އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދި މީހުންނަށް ފިޔަވަޅު އަޅަނީ

ލޯކަލް މާރުކޭޓުގައި މީހަކު ފައިސާތަކެއް ގުނަނީ: އޮޅުވާލައިގެން އިންކަމްސަޕޯޓް އެލަވަންސް ހޯދި މައްސަލަތައް އަންނަނީ ބަލަމުން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލޯކަލް މާރުކޭޓުގައި މީހަކު ފައިސާތަކެއް ގުނަނީ: އޮޅުވާލައިގެން އިންކަމްސަޕޯޓް އެލަވަންސް ހޯދި މައްސަލަތައް އަންނަނީ ބަލަމުން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި ދިރިއުޅުން ދަތިވި މީހުންނަށް އެހީއެއްގެ ގޮތުގައި ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސް، އޮޅުވާލައިގެން ހޯދި ގާތްގަނޑަކަށް 1،000 މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީއަށް އަސަރުކުރި 22،786 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ލިބުނެވެ. އަދި މިކަމަށް 418 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

އިންކަމް ސަޕޯޓަށް އޮޅުވާލި މީހުން ދެނެގަނެވުނީ މި މަސައްކަތް ކުރަން އިކޮނޮމިކް މިނިސްޓްރީން ހާއްސަ ކުރި ޖޮބް ސެންޓާ ޕޯޓަލް އާއި ޕެންޝަން އޮފީހުގެ ޑޭޓާބޭސް ގުޅާލުމުންނެވެ. މި ޑޭޓާތައް އަޅާ ކިޔުމުގެ ތެރޭގައި ވަޒީފާއެއްގައި އުޅޭ ހާހެއްހާ މީހުން، އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި މައުލޫމާތު ދީގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދިކަން ފާހަގަ ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ފައްޔާޒް އިސްމާއިލް "އަދަދު"އަށް ވިދާޅުވީ އެ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދާނެ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މި މީހުންނަށް އޮޅުވާލެވުނު ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ފައްޔާޒު ވިދާޅުވީ، އަމިއްލަ މަސައްކަތް ކުރާ ގިނަ މީހުންގެ މައުލޫމާތު ކަށަވަރު ކުރީ އެ މީހުން ހުށަހެޅި މައުލޫމާތުތަކަށް ކަަމަށެވެ. އަދި އޭރު ބެލީ އެ އެހީތެރިކަން ބޭނުންވާ ބަޔަކަށް ލުއި މިންގަނޑެއްގެ ތެރެެއިން ފައިސާގެ އެހީ ދެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް ބަލިމަޑުކަމާ އެކު އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދިނީ އޭޕްރިލް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މީގެ ތެރެއިން ވަޒީފާ ގެއްލުން ނުވަތަ ނޯ ޕޭއަށް މީހުންނަށް ލިބުނީ މަހަކު 5000ރ. އެވެ. އަދި އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަޕޯޓް އެލަވަންސް ލިބުނީ 5000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ ނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox