ ޒިޔަތުގެ ނަން ހިމެނިފައިވާ އިރު، އޭނާ މަގަމާ ހަވާލުވެވަޑައިގަތީ 2014 ގަ އެވެ.

މި ހިޔާނާތުގައި ޒިޔަތުގެ ކޮއްކޮ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު ޒިޔަތުގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދެ އެވެ.

ތަހުގީގީ އިދާރާތަކުން ކުރިން އެކުލަވާލި ލިސްޓުގައި ހިމެނުނީ 267 ނަމެކެވެ. އެކަމަކު، ފަހުން ފޮނުވި ލިސްޓުގައި 281 މީހުން ހިމެނެ އެވެ. މަޖިލީހުން އާއްމުކުރަން ނިންމީ ދެ ލިސްޓެއް ވަކިންނެވެ. އެއީ މުޅި ލިސްޓާއި ދައުލަތުގެ އިސް މަގާމްތަކުގައި ތިބި 119 މީހުންގެ ނަން ވަކިންނެވެ.

މަޖިލީހުން އާއްމުކުރަން ނިންމާފައިވާ 281 މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރާއި އޭރުގެ މެމްބަރުންނާއި ދައުލަތުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނެ އެވެ. މިނިވަން މުއައްސަސާތަކާއި ކުންފުނިތަކާއި ޖުޑިޝަރީގެ އެކި މަގާމްތަކުގައި ކުރިން އުޅުއްވި ބޭފުޅުންގެ ނަންތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox