މެންބަރު ސައުދާގެ އެކައުންޓަށް ނަގުދު ފައިސާއިން 2.4 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފަޅާއަރައިފި!

Mar 5, 2026, 4:29 PM
މެންބަރު ސައުދާ މަޖިލީހުގައި: އޭނާ ވިދާޅުވަނީ އެކައުންޓަށް ޖަމާވީ ވިޔަފާރިވެރިއަކު އޭނާއަށް ދިން ލޯނެއް ކަމަށް -- ފޮޓޯ: މަޖިލިސް

މެންބަރު ސައުދާ މަޖިލީހުގައި: އޭނާ ވިދާޅުވަނީ އެކައުންޓަށް ޖަމާވީ ވިޔަފާރިވެރިއަކު އޭނާއަށް ދިން ލޯނެއް ކަމަށް -- ފޮޓޯ: މަޖިލިސް

ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފަޅާއަރައިފި އެވެ.

ސައުދާގެ އެކައުންޓަށް މިލިއަނުން ނަގުދު ފައިސާ ޖަމާކުރި މައްސަލަ މަރުކަޒީ ބޭންކަށް ވެސް ފްލެގު ވެފައިވާކަން އަދަދު އަށް ވަނީ އެނގިފަ އެވެ. އަދި މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެ މައްސަލަ މިހާރު ބަލަމުންދާކަން ވެސް އެނގިފައިވެ އެވެ.

މި ނޫހުން ގުޅުމުން ސައުދާ ވަނީ އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާނެ ކަމަށް އެއްބަސްވެފަ އެވެ. ސައުދާ ވިދާޅުވީ އެއީ ވިޔަފާރިވެރިއެއްގެ އަތުން އޭނާ ނެންގެވި ސްޓޫޑެންޓް ލޯނެއް ކަމަށެވެ.

Advertisement

"އާދެ، ވިޔަފާރިވެރިއަކު އަތުން ނެގި ސްޓޫޑެންޓް ލޯނެއް އެއީ. ކަމާ ގުޅޭ ހުރިހާ ލިޔުމެއް ވާނީ ބޭންކަށް ހުށަހަޅައިފަ،" ޓެކްސްޓު މެސެޖަކުން ޖަވާބު ދެއްވަމުން ސައުދާ ވިދާޅުވި އެވެ.

އޭނާއަށް ފައިސާ ދިނީ ކޮން ވިޔަފާރިވެރިއެއްތޯ އަދި އެ ފައިސާ ކޭޝްކޮށް، ނުވަތަ ނަގުދު ފައިސާއިން ހަވާލު ކުރީ ކީއްވެތޯ އެހުމުން އެ ސުވާލުތަކަކަށް ސައުދާ މިހާތަނަށް ޖަވާބެއް ނުދެއްވަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، ވިޔަފާރިވެރިއެއްގެ އަތުން ސައުދާ 2.4 މިލިއަން ރުފިޔާ ނެގިއިރު، އޭނާއަކީ އަހަރަކު މިލިއަނެއްހާ ރުފިޔާގެ އާމްދަނީ ލިބޭ މީހެކެވެ.

އޭނާ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުން އެނގޭ ގޮތުގައި އަހަރެއްގެ ތެރޭގައި 990،000 ރުފިޔާ އޭނާއަށް މުސާރައިގެ ގޮތުގައި ވަނީ ލިބިފަ އެވެ. އެކަމަކު މާލީ ބަޔާން ހުށަހެޅިއިރު އެކައުންޓުގައި ހުރީ އެންމެ 78،000 ރުފިޔާ އެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށިކަމެއް އަދި ނޭނގެ އެވެ. އެކަމަކު، މި ސަރުކާރުގެ ވެރިންނާ ގުޅޭ ގިނަ މައްސަލަތައް އެ ކޮމިޝަނުން ބަލަން ފެށި ނަމަވެސް ކުރިއަށްނުދާކަން އެނގިފައިވެ އެވެ. އޭގެ ތެރޭގައި ސީދާ ރައީސް މުއިއްޒާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox