ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިން ގޮތުގެ ރިޕޯޓު ފޮނުވައިފި

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާއިރު، ފަހަތުގައި އެމަނިކުފާނުގެ ސެކިޔުރިޓީ އޮފިސަރުން ހަރަކާތްތެރިވަނީ. -ފޮޓޯ: މަޖިލިސް

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާއިރު، ފަހަތުގައި އެމަނިކުފާނުގެ ސެކިޔުރިޓީ އޮފިސަރުން ހަރަކާތްތެރިވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިން ގޮތުގެ ރިޕޯޓު އެމްއެންޑީއެފުން ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އެމްއެންޑީއެފްގެ ފަރާތުން ފޯރުކޮށްދޭ ސެކިއުރިޓީއާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އަދި އެ ހަމަލާއާގުޅޭ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންގެ އިތުރުން އެމްއެންޑީއެފަށް ލިބިފައިނުވާކަމަށް ބުނެފައިވާއިރު، އެކަމާ ގުޅިގެން ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާކުރުމަށް ޒޫމް މެދުވެރިކޮށް މިރޭ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ނެޝަނަލް ސެކިއުރިޓީ ކައުންސިލް މެދުވެރިކޮށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ގޮތުގައި އިންޓެލިޖެންސް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ވެސް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެމްއެންޑީއެފުން ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބަލަހައްޓަމުން ގެންދިޔަ ގޮތާ ގުޅޭ ތަފްސީލީ ރިޕޯޓެއް އަޅުގަނޑަށް މިހާރު ވަނީ ލިބިފަ،" އޭގެ ތަފްސީލެއް ނުދެއްވާ އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ދައުލަތުގެ ފަރާތުން ސެކިއުރިޓީ ފޯރުކޮށްދޭ ހުރިހާ ފަރާތްތަކެއްގެ ސެކިއުރިޓީ ރޭވިފައިވާ ގޮތުގެ ރިޕޯޓެއް ހެދުމަށް ވެސް ސިފައިންނާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވާ ކަމަށެވެ.

މިގޮތުން، ބޮން ގޮއްވާލި މީހާއި އެ ހަމަލާގައި ސީދާ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުން މިހާރު ވެސް ގެންދަނީ ކަމާގުޅުން ހުރި ފަރާތްތަކާއި ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ތަހުގީގާ ގުޅޭ މައުލޫމާތުތައް ޕޮލިސް ކޮމިޝަނަރު ގެންދަވަނީ ވަގުތުން ވަގުތަށް އެމަނިކުފާނާ ހިއްސާކުރައްވަމުން ކަމަށާއި، މަޖިލީހުގެ 241 ކޮމިޓީއާ ވެސް ކޮންމެ 24 ގަޑިއިރަކުން ތަހުގީގު މައުލޫމާތު ހިއްސާ ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި، ބޭރުގެ މާހިރުންގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ތަހުގީގުގައި ޕްރެސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ ހާއްސަ ޓީމަކުން މަސައްކަތް ކުރަމުން އެބަދެ އެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފފފ
ފފފ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ތިން މީހުން. -ފޮޓޯ: އަބްދުﷲ ޝަފީއު/ އަދަދު

އޭގެ ތެރޭގައި ބޮން ގޮއްވާލި ކަމަށް ބެލެވޭ މީހާ އާއި، އެ ހަމަލާއާ ސީދާ ގުޅުން ހުރި އިތުރު ދެ މީހުން ހިމެނެ އެވެ. އެ ތިން މީހުންގެ ކުށުގެ ރެކޯޑް އޮތް އިރު، މިކަމުގައި ތަހުގީގު ކުރިއަށް ގެންދަނީ އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބަލައިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ގޮތުގައި ސިފަކުރައްވަމުން، ފުރިހަމަ ތަހުގީގެއްގެ ތެރެއިން މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ހައްޔަރުކޮށް އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox