ނުރައްކާތެރި ހަމަލާ ދެވޭވަރުގެ ބަޔަކު މޮނިކޮން އަމުރުގައި އެބަތިބި

ފުލުހުންތަކެއް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ނުރައްކާތެރި ހަމަލާ ދެވޭވަރުގެ ބަޔަކު މޮނިކޮން އަމުރުގައި އެބަތިބި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ފުލުހުންތަކެއް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ނުރައްކާތެރި ހަމަލާ ދެވޭވަރުގެ ބަޔަކު މޮނިކޮން އަމުރުގައި އެބަތިބި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާ ދެވޭވަރުގެ ބަޔަކު މިހާރު ވެސް މޮނިކޮން އަމުރުގެ ދަށުން ފުލުހުން މޮނީޓާ ކުރަމުން އަންނަކަން "އަދަދު" އަށް އެނގިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން މޮނީޓާކޮށް މޮނިކޮން އަމުރު ގާތްގަނޑަކަށް އަށެއްކަ މީހުންގެ މައްޗަށް މިހާރު ވެސް އަންނަނީ ތަންފީޒު ކުރަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭން ބޮމެއް ގޮއްވާލި ހާދިސާއާ ގުޅޭ ގޮތުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނުރައްކާތެރި ހަމަލާތައް ދެވޭނެ ގާބިލް މީހުން މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއަށް ޝައްކު ކުރެވޭ ހަތަރު މީހަކު އެބަތިބި ކަމަށް ފުލުހުން ބުންޏަސް އޭގެ ތެރޭގައި މޮނިކޮން އަމުރުގައި ތިބި ބަޔަކު ހިމެނޭތޯ ސީޕީ ކަށަވަރެއް ނުކޮށްދެ އެވެ.

"ބައެއް މީހުން ޖަލުގައި އަނެއް ބައި މީހުން މިނިވަންކޮށް. އެހެންވީމަ މިފަދަ ވެއްޓަކަށް އެ ނުރައްކާ އޮންނާނެ. ފުލުހުން ގެންދާނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅަމުން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

މޮނިކޮން އަމުރު ހިންގަނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށެވެ. މުޖުތަމައަށް އެ މީހަކު ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ ނަމަ އެ މީހުންގެ މައްޗަށް އަމުރު ނެރެވޭނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ.

މޮނިކޮން އަމުރަށް މިނިސްޓަރު އެދެން ޖެހެނީ ހައި ކޯޓުގަ އެވެ. އެ ތަންފީޒު ކުރުމުގެ މަރުހަލާ އާއި އަމުރު މުރާޖައާ ކުރުމުގެ ބާރު ވެސް އޮންނަނީ މިނިސްޓަރަށެވެ.

މޮނިކޮން އަމުރުގެ ދަށުން ތުހުމަތު ކުރެވޭ މީހާގެ ހަށިގަނޑުގައި ޓެގް ވެސް އެޅުވެ އެވެ. އަދި އެ މީހަކު ދިރިއުޅޭ ގެއެއް ވެސް މޮނީޓާ ކުރެވެ އެވެ. އަދި އެ އަމުރު ނެރެފައިވާ މީހަކު ވަކި ހިސާބެއްގެ ތެރޭގައި އުޅުމަށް ވެސް އެންގެ އެވެ.

މީގެ ކުރިން ވެސް ނުރައްކާތެރި އެތައް ކުށްވެރިއެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox