މަނީ ލޯންޑްރިންގެ ތުހުމަތުން ހައިލަމް ސަލާމަތް ވެއްޖެ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: މަނީ ލޯންޑްރިންގެ ތުހުމަތުން ވަނީ ސަލާމަތް ވެފައި--

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: މަނީ ލޯންޑްރިންގެ ތުހުމަތުން ވަނީ ސަލާމަތް ވެފައި--

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ފުލުހުން މައްސަލަ ފައިލް ކޮށްފި އެވެ.

ހައިލަމްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރީ އޭނާ ފަނޑިޔާރަކަށް ހުންނަވަނިކޮށް ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަށް 2019 ވަނަ އަހަރުގެ މެއި މަހު ދެ ލައްކަ ރުފިޔާ ފޮނުވުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "އަދަދު" އަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވުމުން ދައުވާ ކުރެވޭ ވަރަށް ހެތްކާއި ގަރީނާ ނެތް ކަމަށް ފެންނާތީ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލަ މިހާރު ވަނީ ފައިލް ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށުމުން އޭރު ހައިލަމް ވިދާޅުވީ ރައްޓެއްސެއްގެ އަތުން އަނބުރާ ދައްކާ ގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ދެ ލައްކަ ރުފިޔާ ޓްރާންސްފާ ކުރުމުން މަނީ ލޯންޑާ ކުރިކަމަށް ތުހުމަތު ކުރީ ކަމަށެވެ. އަދި އެހެން ބުނެ ބިރެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން ހައިލަމް އިސްތިއުފާ ދެއްވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭނާ ފޮނުއްވި މެސެޖެއްގައި ހިމެނޭ ކުރެހުމެއްގެ ސަބަބުން އޭނާގެ މައްސަލަ ޖޭއެސްސީއިން ބަލަން ފެށުމުންނެވެ. ހައިލަމް ފޮނުވި މެސެޖްގައިވާ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައިފައިވާ ތަނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox