އެމްއެމްޕީއާރުސީގެ ހިޔާނާތް ބޭރުގެ މާހިރަކާ އެކު އެމްޑީޕީގެ ޕީޖީން ބަލަން ނަޝީދުގެ ގަރާރެއް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތު ބަލަހައްޓަވަނީ: ހިޔާނާތް ލަސްވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައި އެ ތަހުގީގު އަވަސްކުރުމާ ގުޅޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމަވާފައި. -- ފޮޓޯ / މަޖިލިސް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތު ބަލަހައްޓަވަނީ: ހިޔާނާތް ލަސްވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައި އެ ތަހުގީގު އަވަސްކުރުމާ ގުޅޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމަވާފައި. -- ފޮޓޯ / މަޖިލިސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިންނާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ލަސްވެފައިވާތީ ކަންބޮޑުވުންފާޅުކުރައްވައި ބޭރުގެ ފަންނީ މާހިރަކާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން އެ މަސައްކަތް ކުރުމުގެ ބާރުދޭން ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ޕީޖީ ގްރޫޕަށް އެ ބާރުދޭން ގައުމީ މަޖިލީހުން ފާސްކުރަން ނަޝީދު ގަރާރު ހުށަހަޅުއްވާއިރު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ދިގުދެމިގެން ގޮސްފައިވާ މައްސަލަ އަވަސް މިނެއްގައި ބެލުމުގެ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެމަނިކުފާނު އިސްވެ ފައްޓަވައިފަ އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަނީ ހިޔާނާތުގެ ތަހުގީގު ދައުލަތުގެ އެކި އިދާރާތަކުން ހިންގި ނަމަވެސް ފާއިތުވި މުއްދަތުގައި ކުރިއެރުމެއް ހޯދިފައި ނުވާތީ ކަމަށެވެ. ތަހުގީގު ދިގުދެމިގެން ގޮސްފައިވާ އިރު އެކަމުގެ ބައިވެރިންނާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ވެސް މިހާތަނަށް ކޮޅެއްގައި ނުޖެހިވާ ކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގައުމީ މަޖިލީހަށް ހުށަހަޅުއްވާ ގަރާރަށް ތާއީދު ކޮށްދެއްވާށެވެ. ދިހަ މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމުން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭނެ އެވެ.

އެ ގަރާރުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދުކަން ފާހަގަކުރެއްވި އެވެ. އެ ތަހުގީގަށް މި ވެރިކަމުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފައްދައި ފުލުހުންނާއި އޭސީސީއާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ފަށާފައި ވިޔަސް އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވި އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ހިޔާނާތުގައި ވަގަށް ނަގައި ރާއްޖެ އާއި ބޭރުގައި ހުރި ފައިސާ އާއި މުދާ، ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ހޯދައި އެ ފައިސާ އާއި މުދާ ރުޖޫއަކުރުމުގެ މަސައްކަތް މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ތަޖުރިބާކާރު ފަރާތްތައް ހޯދައި ވާންޖެހޭ ތައްޔާރީތައް ވުމުގެ ކަންކަން ހިންގުމުގެ މަސްއޫލިއްތު އެމްޑީޕީގެ ޗެއާޕާސަންއާ އޮގަސްޓް، 26، 2018 ގައި ވަނީ ހަވާލުކޮށްފަ އެވެ.

މި މަސައްކަތް ކުރަން ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދައި ހިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެ ފައިސާއާ ބެހޭ މައުލޫމާތާއި އެ ނޫން ވެސް އެންމެހާ ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު އެ މައުލޫމާތުގެ އަލީގައި ފައިސާ ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ކޮށްފައި ނުވާ ކަމަށް އެމަނިކުފާނުގެ ގަރާރުގައިވެ އެވެ.

"..އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ބޭރުގެ ފަންނީ މާހިރަކު ހޯދައި އެ ފަރާތާ އެކު ކުރަން ޖެހޭ އެންމެހާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކުރުމަށެވެ." ގައުމީ މަޖިލީހުގެ މެމްބަރުން އިގުރާރުވާން ޖެހޭ ގަރާރުގައިވެ އެވެ.

އެމްޑީޕީގެ ބޮޑު ވައުދެއްގެ ގޮތުގައި އޮތް ހިޔާނާތް ބަލައި އިންސާފު ހޯދުމުގެ މަސައްކަތް ޕާޓީގެ ތެރެއިން ނަޝީދު ފެއްޓެވިއިރު، ހިޔާނާތް ނުފޮރުވޭނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގައި ވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ. ބާރާއި ނުފޫޒު ގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް، ވަޒީރުންނާއި އަމީރެއް ވިޔަސް ރައްޔިތުންނަށް ފަޅާއަރުވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން އޮކްޓޯބަރު، 24، 2019 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ބުނެ 267 މީހުންގެ ލިސްޓެއް އޮތް ކަން ހާމަކުރި އެވެ. އޭގެތެރެއިން އެންމެ އިސްކަންދީގެން ބަލަން ޖެހޭ މައްސަލަތަކުގެ ތަރުތީބެއް އެކުލަވާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ބުންޏެވެ.

ތަހުގީގީ އިދާރާތަކުގެ ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި ސަރުކާރުގައި މިހާރު ވެސް ހިމެނޭ ހަތް ބޭފުޅުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ފަސް ފަނޑިޔާރުންގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނިވަޑައިގަންނަވަ އެވެ.

ހިޔާނާތުގެ ތަހުގީގު ލަސްވެފައިވާ މައްސަލައިގެ ތަފްސީލާ އެކު ހިޔާނާތުން މަންފާވި ލިސްޓު ހޯދަން ވެސް ތަހުގީގީ އިދާރާތަކުގައި މަޖިލީހުން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox