ބޮން ގޮއްވުމަށް ފަހު އަދުހަމް ދުވެފައި ގޮސް ބައްދަލުކުރީ މުޖާޒްއާ

ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދުހަމް (ވ) އާއި މުޖާޒް. ހަމަލާ އަށް ފަހު ދެ މީހުން އުޅުނީ އެކުގައި.

ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދުހަމް (ވ) އާއި މުޖާޒް. ހަމަލާ އަށް ފަހު ދެ މީހުން އުޅުނީ އެކުގައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން، ކާރުކޮޅާ އަރާ ހަމަވަންދެން، ވ. ތިނަދޫ ހިޔާ، އަދުހަމް ހުރީ އަަތަމާ ޕެލަސް ގޯޅިތެރޭގަ އެވެ. ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ފާރުގައި އެއް ފައި ވިއްދައި، ލެނގިގެން ހުރީ ފޯނެއްގަ އެވެ. ދޭތެރެއަކުން މަގު މައްޗަށް، ކެނެރީގެ ހުންނަ ނީލޯފަރުހިނގުމާ ދިމާލަށް ބަލާލަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާއްމުކުރި އަދުހަމްގެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އެތަނުގައި ހުންނަނީ މީހަކަށް ގުޅައިގެން ފޯނުގަ އެވެ. އެ ކޯލް ނިމުމުން ވެސް ހުރީ މަޖީދީ މަގާ ދިމާލަށް ބަލަހައްޓައިގެން ފާރުުގައި ލެނގި ލައިގެންނެވެ. ދެ އަތް ފުރަގަހަށް ލައިގެން ހުރިއިރު، މަޖީދީ މަގުގެ ކާރޫބާރު ބޮޑެވެ. އޭރު މީހުން ދެކޮޅަށް ހިނގާބިނގާވެ އުޅުނު އިރު ވެހިކަލް ދުއްވާ ތަން ވެސް ވީޑީއޯ އިން ފެނެ އެވެ.

އަތަމާ ޕެލަސްގައި އޭނާ މަޑުކޮށްގެން ހުރީ ނަޝީދު ކާރުކޮޅާ އަރާ ހަމަވަންދެންނެވެ. އެކަމަކު އަދުހަމް އަތަމާ ޕެލަސްއަށް ދިޔައީ ކޮން އިރަކު ކަމެއް އޭނާ އެތަނުގައި ހަމަލާއަށް ތައްޔާރުވެގެން ހުރީ ކިހާ އިރަކު ކަމެއް ވީޑިއޯއަކުން ސާފެއް ނުވެ އެވެ. ފުލުހުން މި ތަފްސީލްތައް އަދި ހާމައެއް ނުކުރެ އެވެ. ނަޝީދު އެރޭ ނުކުމެވަޑައިގަންނަވާނެކަން ކުރިން އެނގިގެން އެތަނުގައި އިންތިޒާރުކުރީތޯ ވެސް އަދި ކަށަވަރެއް ނުވެ އެވެ.

އެ ގޯޅިގަނޑު ތެރޭގައި ހުރެފައި، މަގާ ދިމާލަށް ކުރިއަށް ޖެހިލިވަގުތު ފަހަތުން ދެތިން މީހަކު ވެސް އެ ގޯޅި ތެރެއިން ނުކުންނަނީ އެވެ. އެ ހިސާބުން ނަޝީދަށް ހަމަލާ އަމާޒުވެ އެ ސަރަހައްދު ގޮވައިގެން ދިއުމުން އެތާ ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

އަދުހަމްގެ ހަރަކާތް އެހެން މީހުންނާ ތަފާތުވީ ނުވަތަ އެ ގޮވުން އަދުހަމަށް މާބޮޑު ކަމަކަށް ނުވީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، އޭނާ ދުރާލައި އެ ހަމަލާއަށް ތައްޔާރުވެފައި ހުރުމުންނެވެ.

"އޭނަގެ ފައި ފާރުގައި ޖައްސާތަނުން އަޅުގަނޑުމެންގެ ފޮރެންސިކް ޑިޕާޓްމެންޓުން ވަނީ ފުޓްޕްރިންޓް ނަގާފައި،" ރިޔާޒް ވިދާޅުވި އެވެ.

ބޮން ގޮއްވާލުމަށް ފަހު ފިލަން ދުއްވައިގަތް

ރިޔާޒް ވިދާޅުވީ އަދުހަމް އެތަނުގައި ހުރީ ބޮމުގެ ރިމޯޓް އަތަށް ލައިގެން ކަމަށެވެ. ތަނބާ ނިވާވެގެން ހުރެ ބޮން ގޮއްވާލުމަށް ފަހު، ވީޑިއޯ އިން ފެންނަ ގޮތުގައި އަދުހަމް ބޭރަށް ނުކުމެ ދުއްވައިގަތީ އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ދުވެފައި ވަކި ހިސާބަކަށް އަދި ފަހުން ފޯނެއްގައި ހިނގާފައި އެކި މަގުތަކުން ގޮސް ވަންނަނީ މަސްޖިދުއްޖަލާލުއްދީނަށެވެ. މިސްކިތުގައި އިރުކޮޅެއް ކޮށްފައި ނުކުމެގެން އަމީނީ މަގުން އިރަށް ހިނާގާފައި ގޮސް ދެން ވަންނަނީ އަމީނީ ބިލްޑިންގުގައި އޮންނަ ޕާކަށެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ގޮސް ބައްދަލުކުރީ މުޖާޒްއާ އެވެ. އޭނާ އެތަނުގައި އިނީ އަދުހަމް އަންނަންދެން މަޑުކޮށްލައިގެންނެވެ.

އޭގެ ފަހުން އެ މީހުން އެކުގައި އެތަނުން ނުކުމެގެން ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާއާ ގުޅޭ ގޮތުން "އަދަދު" އިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ހަމަލާދިން ރޭ އަދުހަމް އާއި މުޖާޒް ވެސް އެ ރޭ ނިދަން ގެއަކަށް ނުދެ އެވެ. ހުޅުމާލޭގައި ދިރިއުޅޭ އަދުހަމް ގެއަށް ދިޔައީ ހުކުރު ދުވަހުގެ ހެނދުނެވެ. މުޖާޒް ފަތިހު ގެއަށް ދިޔައިރު، ދިމާވި ގާތް މީހުންގެ ގާތުގައި "މިރޭ ވަރަށް ބިޒީކޮށް އުޅެން ޖެހުނު" ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ވަނީ ނަޝީދަށް ހަމަލާދޭން ގޮއްވާލި ބޮމުގައި ބޭނުން ކުރި ބައެއް ތަކެތީގެ ފޮޓޯ ވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ދައްކާލައިފަ އެވެ.

ރިޔާޒް ވިދާޅުވީ ގޮއްވާލި އައިއީޑީ ހަދާފައި ވަނީ ރާއްޖޭގައި އާއްމުކޮށް ވެސް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެން ކަމަށެވެ. އޭގައި ބޭނުންކުރި ރޭޒަ ފުއްތައް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ހޯދަން އާއްމުންގެ އެހީއަށް އެދިގެން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. ފުލުހުން ވަނީ އެ މައުލޫމާތު ހިއްސާކުރި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ތިން މީހުން ވެސް ހަރުކަށި ފިކުރު ޕްރޮމޯޓްކުރޭ

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުވާ އަދުހަމާއި މުޖާޒްގެ އިތުރުން އައިއީޑީ ގޮއްވާލި ސައިކަލްގެ ވެރިޔާ، ގއ. ކޮނޑޭ، ތަހްމީން އަހްމަދަކީ ވެސް އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާވެ، އެ މީހުން ގަބޫލުކުރާ ހަރުކަށި އުސޫލްތަކުގައި ތިބި ބައެކެވެ. މި މީހުންގެ އެކި ކުށްތަކުގެ ރެކޯޑު ވެސް އެބައޮތެވެ.

ރިޔާޒް ވިދާޅުވީ އާއްމު ކުށްތައް ކަމުގައިވާ ވައްކާއި މަސްތުވާތަކެތީގެ މައްސަލަތަކަށް އެ މީހުންނަށް ތުހުމަތުވެ ރެކޯޑު ފުލުންގެ މުއައްސަސާގައި އެބައޮތް ކަމަށެވެ.

މުޖާޒު ދިރިއުޅެމުން އައީ އަލިކިލެގެފާނު މަގުގައި ހުރި ގެއެއްގައި ކުއްޔަށެވެ. އަދުހަމާއި ތަހްމީން ދިރިއުޅެމުން އައީ ހުޅުމާލޭގަ އެވެ. މި ދެ މީހުންގެ ގާތް މީހުން "އަދަދު"އަށް ކިޔައިދިން ގޮތުގައި ސީރިއާގެ ހަނގުރާމައިގައި ބައިވެރިވެ އަމިއްލަ އަށް މަރުވުމަކީ ޖިހާދު ކަމަށް މި މީހުން ގަބޫލުކުރެ އެވެ. ރާއްޖޭގައި އިމާމުންގެ ފަހަތުގައި ނަމާދުކުރުން ސައްހަ ނޫން ކަމަށާއި ޑިމޮކްރަސީ އާއި ވޯޓުލުން ފަދަ ކަންކަން ދީނާ ބީރައްޓެހި ކަންކަމުގެ ގޮތުގައި ސިފަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox