ހަމަލާއަށް ތަރުހީބު ދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޓެރަރިޒަމްގެ އަމަލުތަކަށް ސޯޝަލް މީޑިޔާގައި ތާއީދުކޮށް، ހިތްވަރުދީ ހަދާ ފަރާތްތަކާމެދު ގަނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ސޯޝަލް މީޑިއާގައި އެ ހަމަލާއަށް ހިތްވަރުދީ ޓެރަރިޒަމްގެ ޝުއޫރުތައް ފާޅުކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެގޮތުން ނަޝީދަށް ދިން ހަމަލާއަކީ އިސްލާމް ދީނަށް ލިބުނު ނަސްރެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ނަޝީދަކީ ލޭ ހުއްދަ މީހެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު އެފަދަ ލިޔުންތައް ޝެއާކޮށް ލައިކުކޮށް ހަދާފައިވެ އެވެ.

ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތް ކުރައްވައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ނުވަތަ ތާއީދުކުރާ ކުރުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި އެއީ އެހެނިހެން ގާނޫނުތަކުން ވެސް އަދަބު ކަނޑައެޅިފައިވާ ޖިނައީ ކުށެއްކަން ރިޔާޒް ވަނީ ހަނދާން ކޮށްދެއްވައިފަ އެވެ.

އިތުރަށް ވިދާޅުވީ ކާކުކަން އެނގޭ ގޮތަށާއި އަދި ނޭނގޭ ގޮތަށް ވެސް ސޯޝަލް މީޑިއާ އެކައުންޓުތަކުން ޓެރަރިޒަމަށް ހިތްވަރު ދޭ ގޮތަށް ކޮށްފަ ހުރި ޕޯސްޓުތަކާއި ކޮމެންޓުތަކުގެ މައުލޫމާތު ނަގައި އެއީ ކޮން ބައެއްތޯ ބަލައި، އެ މައުލޫމާތުތައް އެއް ކުރަމުން އަންނަ ކަމަށެވެ.

"މިގޮތަށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތވަރު ލިބިދޭ ގޮތަށް ކޮމެންޓުކޮށް ނޫނީ ތާއިދުކޮށް، އެމީހުންގެ މައްޗަށް ހަމްދަރުދީ އޮތްކަން ދައްކައިދޭ ކަހަލަ ކޮމެންޓް ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަަވަޅު އަޅާނެ ކަމުގައި ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވީ ސޯޝަލް މީޑިޔާގެ އިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ނޫސްތަކުގައި ޝާއިއުކުރެވިފައިވާ ބައެއް ހަބަރުތަކަށް އެ ހަމަލާއަށް ތާއިދުކޮށް ކޮމެންޓުތައް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެފަދަ ކޮމެންޓުތަކާއި ޕޯސްޓުތައް މޮނިޓާކޮށް އެ މައުލޫމާތު އެއް ކުރަމުން އަންނަ ކަމަށް ހަމީދު މިއަދު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެ، ހަށިކޮޅުގެ ގިނަ ސާޖަރީތަކެއް ހަދަންޖެހުނެވެ. ބޮމުގެ ތެރެއަށް ލާފައި އޮތް 11 ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުއް އަދި ބޮން ހަރުކޮށްފައި އޮތް ސައިކަލުގެ ޕުލާސްޓިކުކޮޅެއް ވެސް ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެގި އެވެ.

އެ ހަމަލާއާ ގުޅިގެން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހަމަލާގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާ ވެސް މިއަދު ހެނދުނު ހުޅުމާލޭން ވަނީ ހައްޔަރުކޮށްފަ އެވެ.

މަސްތުވާތަކެއްޗާއި ވައްކަން ފަދަ އާއްމު ކުށްތަކުގެ ރެކޯޑް އޮންނަ އެ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްދީފަ އެވެ.

އެ ތިން މިހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް މިހާތަނަށް ތަހުގީގަށް ހޯދިފައިވީ ނަމަވެސް، ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅުންއޮތް ކަމެއް އަދި ފުލުހުންނަށް ޔަގީންކުރެވިފައެއް ނުވެ އެވެ.

ނަމަވެސް، އެ ހަމަލާގެ ސީދާ މޯޓިވްގެ އިތުރުން ޝާމިލުވާ ހުރިހާ ފަރާތްތައް ވަރަށް އަވަހަށް ދެނެގަނެވޭނެކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox