ކުޑަކުއްޖަކާ ބެހުނު ނަރުސް ފުރުވާލުމުން ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ޓްރީޓޮޕްގެ މައްސަލަ ތަހުގީގު ކުރަން ވަނީ ފުލުހުންނަށް އަންގާފައި--

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ޓްރީޓޮޕްގެ މައްސަލަ ތަހުގީގު ކުރަން ވަނީ ފުލުހުންނަށް އަންގާފައި--

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތް ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ނަރުހަކު ރާއްޖެއިން ފުރުވާލާފައިވާތީ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްސަލަ ތަހުގީގު ކުރުމަށް އަންގަވާފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް "އަދަދު" އަށް ވިދާޅުވީ މި މައްސަލައިގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ ނާންގާ ހުރުމާއި ހެކި ފޮރުވުމުގެ ތުހުމަތު ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ މައްޗަށް ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އަންގާފައިވާނީ މާޗް 15 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން އަޅުގަނޑުމެން ވާނީ އަންގައިފައި. އަޅުގަނޑުމެން އެ މައްސަލައިގެ ފޮލޯއަޕް ވެސް ބަލާނަން،" ޝަމީމް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފިރިހެން ނަރުހަކު އެޑްމިޓް ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ނަމަވެސް މައްސަލަ ހުށަހެޅީ އެ ނަރުސް މީހާ ރާއްޖެއިން ފުރުވާލުމަށް ފަހު އެވެ.

ނަރުސް މީހާ ރާއްޖޭގައި ނެތުމުން ކަމަށް ބުނެ ފުލުހުން ވަނީ މިހާރު އެ މައްސަލަ ފައިލުކޮށްފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މިއީ މިފަދަ މައްސަލައެއް އެ ހޮސްޕިޓަލުން ސިއްރު ކޮށް، ހެކި ފޮރުވި ކަމަށް ތުހުމަތު ކުރެވޭ ދެވަނަ ފަހަރެވެ. ޖިންސީ ގޯނާ ކުރި ކަމަށް ތުހްމަތު ކުރެވޭ މައްސަލަ ފައިލްކުރި ނަމަވެސް، ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ ނާންގާ ހުރުމާއި ހެކި ފޮރުވުމަށް ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް ޝަމީމު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މި މައްސަލައިގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގުޅުމުން އަދި ހޮސްޕިޓަލުން އެދުނު ގޮތަށް އީމެއިލް ކުރުމުން ވެސް މައްސަލައިގައި ކޮމެންޓެއް ކުރުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ އެއީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްތަކަށް ޖަލަށް ލެވޭ ކުށެކެވެ.

އިތުރުބާރު ކުރަންޖެހޭ މަގާމުތައް ގާނޫނުގައި މާނަ ކޮށްފައިވާއިރު ހޮސްޕިޓަލް، ނުވަތަ ކްލިނިކް، ނުވަތަ ކުޑަކުދިން ބަލަހައްޓައިދޭ ގެ ފަދަ ހިދުމަތްދޭ ތަންތަނުގެ މީހުން ހިމެނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އެގޮތުން އެތަނުގެ ފިރިހެން ޑޮކްޓަރަކު އަންހެން މުވައްޒަފަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ވެސް މީގެ ކުރިން އޮތީ ފެންމަތިވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox