ނަޝީދަށް ދިން ހަމަލާ: އިންޓެލިޖެންސް ފެއިލްވިތޯ ބަލަން ތަހުގީގެއް ހިންގަނީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ރޭ ދިން ހަމަލާއާ ގުޅޭ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށާއި، އެކަމުގެ ޒިންމާ ފުލުހުން ނަގަންޖެހޭ ކަން އެނގޭނީ އެކަމުގެ ހާއްސަ ތަހުގީގަކަށް ފަހު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ގެކޮޅު ކައިރީގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިިގެން ފުލުހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިނެތުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ މި ހަމަލާއާ ގުޅޭ އިންޓެލްއެއް ފުލުހުންނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކުން ވެސް ލިބިފައިނުވާ ކަމަށެވެ.

"އެ މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ ބަލަން ޖެހޭ މީހުން ބަލާނެ. އަޅުގަނޑުމެންނަށް މިހާރު އޮތް ކަމަކީ، މި ހަމަލާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މި ހަމަލާގައި ބައިވެރިވި މީހުން ހިފާ ހައްޔަރުކުރުން،" ސީޕީ ވިދާޅުވި އެވެ.

"އަދަދު"ގެ ނޫސްވެރިޔާ މިއަދުގެ ޕްރެސްގައި ސުވާލުކުރަނީ - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު
"އަދަދު"ގެ ނޫސްވެރިޔާ މިއަދުގެ ޕްރެސްގައި ސުވާލުކުރަނީ - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

"އަދަދު"ގެ ނޫސްވެރިޔާ މިއަދުގެ ޕްރެސްގައި ސުވާލުކުރަނީ - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ދައުލަތުގެ އެއް ބާރުގެ ވެރިޔާ އަށް މިފަދަ ޓެރަރިސްޓް ހަމަލާއެއް ދެވުމުގައި، ފުލުހުންގެ އިންޓެލިޖެންސް ފޭލުވި ކަމަށް ގަބޫލުކުރައްވަންތޯ އާއި އެކަމުގެ ޒިންމާ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ނަންގަވަންޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ "އަދަދު" ނޫހުން ކުރި ސުވާލުގެ ޖަވާބުގައި ހަމީދު ތަކުރާރުކުރެއްވީ ކުރިން ދެއްވި ޖަވާބެވެ.

އިންޓެލް މައުލޫމާތު ނުލިބި އޮތުމުން އޭގައި ޒިންމާ ނަގަންޖެހޭކަން ބަލަން ޖެހޭނީ ތަހުގީގަކުން، އަޅުގަނޑުގެ އިހުމާލެއް ނުވަތަ ޒިންމާއެއް އޮތްކަން ވެސް އެނގޭނީ ތަހުގީގަކުން.

ނަޝީދު އަވަހާރަކޮށްލުމަށް ރޭ ޓެރަރިޒަމްގެ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް އެ ބައްދަލުވުމުގައި ސީޕީ ހާމަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

އެ މީހުން ހައްޔަރުކުރުން ލަސްވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ އެ ހަތަރު މީހުންނާ ގުޅޭގޮތުން ޕްރޮސެކިޔުޓާ ޖެނެރަލް، ހުސައިން ޝަމީމާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ގާނޫނުތަކުން ބާރު ލިބިފައި އޮތަސް ޖިނާއީ ނިޒާމްގެ ތެރެއިން ފުލުހުން އަމަލު ކުރަން ޖެހޭނީ. މީހަކު ހައްޔަރު ކުރެވޭނީ ހެކިތަކެއް އެމީހުންގެ މައްޗަށް ހުރެގެން،" ހަމީދު ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު ރަސްމީކޮށް އަދި ނަގާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާއްމު މީހަކާއި ބިދޭސީއަކަށް ވަނީ އަނިޔާވެފަ އެވެ.

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި އަދިވެސް ފަރުވާދެމުންދާއިރު، އެމަނިކުފާނު ވަނީ ގިނަ ސާޖަރީތަކެއް ވެސް ހަދައިފަ އެވެ. މިހާރު އެމަނިކުފާނު އޮންނެވީ އައިސީޔޫގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox