މާލޭގައި ދުނިޔޭގެ ފެންވަރު ބިލިއާޑް ފެސިލިޓީއެއް ހުޅުވައިފި

ޕޫލް ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އަބީދު

ޕޫލް ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އަބީދު

ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރެވޭ މަސައްކަތުގެ ތެރެއިން މާލޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަ ފައްޔާޒު އިސްމާއިލް އެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި ރޭގެ އިވެންޓްގައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އިސްވެރިންގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި އިވެންޓްގައި ދުނިޔޭގެ ޓްރިކްޝޮޓް ރެކޯޑް ހޯލްޑަރެއް ކަމަށްވާ ފްލޯރިއަން ކޮލާ ވެސް ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑް-19ގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ހުއްޓިފައި އޮތް މުއްދަތުގައި ބަޖެޓްގެ ތާށިކަމުގެ ތެރޭގައި ވެސް އިސްކަމެއް ދިނީ ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ކަމަށެވެ. އެ ގޮތުން ކުރެވުނު އެންމެ ރަނގަޅު މަސައްކަތްތަކުގެ ތެރޭގައި މި ޕޫލް ބިލިއާޑް ފެސިލިޓީ ހިމެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ އިވެންޓްގެ ތެރެއިން ކޮލާ (ކ) އާއި މިނިސްޓަރު މަހުލޫފް.-- ފޮޓޯ: އަބްދުﷲ އަބީދު

މިނިސްޓަރެއްގެ މަގާމަށް ވަޑައިނުގަންނަވަނީސް ވެސް ބިލިއާޑް ހޯލަށް އިވެންޓެއް ޝަރަފްވެރިކުރަން އައުމުގެ ފުރުސަތު ލިބުނު ކަމަށް މަހުލޫފް ވިދާޅުވި އެވެ. އޭރު ހަތަރު ވަރަކަށް މޭޒު ބަހައްޓައިގެން ބިލިއާޑް އެސޯސިއޭޝަނުން މި ކުޅިވަރު ތަރައްގީކުރަން ކުރި މަސައްކަތަށް މިއަދު ބޮޑު ކަމެއް ކޮށްދެވުމަކީ ހަގީގަތުގައި ވެސް ލިބޭ އުފަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި މަސައްކަތް ހަގީގަތުގައި މި ކުރެވެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުޅިވަރަށްޓަކައި އެ ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ އިވެންޓުގައި ވާހަކަ ދައްކަމުން ޓްރިކްޝޮޓް ލެޖެންޑް ކޮލާ ބުނީ ހަގީގަތުގައި ވެސް މި ފެސިލިޓީ އަކީ ބިލިއާޑްގައި ބަޔަކަށް ލިބޭނެ އެންމެ ފުރިހަމަ އެއް އިންފްރާސްޓްރަކްޗާ ކަމަށެވެ. އަދި ރާއްޖެ ކަހަލަ ގައުމެއްގައި މި ފަދަ ފެސިލިޓީއެއް ހުޅުވުން މިއީ މި ކުޅިވަރަށް ވެސް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ކޮލާ ދެކެ އެވެ.

"އަހަރެން އެދެނީ މި ފެސިލިޓީގައި ކުޅެގެން ރާއްޖޭގެ ކުޅުންތެރިން ފުރަތަމަ އޭޝިއާގެ ލެވަލްގައި ކުރިއަރައި ދުނިޔޭގެ ލެވަލްގައި ވެސް ކުރިއަށް ދިއުން،" ވެނަމްގެ ނަމުން މަޝްހޫރުވެފައިވާ ކޮލާ ބުންޏެވެ.

ރޭގެ އިވެންޓްގެ ރަސްމީ ބަޔަކަށް ފަހު ކޮލާ ވަނީ އޭނާގެ އުކުޅުތައް ދައްކާލައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހެދި ބިލިއާޑް ހައުސް ވެސް ހުޅުވައިފަ އެވެ.

މާލޭގައި ތަރައްގީކުރި މި ބިލިއާޑް ފެސިލިޓީގައި 12 މޭޒު ވަނީ ބަހައްޓައިފަ އެވެ. ރޭގެ އިވެންޓުގައި އެމްޕީބީއޭ އިން ވަނީ އެ އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓާއި ބުކިން އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފަ އެވެ. އާ ވެބްސައިޓާއި އެޕްލިކޭޝަނާ އެކު ކުޅުންތެރިންގެ މައުލޫމާތާއި ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެތައް ފަސޭހަތަކެއް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox