ފަލަސްތީނާއި އިޒްރޭލުގެ މަޖިލީހުގައި ތަގުރީރު ކުރަން ނަޝީދަށް ދައުވަތު

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ފަލަސްތީނާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރަން ދައުވަތެއް ލިބި ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދު މިއަދު ހާމަކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ފަލަސްތީނުގެ އިތުރުން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުުރައްވަން އެމަނިކުފާނަށް ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް ދައުވަތު ގަބޫލުކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް ވަންނަ ފުރަތަމަ ވިސްނުމަކީ މިބާވަތުގެ ކަމެއް އަޅުގަނޑުގެ ކުރި މައްޗަށް އައިމާ އަޅުގަނޑު އަމަލު ކުރާނެ ގޮތަކީ ވީހާވެސް ގިނަ ބަޔަކާ މައުލޫމާތު ހިއްސާ ކުރުން. ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާނެ ދިމާ،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހައްގުވާ ކަމަށް މަޖިލީހުގެ އެއްވެސް މެންބަރަކު ދެބަސްވެ ވަޑައިނުގަންވާނެ ކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވެދިނުމަށް ދިވެހިން ތިބޭނީ ތައްޔާރަށް ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިޔާލުފާޅު ކުރެވޭ ތަފާތު މަގުތަކެއްވޭ. އެ ހިޔާލު ފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްމަޖެހޭ ގޮތެއް އަޅުގަނޑުމެންނަށް ހޯދި އެގޮތުގެ މަތީގައި އަޅުގަނޑުމެން މަސައްކަތް ކުރިއަށް ދާން ޖެހޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯއްދަވަން ބޭނުންފުޅުވަނީ 1974 ވަނަ އަހަރުން ފެށިގެން ރާއްޖޭން ގުޅުން ކަނޑާލާފައިވާ އިޒްރޭލަށް ވަޑައިގެންނެވުމާ މެދު ކަމެއް ނަޝީދު ސީދާ ވިދާޅެއްނުވެ އެވެ.

ފަލަސްތީނަށް ނަޝީދުގެ ވެރިކަމުގައި ބައެއް ދާއިރާތަކުން އިޒްރޭލާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއި ކުރުމުން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާ ކަމަށް ބުނެ، ފަލަސްތީނުގެ ބިންތައް އަނބުރާ ހޯދައި ދިނުމަށް ރާއްޖޭން ދަނީ ކެނޑެނޭޅި ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލައި، ވަކާލުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox