ރައީސް ނަޝީދުގެ ސާޖަރީ ނިމިއްޖެ, އޮންނެވީ ސީސީޔޫގައި: އާއިލާ

ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނުގެ ފަހު ސާޖަރީީ ނިމިއްޖެ ކަމަށް އާއިލާ އިން ބުނޭ. -- ފޮޓޯ / އަދަދު

ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނުގެ ފަހު ސާޖަރީީ ނިމިއްޖެ ކަމަށް އާއިލާ އިން ބުނޭ. -- ފޮޓޯ / އަދަދު

ބޮމުގެ ހަމަލާގައި ހަށިކޮޅަށް ލިބިވަޑައިގަތް ގެއްލުންތަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ފަހުން ފެށި ސާޖަރީ ނިމިއްޖެ ކަމަށް އާއިލާ އިން ދެންމެ ބުނެފި އެވެ.

އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު "އަދަދު"އަށް ވިދާޅުވީ ނަޝީދު މިހާރު އޮންނެވީ ސީސީޔޫގަ އެވެ. އެކަމަކު އޭޑީކޭ އިން ބުނީ އެމަނިކުފާނު އޮންނެވީ އައިސީޔޫގަ އެވެ. ހާލު ސީރިއަސް ކަމަށް ވެސް ބުންޏެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ސައިކަލެއް ގޮއްވާލައިގެންނެވެ. މިއީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާކުރަން ދިން ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. އެ ހަމަލާއަށް ޝައްކު ކުރެވޭ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

އެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާދޭން އޭޑީކޭއަށް ގެންގޮސް ހަތަރު ސާޖަރީއެއް ކޮށްފައިވެ އެވެ.

ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން "އަދަދު"އަށް ރޭ ވާހަކަ ދެއްކެވި މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެފައި ވަނީ ބޭރުފުށުން ލިބިވަޑައިގެންނެވި ޒަހަމްތައް ގިނަ ކަމަށާއި ފަރުވާ ދެމުން އަންނަނީ ހޭނައްތައިގެންނެވެ. އެމަނިކުފާނުގެ އެއް އަތަށް ފުން ޒަހަމެއް ލިބިފައިވާ ކަމަށް ވެ އެވެ.

ނަޝީދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށް ނީލޯފަރުމަގުގައި، ސައިކަލްގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ސައިކަލް ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.

ބާރު ގަދަ އެ ގޮއްވާލުމުގައި ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ތިން ސިފައިންނާއި އާއްމު މީހެއްގެ އިތުރުން ބިދޭސީއަކަށެވެ.

ސީރިއަސްކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު ރާއްޖެ އިން ބޭރުގެ އެހީ ހޯދަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox