މަޖިލީހުގެ ތެރެއިން ހިޔާނާތުގެ މައްސަލަ ކޮޅެއްގައި ޖައްސަން ނަޝީދު ޕާޓީގެ އެހީއަށް އެދިވަޑައިގެންފި

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުން ގެއްލުނު ފައިސާ ބޭރުގެ ފަންނީ މާހިރުންގެ އެހީއާއެކު އަނބުރާ ހޯދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު ހިޔާނާތުގެ ބައިވެރިންނާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ލަސްވެފައިވާތީ ކަންބޮޑުވުންފާޅުކުރައްވައި ބޭރުގެ ފަންނީ މާހިރަކާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން އެ މަސައްކަތް ކުރުމުގެ ބާރުދޭން ގައުމީ މަޖިލީހަށް ގަރާރެއް ނަޝީދު މިއަދު ވަނީ ހުށަހަޅުއްވައިފަ އެވެ.

ނަޝީދު އެ ގަރާރު ހުށަހަޅުއްވާފައިވަނީ ހިޔާނާތާ ގުޅިގެން ހޯދިފައިވާ 70،000 ޓެކްސްޓު މެސެޖު ހިމެނޭ ޕެން ޑްރައިވެއް މަޖިލީހަށް ލިބިފައިވާއިރު، އެ މެސެޖުތައް ތަހުލީލު ކުރުމަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށް މަޖިލީހުގެ މެމްބަރުންނަށް ދާދި ފަހުން ހުށަހަޅުއްވާފައިވަނިކޮށެވެ.

Advertisement

އެކަމާ ގުޅިގެން ވާޗުއަލްކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމަނިކުފާނު ވިދާޅުވީ "ބޭރުގެ ފޮރެންސިކް އޮޑިޓަރުން ބޭނުންކޮށްގެން ގެއްލިފައިވާ ފައިސާ އާއި މުދާތައް މިހާރު ހުރި ތަން ހޯދޭނެ،" ކަމަށެވެ.

"އެއީ ބޭންކު އެކައުންޓެއްގަތޯ ނޫނީ ފްލެޓަކަށް ބަދަލުވެފަތޯ އޮތީ، ނުވަތަ އެ ހުރީ ސިންގަޕޫރުގަތޯ ނޫނީ ސްރީލަންކާގަތޯ ފޮރެންސިކް އެކައުންޓަންޓުން މެދުވެރިކޮށްގެން ހޯދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށްފަހު އެ މާހިރުން މެދުވެރިކޮށް މަދަނީ މައްސަލަތައް ލިޔެ ކޯޓުތަކަށް އެ މައްސަލަ ހުށަހަޅައިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރެވޭނެކަމަށް އިތުރަށް ވިދާޅުވި އެވެ.

އެހެންކަމުން ގައުމީ މަޖިލީހުގެ ކިބައިން އެދިވަޑައިގަންނަވަނީ ޕީޖީ ގުރޫޕާ މި މަސައްކަތް ހަވާލުކުރުން ކަމަށް ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުން އެފަދަ ފަންނީ މާހިރުން ހޯދައިގެން އެ ފައިސާ ހުރިތަން ހޯދައި އެ ފައިސާ އަނބުރާ ދައުލަތުގެ ހަޒާނާއަށް ގެނައުމަށް ދައުވާތައް ލިޔެދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.

ގެއްލުނު ބައެއް ފައިސާ އާއި ހަރުމުދާ ރާއްޖޭން ބޭރުގައި ވެސް ހުރެދާނެކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އޭގެ ތެރެއިން ބައެއް ދައުވާތައް ރާއްޖޭން ބޭރުގައި ވެސް ކުރަންޖެހިދާނެ ކަމަށެވެ.

އެފަދަ މަސައްކަތެއް ވަރަށް ކާމިޔާބުކަމާ އެކީ ކުރެވޭ ނެކަމުގެ މިސާލެއް ނަންގަވައި ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، 2008 ވަނަ އަހަރުގެ ކުރިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލަން ގްރާންޓްތޯންޓަން ކިޔާ ކުންފުންޏަކާ ހަވާލުކުރެވުނު ކަމަށާއި އެ މަސައްކަތް އެ ކުންފުނިން ވަރަށް ރަނގަޅަށް ކުރިއަށް ގެންދިޔަ ކަމަށެވެ.

ނަމަވެސް، 2012 ވަނަ އަހަރު ވެރިކަން ވެއްޓުމުން، އެ ކުންފުންޏަށް އެތައް މިލިއަން ޑޮލަރު ދިނުމަށްފަހު އެ ތަހުގީގު ހުއްޓުވާލިކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.

މި ފަހަރުގެ ވެސް ހަގީގީ ބޭނުމަކީ ބޭރުގެ މާހިރުން ގެނެސްގެން ފައިސާ އަނބުރާ ހަޒާނާއަށް ގެނެސްދިނުކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ވެފައި އޮތް ވައުދެއްވީމަ، އެކަން އަޅުގަނޑުމެން ކުރުން. އެކަން ކުރުމަށް އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގައި އެކަން ކުރާ ބާވަތުގެ މީހުންނާ މަޖިލީހުން އެއްބަސްވެގެން މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސް ނިންމާލެވިދާނެކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ދޫކޮށްލެއްވުމަށް އެކި ފަރާތްތަކުން ޕްރެޝަރު އަންނަމުންދާ ކަމުގެ އިޝާރާތެއް އެމަނިކުފާނު މިއަދު ދެއްވި އެވެ.

ނަމަވެސް، ވައްކަމާއި ހިޔާނާތުގެ ވާހަކަތައް ނުދައްކަވާ ނުހުންނަވާނެ ކަމަށާއި، އެމްޑީޕީގެ އާއްމު މެމްބަރުން ވެސް ކުރިއަސް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުދޭއިރު އެކަމާމެދު ފުންކޮށް ވިސްނުމަށް ނަޝީދު އެދިވަޑައިގަތެވެ.

އެހެންނޫނަމަ، ވައްކަމާއި، ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް އެމްޑީޕީން އަބަދުވެސް ގެންގުޅޭ އަސާސްތައް އަދުން ދޫވެގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

ބޭރުގެ ފަންނީ މާހިރުން ގެންނަން އެމްޑީޕީގެ ގައުމީ މަޖިލިސް މެދުވެރިކޮށް ނަޝީދު އިސްނެންގެވީ، އެމްޑީޕީ ކޮންޓްރޯލް ކުރާ މަޖިލީހުގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ނުބެލި، ހުއްޓިފައިވާކަމުގެ ތުހުމަތު ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، ހިޔާނާތުގައި ހިމެނޭ މީހުންގެ ހުރިހާ ތަފްސީލެއް ހޯދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެން، އެ މައުލޫމާތު ހޯދަން މިދިޔަ މަހުގެ ތެރޭގައި ކަމާގުޅޭ މުއައްސަސާތައް ހާޒިރުކުރަން މަޖިލީހުގެ 241 ކޮމިޓީން ނިންމި ނިންމުމެއް ތަންފީޒު ނުކޮށް އޮތް މައްސަލަ ވަނީ ހޫނުވެފަ އެވެ.

އެއާއެކު، ނަޝީދު ވަނީ އަމިއްލައަށް އިސްނަންގަވައިގެން އެ މައުލޫމާތު ހޯދަން ކަމާބެހޭ މުއައްސަސާތަކަށް ރަސްމީކޮށް ފޮނުއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox