ރައީސް ނަޝީދަށް ދިން ހަމަލާއަށް ޝައްކުކުރެވޭ 4 މީހަކު އެބަތިބި: ޕޮލިސް

ސީޕީ މުހައްމަދު ހަމީދު: ވިދާޅުވީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ ހަތަރު މީހުން ފާހަގަވާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު އަދަދު

ސީޕީ މުހައްމަދު ހަމީދު: ވިދާޅުވީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ ހަތަރު މީހުން ފާހަގަވާ ކަމަށް-- ފޮޓޯ: ހުސައިން ވަހީދު އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ރޭ ޓެރަރިޒަމްގެ ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ގެކޮޅު ކައިރީގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިިގެން ފުލުހުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ އެ ހަތަރު މީހުންނާ ގުޅޭގޮތުން ޕްރޮސެކިޔުޓާ ޖެނެރަލް، ހުސައިން ޝަމީމާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެ ހަތަރު މީހުންނާ މެދު ސަސްޕިޝަން އުފެދިގެން މިއުޅެނީ ކީއްވެގެންކަން ހާމަ ކުރެވޭކަށް ނެތް،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި މި ހަމަލާ ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ކުރިން ފުލުހުންނަށް ލިބިފައެއް ނުވެ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު ރަސްމީކޮށް އަދި ނަގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް އެކުވެރި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. މިހާރު ވެސް އިނގިރޭސިވިލާތުގެ ދެ އެކްސްޕާޓުން ތަހުގީގުގައި މަސައްކަތް ކުރަމުން އަންނައިރު، އޮސްޓްރޭލިއާގެ ފެޑްރަލް ފުލުހުން މާދަމާ ރާއްޖެ އައިސް ތަހުގީގާ ގުޅޭނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ރޭ ހަމަލާދީގެން ފުލުހުންނަށް ހުށަހެޅިތާ ދެ މިނެޓްގެ ތެރޭގައި ފުލުހުން ހާދިސާ ހިނގި ސަރަަހައްދަށް ދިޔަ ކަމަށެވެ. ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ބަލާ، ކްލިއާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާއްމު މީހަކާއި ބިދޭސީއަކަށް ވަނީ އަނިޔާވެފަ އެވެ. އެ އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox