ފޭކު ނަމްބަރު ޕްލޭޓެއް ޖަހައިގެން ހަމަލާއަށް ބޭނުންކުރި ސައިކަލުގެ މައުލޫމާތު ފުލުހުން ހޯދައިފި

ނަޝީދަށް ހަމަލާދޭ ގޮއްވާލި ސައިކަލް: މި ސައިކަލްގައި ބޭނުންކޮށްފައި ވަނީ ފޭކު ނަމްބަ ޕްލޭޓެއް.

ނަޝީދަށް ހަމަލާދޭ ގޮއްވާލި ސައިކަލް: މި ސައިކަލްގައި ބޭނުންކޮށްފައި ވަނީ ފޭކު ނަމްބަ ޕްލޭޓެއް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގެއްލުންދޭން ފޭކު ނަމްބަ ޕްލޭޓެއްގައި ބޭނުންކުރި ސައިކަލްގެ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ގޮއްވާލި ސައިކަލްގެ މައުލޫމާތު ހޯދިފައިވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.

ނަޝީދަށް ރޭ ހަމަލާދިނީ މަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި ހަމަލާ ދިނީ ވޭވް ސައިކަލްގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ސައިކަލް ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ގޮއްވާލި ޑިވައިސް ހަރުކޮށްފައިވާ ސައިކަލްގައި ވަނީ ސައްހަ ނަމްބަރު ޕްލޭޓެއް ނޫނެވެ.

ނަޝީދަށް ހަމަލާދޭން ގޮއްވާލި ނޫ ކުލައިގެ ސައިކަލް: މި ސައިކަލްގައި ބޭނުންކޮށްފައި ވަނީ ސައްހަ ނޫން ނަމްބަ ޕްލޭޓެއް ކަމަށް ވޭ.
ނަޝީދަށް ހަމަލާދޭން ގޮއްވާލި ނޫ ކުލައިގެ ސައިކަލް: މި ސައިކަލްގައި ބޭނުންކޮށްފައި ވަނީ ސައްހަ ނޫން ނަމްބަ ޕްލޭޓެއް ކަމަށް ވޭ.

ނަޝީދަށް ހަމަލާދޭން ގޮއްވާލި ނޫ ކުލައިގެ ސައިކަލް: މި ސައިކަލްގައި ބޭނުންކޮށްފައި ވަނީ ސައްހަ ނޫން ނަމްބަ ޕްލޭޓެއް ކަމަށް ވޭ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒް ވިދާޅުވީ ހަމަލާގައި ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތު މިހާރު ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިވައިސް ހަރުކޮށްފައި އޮތް ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ގޮއްވާލުމަށް ބޭނުންކުރި ޑިވައިސް އެ ސަރަހައްދުގައި ފެންނަން އޮތެވެ.

އިތުބާރު ހިފޭ މަސްދަރަކުން "އަދަދު"އަށް ރޭ މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލުގައި ބޭނުންކޮށްފައި ހުރި AA0F P6758 ނަންބަރު ޕްލޭޓަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޕީ.ސީ.އެކްސް. ބްރޭންޑުގެ ސައިކަލެެއްގެ ނަންބަރު ޕްލޭޓެކެވެ. އެކަމަކު އެއްޗެއް ގޮއްވާލި ހާދިސާގައި މި ނަންބަރު ޕުލޭޓް ހަރުކޮށްފައި ވަނީ ވޭވް125 ސައިކަލެއްގަ އެވެ.

ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާއްމު މީހަކާއި ބިދޭސީއަކަށް ވަނީ އަނިޔާވެފަ އެވެ. އެ އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox