ނަޝީދަށް ދިން ހަމަލާގެ ބޮޑު ތަހުގީގު ލީޑުކުރައްވާނީ އޭސީޕީ ރިޔާޒު!

May 7, 2021, 3:18 PM
އޭސީޕީ ރިޔާޒު: ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި އިސްކޮށް ހުންނެވީ ރިޔާޒު - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

އޭސީޕީ ރިޔާޒު: ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި އިސްކޮށް ހުންނެވީ ރިޔާޒު - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގު ޓީމުގައި އިސްކޮށް ހުންނެވީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި ރިޔާޒަކީ މީގެކުރިން ވެސް މިފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގުގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ.

ރިޔާޒު އިސްކޮށް ތަހުގީގު ހިންގެވި ބައެއް ބޮޑެތި މައްސަލަތަކުގައި ކޯޓުގައި ކާމިޔާބު ވެސް ކޮށްފައިވެ އެވެ.

Advertisement

މިހާރު ވެސް ބޮޑެތި އެހެން ތަހުގީގުތަކުގައި ރިޔާޒު އިސްކޮށް އުޅުއްވަ އެވެ. އޭގެ ތެރޭގައި ޑްރަގް މައްސަލަތަކާއި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންތައް ހިމެނެ އެވެ.

މިފަހުން ހިނގައިދިޔަ ބޮޑެތި މަރުތަކާ ގުޅޭ މައްސަލަތަކުގެ ތަހުގީގުތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވެ އެވެ. އެގޮތުން، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތަހުގީގުތައް ހިންގިއިރު އޭނާ ހުރީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު، ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެމީހުންނާ ގުޅޭ ތަފްސީލެއް ފުލުހުން ނުދޭއިރު މިހާތަނަށް އެއިން މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.

ނަޝީދަށް ރޭ ހަމަލާދިނީ މަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި ހަމަލާ ދިނީ ވޭވް ސައިކަލްގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ސައިކަލް ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.

މިއަދު ރިޔާޒު ވިދާޅުވި ގޮތުގައި، ގޮއްވާލި އެތި ހަރުކޮށްފައިހުރި ސައިކަލްގެ މައުލޫމާތުތައް މިހާރު ހޯދިފައިވާ ކަމަށެވެ. ގޮއްވާލި ޑިވައިސްގައި މިލިޓަރީ ލެވެލްގެ އާލާތްތައް ނެތް ނަމަވެސް، އާންމުކޮށް ގޮއްވާލަން ބޭނުން ކުރާ އާލާތްތައް ބޭނުންކޮށްފައި ހުރިކަން ރިޔާޒު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox