ހައްޔަރުކުރި ތަހުމީނަކީ ގޮއްވާލި ސައިކަލްގެ ވެރިޔާ

May 9, 2021, 9:50 AM
ތަހުމީނު: އޭނާއަކީ ގޮއްވާލި ސައިކަލްގެ ވެރިމީހާ --

ތަހުމީނު: އޭނާއަކީ ގޮއްވާލި ސައިކަލްގެ ވެރިމީހާ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދަކީ ގޮއްވާލި ސައިކަލްގެ ވެރިމީހާކަން ޔަގީންވެއްޖެ އެވެ.

އިއްޔެ ހަމަލާއާ ގުޅިގެން 32 އަހަރުގެ ތަހުމީންގެ އިތުރުން މއ. ފޭރުގެ މުޖާޒް އަހުމަދު ވެސް ހައްޔަރުކުރި އެވެ. އޭގެތެރެއިން އެކަކީ ސައިކަލްގެ ވެރިމީހާ ކަމަށް އިއްޔެ ފުލުހުން ބުނެފައިވީ ނަމަވެސް، އެ ތަނުން އެމީހަކީ ކޮބައި ކަމެއް ސާފެއް ނުކޮށްދެ އެވެ.

"އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އިއްޔެ ހުޅުމާލޭން ހައްޔަރުކޮށްފައިވަނީ ތަހުމީނެވެ. އަދި، އޭނާއަކީ ގޮއްވާލި ނޫކުލައިގެ ވޭވް ސައިކަލްގެ ވެރިމީހާ އެވެ. ދެން ހައްޔަރުކުރި މުޖާޒަކީ ގޮއްވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހެކެވެ.

Advertisement

އިއްޔެ އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި، ގޮއްވާލި ސައިކަލްގެ ނަންބަރު އޮޅުވާލައި، އިންޖީނުގެ ނަންބަރު ވެސް ފޮހެލުމަށް މަސައްކަތްތަކެއް ކޮށްފައި ހުއްޓެވެ. އެ ސައިކަލް ގެއްލުނު ކަމުގެ ރިޕޯޓެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިތުބާރު ހިފޭ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލުގައި ބޭނުންކޮށްފައި ހުރި AA0F P6758 ނަންބަރު ޕްލޭޓަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޕީ.ސީ.އެކްސް. ބްރޭންޑުގެ ސައިކަލެެއްގެ ނަންބަރު ޕްލޭޓެކެވެ. އެކަމަކު އެއްޗެއް ގޮއްވާލި ހާދިސާގައި މި ނަންބަރު ޕުލޭޓް ހަރުކޮށްފައި ވަނީ ވޭވް125 ސައިކަލެއްގަ އެވެ.

ފުލުހުން ވަނީ މިއަދު ހެނދުނު ވެސް މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ޑިވައިސް ގޮއްވާލި ކަމަށް ތުހުމަތުވާ މީހާ އެވެ. މިއަދު ހެނދުނު އެ ތުހުމަތަށް ހުޅުމާލޭން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހްމަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox