އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލުމުން އިމްރާން ޖަވާބުދާރީވާން އެދިއްޖެ

މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަނީ: މި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ވަނީ ޝަކުވާ ބޮޑުވެފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަނީ: މި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ވަނީ ޝަކުވާ ބޮޑުވެފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ނުބަލާތީ އަޑުއުފުލަން ރަސްފަންނު ސަރަހައްދަށް އެއްވި މަދު ބަޔަކާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރާ އެކު އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލި ކަމުގެ ޝަކުވާ ބޮޑުވުމުން، އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ބަޔަކު އެއްވެ މުޒާހަރާކުރުން މަނަލެވެ. މުޒާހަރާކުރާ ސަރަހައްދަށް އެއްވެ އެކަން ހުއްޓުވަން ފުލުހުން އުޅުމުން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދިޔައީ އެވެ.

އެހެންވެ ފުލުހުން ބާރުގެ ބޭނުންކުރީ އެވެ. މުޒާހަރާ ހުއްޓުވުމުގެ ތެރޭގައި ބައެއް މީހުންގެ ލޮލަށް އަމާޒުކޮށް ފުލުހަކު ޕެޕާ ސްޕްރޭ ޖެހި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފަ އެވެ. މީގެއިތުރުން މުޒާހަރާގެ ތެރެއިން އަންހެނަކު ހައްޔަރުކުރުމުގެ ތެރޭގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލައިގައި ވެސް ފުލުހުންނަށް ވަނީ ނުރުހުން އަމާޒުވެފަ އެވެ.

Advertisement

ފުލުހުންނާމެދު ޝަކުވާ ބޮޑުވެފައިވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މުޒާހަރާ ރޫޅާލުމުގައި އަމަލުކޮށްފައިވާ ގޮތް ހޯމް މިނިސްޓަރުގެ އަރިހުން ސާފުކުރުމަށް މިއަދު ހުށަހަޅުއްވައިފަ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި، މިވަގުތު މަޖިލިސް ޗުއްޓީގައި އޮތުމުން، މަޖިލީހުގެ އިދާރާ މެދުވެރިކޮށް މީކާއީލް އެދިވަޑައިގަންނަވާފައިވަނީ އިމްރާންގެ އަރިހުން ފަސް ސުވާލެއްގެ ޖަވާބު ލިޔުމުން ހޯއްދެވުމަށެވެ.

މިގޮތުން، ރޭގެ މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބޭނުންކޮށްގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅެއް އަޅާފައިވޭތޯ އާއި، މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންގެ ޔުނިފޯމުގައި ސާވިސް ނަންބަރު ފެންނަ ގޮތަށް ހަރުކޮށްފައިވޭތޯ އާއި އެ ފުލުހުންނަކީ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ފުލުހުންތޯ ބަލަން ވެސް މީކާއީލް ވަނީ ހުށަހަޅުއްވައިފަ އެވެ.

މީގެ އިތުރުން، މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީކެމެރާ ބޭނުންނުކުރަނީ ކީއްވެތޯ އިމްރާންގެ އަރިހުން ސާފުކުރަން އެ ސިޓީގައި އެދިފައިވެ އެވެ.

އަދި ރޭގެ މުޒާހަރާއާ ސީދާ ނުގުޅޭ ގޮތަށް ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ހާމަކުރާއިރު އެއް އުސޫލަކުން އަމަލުނުކުރަނީ ކީއްވެތޯ ވެސް މީކާއީލް ވަނީ އިމްރާންގެ އަރިހުން އައްސަވައިފަ އެވެ.

ރޭގެ މުޒާހަރާގެ ބައިވެރިންގެ އިތުރުން، މުޒާހަރާ ކަވަރުކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ފުލުން ހަޑިހުތުރު ބަހުން މުއާމަލާތު ކުރި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ހުރިހާ ކަންބޮޑުވުންތަކާ ގުޅިގެން، ރޭ ފުލުހުން އަމަލުކުރި ގޮތުގެ ހާއްސަ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox