މިދިޔަ އަހަރުގެ މާލީ ހާލަތު އަދަދުތަކުން

ެސިނަމާލެ ބްރިޖާ ދިމާލުން ފްލައިޓެއް ދަނީ: މިދިޔަ އަހަރު ހުރިހާ ސިނާއަތެއްގެ ޕާފޯމަންސް ދަށަށް ދިޔަ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ެސިނަމާލެ ބްރިޖާ ދިމާލުން ފްލައިޓެއް ދަނީ: މިދިޔަ އަހަރު ހުރިހާ ސިނާއަތެއްގެ ޕާފޯމަންސް ދަށަށް ދިޔަ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި އިގުތިސޯދީ އަދަދުތަކާއި ލަފާކުރުންތައް ރެކޯޑް ކުރަން ފެށި ފަހުން މިދިޔަ އަހަރަކީ މި ގައުމުގެ އިގުތިސޯދަށް އެންމެ ގޮންޖެހުން ބޮޑު އަހަރެވެ.

އަހަރުން އަހަރަށް ގައުމީ އުފެއްދުންތެރިކަން 32 ޕަސެންޓު ހީނަރުވި އެވެ.

މިހެން ދިމާވީ ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށާއި، އެ ސިނާއަތާ ގުޅުންހުރި ކޮންސްޓްރަކްޝަން އަދި ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރި ދަށަށް ދިޔުމުންނެވެ.

ރާއްޖޭ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިހާރު އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތު ވަރަށް ސާފުކޮށް ތިލަވެގެންދެ އެވެ.

ތިރީގައި އެވަނީ އެ ރިޕޯޓުން އެންމެ ފާހަގަކޮށްލެވޭ އަދަދުތަކެވެ.

24.7 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދަށް އައި ހީނަރުކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމުން އުނިވި ފައިސާ އެވެ. މިދިޔަ އަހަރު އިގުތިސޯދު 7.5 ޕަސެންޓު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އެވެ. ނަމަވެސް ބަލިމަޑުކަމުގެ ހާލަތުގައި އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން، ހާއްސަކޮށް ފަތުރުވެރިންނަށް ބޯޑަރު ބަންދުކުރަން މަޖުބޫރު ވުމުން، ގިނަ އިގުތިސޯދީ ހަރަކާތްތަކެއް ހުއްޓުނެވެ.

އަދި މިއީ 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޖީޑީޕީގައި އިތުރުވީ ފައިސާއާ ދާދީ އެއްހަމަ އަދަދެކެވެ. ވާލްޑް ބޭންކުން އަންދާޒާކުރަނީ ޖީޑީޕީން ގެއްލިގެން ދިޔަ އަދަދު އިޔާދަވާން ދެ އަހަރު ދުވަސް ނަގާނެ ކަމަށެވެ.

86.5 ބިލިއަން ރުފިޔާ

މިއީ ދިވެހި ދައުލަތުގެ ދަރަންޏެވެ. މީގެ ތެރޭގައި ސީދާ ދައުލަތުގެ ނަމުގައި ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ކުންފުނިތަކަށާއި އަމިއްލަ ވިޔަފާރިތަކަށް ގެރެންޓީ ދީގެން ދޫކޮށްފައިވާ ލޯނު ހިމެނެ އެވެ. ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ ރާއްޖޭގެ ދަރަނި ހުރީ 149 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރު ދަރަނި އިތުރުވީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބޮންޑާއި ޓީ-ބިލް ވިއްކުމުގެ އިތުރުން ބޮޑެތި ލޯނު ނެގުމުގެ ސަބަބުންނެވެ. ދަރަނި މެނޭޖުކުރުމުގެ މައްސަލައަކީ ރާއްޖޭގެ އިގުތިސޯދީ ވިލުންވެރިކަމަށާއި ދެމެހެއްޓެނިވި މުސްތަގުބަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފާހަގަ ކުރެ އެވެ.

984.9 މިލިއަން ޑޮލަރު

މިއީ ސެންޓްރަލް ބޭންކުގައި ހުރި އޮފިޝަލް ރިޒާވު ފައިސާގެ އަދަދު އެވެ. ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ.

މި ރިޒާވު ފައިސާއަކީ ގައުމުތަކުގެ ސެންޓްރަލް ބޭންކުތަކުގެ މެދުގައި ބަދަލު ކުރާ ފައިސާ އާއި އެހެނިހެން މާލީ ވަސީލަތްތަކެވެ. މީގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ވެލިއު، ސްޕެޝަލް ޑްރޮވިން ރައިޓްސް އަދި އައިއެމްއެފްގެ ރިޒާވުގައި ހުރި ފައިސާ އާއި ރަނުގެ ރިޒާވު ހިމެނެ އެވެ.

11.5 ބިލިއަން ރުފިޔާ

މިއީ އަހަރުގެ ތެރޭގައި ސަރުކާރުން ނެގި ލޯނުތަކުގެ އަގު ދިވެހި ރުފިޔާއިން އެވެ. މީގެ ތެރޭގައި ގިނައީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިމާވި ކަންކަމުން އަރައި ގަންނަން އެކި ގައުމުތަކާއި މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކެވެ. އެ ލޯނުތަކުގެ އަގު ދެ ބިލިއަނެއްހާ ރުފިޔާއަށް އަރަ އެވެ.

މިދިޔަ އަހަރު އެންމެ ބޮޑު ލޯނެއް ނެގީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނަކީ 400 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެކެވެ.

14.1 ބިލިއަން ރުފިޔާ

މިއީ މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އެވެ. މިއީ އެ އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ 10.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ދައުލަތުގެ އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ޖީއެސްޓީ ހީނަރުވުމާ، އެތެރޭގެ އިގުތިސޯދީ ހަރަކާތްތައް މަޑުޖެހުމުގެ ސަބަބުން ޖެނެރަލް ޖީއެސްޓީ, އިމްޕޯޓް ޑިއުޓީ އަދި ބީޕީޓީ އާމްދަނީ ހީނަރުވުން ހިމެނެ އެވެ.

އަދި ދައުލަތަށް ބޮޑު އާމްދަނީއެއް ވަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބުނު އާމްދަނީ ހީނަރުވުން ހިމެނެ އެވެ.

554،494

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އެވެ. މިއީ 2005 އަހަރުގެ ފަހުން ރާއްޖެއަށް އެންމެ މަދުން ޓޫރިސްޓުން އައި އަހަރެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން 67 ޕަސެންޓަކީ ބޯޑަރު ބަންދު ކުރުމުގެ ކުރިން ޒިޔާރަތްކުރި ޓޫރިސްޓުންނެވެ. މާޗު މަހު ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި މަހުގެ މެދު ތެރޭގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައީ 181،732 ޓޫރިސްޓުންނެވެ.

އޭގެ ކުރީ އަހަރާ އަޅާ ބަލާނަމަ، ރާއްޖެއަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުންގެ ވިޔަފާރި ގެއްލުނެވެ.

4.4 ބިލިއަން ރުފިޔާ

މިއީ ރާއްޖޭގެ އެކްސްޕޯޓް އާމްދަނީ އެވެ. އަހަރުން އަހަރަށް ބަލާ ނަމަ މިދިޔަ އަހަރު ރާއްޖޭއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު ވަނީ 74.9 މިލިއަން ޑޮލަރު ދަށަށް ގޮސްފަ އެވެ. ދިވެހި ފައިސާއިން މިއީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ މަސް އެކްސްޕޯޓް އިތުރުވި ކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރު މަސް ބޭރު ކުރި އަދަދު 13 ޕަސެންޓު އިތުރުވެ، 66،000 މެޓްރިކް ޓަނުގެ މަސް ބޭރު ކުރި އެވެ. އަދިވެސް ގިނައީ ޕްރޮސެސް ނުކޮށް ރާއްޖެއިން ބޭރުކުރާ ގަނޑުކުރި މަހެވެ.

3.9 ބިލިއަން ރުފިޔާ

މިއީ އިގުތިސޯދުގައި ދައުރުވަމުންދާ ނަގުދު ފައިސާގެ އަގެވެ. މީގެ ތެރެއިން ނޫޓުގެ ގޮތުގައި ދައުރުވާ ފައިސާގެ އަގުގެ 83 ޕަސެންޓަކީ 500ރ. ގެ ނޫޓެވެ. އަދި ދައުރުކުރަމުންދާ ވަކި ލާރީގެ އަގަކީ 76.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އިގުތިސޯދުގައި ދައުރުވާ ނަގުދު ފައިސާ 10 ޕަސެންޓު އިތުރުވި އެވެ. ވަކި ލާރީގެ އަދަދު އިތުރުވީ އެންމެ ޕަސެންޓެކެވެ.

6.04 ބިލިއަން ރުފިޔާ

މިއީ އެމްއެމްއޭގެ ނިޒާމުގެ ތެރެއިން ޑައިރެކްޓް ކްރެޑިޓް ޓްރާންސެކްޝަންސް (އޮންލައިން ޒަރިއްޔާއިން ސީދާ އެކައުންޓުން އެކައުންޓަށް) ގެ އަގެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 50 ޕަސެންޓު އިތުރު އަދަދެކެވެ. އެގޮތަށް މެދުވެރުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ޑިޖިޓަލް ޓްރާންސެކްޝަންތައް ބޮޑުތަނުން އިތުރުވުމުންނެވެ.

މީގެ އިތުރުން، ވިޔަފާރިތަކުން ޑިޖިޓަލް ވަސީލަތްތަކުން ފައިސާ ބަލައިގަންނަ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ. މި އަދަދު މިހާ ބޮޑަށް އިތުރުވީ ޑިޖިޓަލް ވިޔަފާރިއަށް އިސްކަން ދޭން ކުރެވުނު މަސައްކަތުގެ ކާމިޔާބީގެ ސަބަބުންނެވެ.

1.5 ޓްރިލިއަން ރުފިޔާ

މިއީ ރާއްޖޭގެ ބޭންކުތަކުން އެއް ބޭންކު އަނެއް ބޭންކުގެ މެދުގައި އަދި ބޭރުގެ ބޭންކުތަކާ އެކު ކޮށްފައިވާ މާލީ މުއާމަލާތްތަކުގެ އަގެވެ. އެމްއެމްއޭގެ އެމްއާރްޓީޖީއެސް ނިޒާމުގެ ތެރެއިން ބަދަލު ކުރެވުނު ފައިސާގެ އަގަކީ ރާއްޖޭގެ ޖީޑީޕީއަށް ވުރެ 300 އެތައް ގުނައެއް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އިގުތިސޯދީ ހަރަކާތްތައް ހުއްޓުނު ނަމަވެސް، މާލީ މުއާމަލާތްތަކާއި ބޭންކިން ދާއިރާގެ އަދަދުތަކުން ފެންނަނީ މާލީ ދާއިރާ ހަރުދަނާކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox