މުޒާހަރާގައި ނޫސްވެރިންނަށް ހުރަސް އެޅުމުން ކަންބޮޑުވުން ފާޅުކޮށްފި

ރޭގެ މުޒާހަރާގައި އަޑު އުފުލަނީ: މި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ވަނީ ޝަކުވާ ބޮޑުވެފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރޭގެ މުޒާހަރާގައި އަޑު އުފުލަނީ: މި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ވަނީ ޝަކުވާ ބޮޑުވެފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލާތީ އަޑުއުފުލަން ރަސްފަންނު ސަރަހައްދުގައި ރޭ ކުރި މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވި ނޫސްވެރިންނާ މެދު ފުލުހުން އަމަލު ކުރިގޮތުން މީޑިއާގެ ބެލެނިވެރި ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތުރުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ބުނީ ރޭގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނާ ބައެއް ފުލުހުން ހުތުރު ބަހުން ވާހަކަ ދައްކައި ބާރުގެ ބޭނުން ކުރި ކަމުގެ ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ.

ފުލުހުންގެ އެ އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ކޮމިޝަންގެ ފަރާތުން ފުލުހުންނަށް އިލްތިމާސް ކުރަނީ، އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާ ކުރުމަށް ފުރިހަމަ ފަހި މާހައުލެއް ގާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަށް،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭން ވަނީ ނޫސްވެރިންނަށް ކުރިމަތިވި ހުރަސްތައް ތަހުގީގު ކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އިސްވެރިންނަށް ގޮވާލައިފަ އެވެ.

ބްރޮޑްކާސްޓިން ކޮމިޝާނާއި މީޑިއާ ކައުންސިލުން ފުލުހުންގެ އަމަލު ކުށްވެރި ކުރުމުގެ އިތުރުން މުޒާހަރާ ކަވަރު ކުރާ ނޫސްވެރިންގެ އަމަލުތައް ވެސް ރަނގަޅު ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ނޫސްވެރިންނަކީ މުޖުތަމައުގައި އުޅޭ އުޅުމުގައްޔާއި ހާއްސަކޮށް މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓާ، މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވާންޖެހެ އެވެ. އަދި ނޫސްވެރިންގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުން ދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން ނޫސްވެރިންގެ މަސައްކަތައް ދަތިކޮށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ނޫސްވެރިންނަށް ބޭއަދަބީކޮށް ވާހަކަ ދެއްކުމާއި ބާރުގެ ބޭނުން ކުރުން ފުލުހުން ތަކުރާރު ކުރާކަމަށް ބުނެ އެމްޖޭއޭން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ.

ރޭ މާލޭގައި ޒުވާނުންތަކެއް ކުރި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ބަލައި ގޮތެއް ނިމެންދެން އެ ފުލުހުން، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން މިއަދު ވަނީ ދުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox