އެންމެ މުހިންމު ސަސްޕެކްޓު ހޯދުމަށް މުޅި ގައުމުގެ އެއްބާރުލުމަށް ފުލުހުން އެދެފި

ފުލުހުން ހޯދަމުންދާ މީހާ: މީނާ ހަރަކާތްތެރިވެފައި ވަނީ ބޮން ގޮއްވާލި ސަރަހައްދުގައި -- ފޮޓޯ: ފުލުހުން

ފުލުހުން ހޯދަމުންދާ މީހާ: މީނާ ހަރަކާތްތެރިވެފައި ވަނީ ބޮން ގޮއްވާލި ސަރަހައްދުގައި -- ފޮޓޯ: ފުލުހުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލި ހާދިސާގެ އެންމެ މުހިންމު ސަސްޕެކްޓު ހޯދުމަށް ވީހާ ވެސް ގިނަ ބަޔަކު އެހީތެރިވެދިނުމަށް މިއަދު ފުލުހުން އެދެފި އެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލި މައްސަލައިގައި ނަޝީދު ވަރަށް ބޮޑަށް ހާނިއްކަވެވަޑައިގެން ފުރާނަފުޅު ސަލާމަތް ކުރެއްވުމަށް ޑޮކްޓަރުން ވަނީ މުހިންމު އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފަ އެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުންދާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެ މައްސަލައިގައި ބޮން ގޮއްވާލި ސަރަހައްދުގައި ހަރަކާތްތެރިވި ހަތަރު މީހަކު ފާހަގަ ކުރުމަށްފަހު އޭގެ ތެރެއިން ދެ މީހަކު މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ.

މިއަދު ހައްޔަރު ކުރި މީހުން:
މިއަދު ހައްޔަރު ކުރި މީހުން:

މިއަދު ހައްޔަރު ކުރި މީހުން:

އެ ދެ މީހުންގެ އިތުރުން ފުލުހުން ވަނީ ތިން ވަނަ މީހެއްގެ ފޮޓޯ ހާމަކޮށްފަ އެވެ. އޭނާއަކީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުން މަގުން މަޖީދީ މަގަށް ނިކުންނައިރު ކުރިމަތީ ހުންނަ އަތަމާ ޕެލަހުގެ ތެރީގަ ހަރަކާތްތެރިވެފައިވާ މީހެކެވެ.

ފުލުހުން ހާމަކޮށްފައިވާ ތިން ފޮޓޯއިން ފެންނަ ގޮތުގައި މިހާރު ހޯދަމުންދާ މީހާއަކީ ހަމުގެ ކުލަ ކަޅު، ބޯ ކުރުކޮށް ކޮށާފައި ހުރި، އަތް ދިގު ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން އަދި ކަޅު ފޭސް މާސްކެއް އަޅައިގެން ހުރި މީހެކެވެ. އެ ތިން ފޮޓޯގެ ތެރެއިން ދެ ފޮޓޯގައި ފެންނަނީ އޭގަ ތަނެއްގެ ތެރޭގައި އުޅޭ މަންޒަރެވެ. އެ ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި އޭނާ ހުރީ ކުރިމައްޗަށް ހަށަން ބަނދެލައިގެން ފާރެއްގައި ލެނގިގެނެވެ. އަނެއް ފޮޓޯގައި ހުރީ ފުރަގަހަށް އަތް ލައިގެނެވެ. މަގުމަތިން ނަގާފައި ހުރި ފޮޓޯގައި ފެންނަނީ ހިނގާލާފައި ދާ މަންޒަރެވެ.

އެ މީހާގެ އިތުރު ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު މިއަށްވުރެ ގިނަ ހެކި ހުރި ކަމުގެ އިޝާރާތެއް ފުލުހުން ދިނެވެ.

"ދެން އަޅުގަނޑު މި ހިއްސާ ކޮށްލަނީ މި ވަގުތު މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު އެއް ސަސްޕެކްޓް. މި ސަސްޕެކްޓަކީ މި ހާދިސާ ހިނގި ވަގުތު ހަމަ އެ މަގުގެ ކުރިމަތިންވާ ގޮތަށް ހުރި ގެސްޓް ހައުސްގެ ތިރީގައި ހުރި މީހެއް. މީނައާ ބެހޭ ގޮތުން މީނަ ދަންނަ މީހަކު ވިޔަސް މީނަ ފެނުނު މީހަކު ވިޔަސް މައުލޫމާތު އެނގޭ އެއްވެސް މީހަކު ހުރި ނަމަ ތަހުގީގަށް ވަރަށް އަވަހަށް އެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ދަންނަވަން،" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އެދިވަޑައިގެންނެވީ އެ ސަސްޕެކްޓު ހޯދުމަށް އާންމުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވުމަށެވެ.

"ހަގީގަތުގައި މީނާއަކީ ދިވެހި ފުލުހުން މި ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު ފަރާތް މި މައްސަލައާ ގުޅިގެން. އަދި މިއަދު އަޅުގަނޑުމެން މި ހާމަ ކުރި ފޮޓޯއަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ވެސް އެންމެ ބޮޑު ފޯކަސްއަކަށް، ހުރިހާ ނިއުސް ޕޭޕަރެއްގެ ވެސް ފޯކަސް އެމީހަކަށް އޮތް މީހަކަށް ހަދައިދިނުން އެދެން،" ރިޔާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ގޮއްވާލި ބޮމުގެ ތެރެއަށް އޮތީ ރޭޒަރު ފުށްތަކެއް ނުވަތަ ދަގަނޑު ބޯލް ބެއަރިންތަކެއް އަޅައިފަ އެވެ. އޭގެ 10 އެތިކޮޅު އެމަނިކުފާނުގެ ހަށިގަނޑަށް ވަނެވެ. މި ތަކެތި ނަގެމަށް ރައީސް ނަޝީދުގެ ބަނޑުފުޅުގެ ބޮޑު އޮޕަރޭޝަންތަކެއް ޑޮކްޓަރުން ވަނީކޮށްފަ އެވެ.

ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެހި ފިރިހެނަކަށް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox