ބޮން ގޮއްވަން ރޭވި މީހުންނާއި އެއްވެސް ސިފައެއްގައި ބައިވެރިވި އެންމެ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ސީޕީ ދެއްވައިފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގު ވަރަށް ފުޅާ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގު ވަރަށް ފުޅާ ކަމަށް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ރޭވި މީހުންނާއި އެ ހަމަލާގައި ކުޑަ ނަމަވެސް ރޯލެއް އަދާކޮށްފައިވާ މީހެއް ހުރި ނަމަ އެ އެންމެން ވެސް ހައްޔަރު ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައިކަލެއްގައި ހަރުކޮށް، ރިމޯޓު ބޭނުންކޮށްގެން ގޮއްވާލި ބޮމުގެ ހަމަލާގައި ނަޝީދަށް ވަރަށް ބޮޑަށް އަނިޔާވެވަޑައިގެންފައިވެ އެވެ. ބޮމުން ލިބޭ ގެއްލުން ބޮޑުކުރުމަށްޓަކައި އަޅާފައި ހުރި ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށްތަކުގެ 11 އެތިކޮޅު ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެގި އެވެ.

ނަޝީދަށް ހަމާލިން މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުޖާޒް އަހުމަދު، 21، އާއި ތަހުމީން އަހުމަދު، 32، އާއި އަހުމަދު އަދުހަމް ރަޝީދު، 25، އެވެ.

Advertisement

އަދުހަމަކީ ބޮން ގޮއްވި ސަރަހައްދުގައި ހަރަކާތްތެރިވެ ރިމޯޓު ބޭނުންކޮށްގެން އެ ގޮއްވާލި މީހާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ތަހުގީގުގެ ފޯކަހަކީ ހަމައެކަނި ގޮން ގޮއްވާލި މީހުން ހައްޔަރު ކުރުން ނޫން ކަމަށާއި އެކަން ރޭވި މީހުން ވެސް ހޯދާނެ ކަމަށެވެ.

"މިހާރު މި ހައްޔަރު ކުރީ އެންމެ ތިން ފަރާތެއް. ތަހުގީގުގެ ސްކޯޕް އޮތީ ހަމައެކަނި މި ޑިވައިސް ގޮއްވާލައިގެން މިކަން ކުރި ފަރާތްތައް ހޯދާފަ ނިންމާލާކަށެއް ނޫން. ތަހުގީގުގެ ސްކޯޕަކީ މީގަ ހިމެނޭ ހުރިހާ ފަރާތްތަކެއް ހޯދާ އެމީހުންނާ ދޭތެރޭގައި ގާނޫނުން އަޅަންޖެހޭ ފިޔަވަޅު އެޅުން،" އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާ ރޭވި މީހުންނާއި އެކަމުގައި އެއްވެސް ރޯލެއް އަދާކޮށްފައިވާ ފަރާތްތަކެއްވާ ނަމަ އެބަޔަކާ ދިމާލަށް ފުލުހުން ދާނެ އެވެ.

"މި ތަހުގީގުގައި މިކަން ކޮންސްޕަޔާ ކުރި މީހުން، ރޭވުމުގަ ހަރަކާތްތެރިވި މީހުން ނުވަތަ މިފަދަ ޓެރަރިސްޓު ހަމަލާއެއް ބަޔަކު މީހުން ބޭނުންކޮށްގެން ނުވަތަ ބައެއްގެ ތެރޭގައި ރާވައިގެން ހިންގުމަށްޓަކައި ބައިވެރިވި ނުވަތަ އެކަމުގައި ރޯލެއް އަދާ ކޮށްފައިވާ ފަރާތެއްވާ ނަމަ އެ ހުރިހާ ފަރާތްތަކެއްގެ ފަހަތުން އަޅުގަނޑުމެންގެ ތަހުގީގު ދާނެ،" ހަމީދު އިންޒާރު ދެއްވި އެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރުމުގެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މިހާތަނަށް ޓެރަރިސްޓު އެއްވެސް ނެޓުވޯކަކާ ހައްޔަރު ކުރި މީހުންނާ ގުޅުމެއް އޮތްކަން ތަހުގީގަށް މިހާތަނަށް އެނގިފައި ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސެއްގެ އިތުރުން އިނގިރޭސިވިލާތުގެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox