ވަން ސެންޓްރަލް ޕާކު މަޝްރޫއު: ފަސް އަހަރު ފަހުން 120 އެޕާޓްމަންޓުގެ ބިންގާ އަޅައިފި

ވަން ސެންޓްރަލް ޕާކުގެ ބިންގާ އެޅުމުގެ ތެރެއިން: މިއީ ސަރުކާރުން މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ހައުސިން ޕްރޮޖެކްޓެއް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވަން ސެންޓްރަލް ޕާކުގެ ބިންގާ އެޅުމުގެ ތެރެއިން: މިއީ ސަރުކާރުން މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ހައުސިން ޕްރޮޖެކްޓެއް -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މެދުފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި 120 އެޕާޓްމަންޓުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުންޏާ ހަވާލުކޮށްފައިވާ "ވަން ސެންޓްރަލް ޕާކް" މަޝްރޫއު އަލުން މި ފެށީ ފަސް އަހަރު ފަހުންނެވެ. މި ހައުސިން ޕްރޮޖެކްޓް ހިންގަން އެ ކުންފުންޏާ އެކު ސަރުކާރުން ފުރަތަމަ ސޮއި ކުރީ މާޗު 19، 2015ގަ އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ހުއްޓިފައި އޮތުމަށް ފަހު ފްލެޓް އެޅުމުގެ ބިން ހަވާލުކުރީ އޮކްޓޫބަރު، 8، 2020ގަ އެވެ.

މި އެޕާޓްމަންޓް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މިއީ ނުފެށި ގިނަ ދުވަސްތަކެއްވެފައި އޮތް މަޝްރޫއެއް ކަން ހައުސިން މިނިސްޓަރު އަސްލަމް ވެސް ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގައި ފުރަތަމަ ސޮއިކުރެއްވީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރެވެ.

މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތުގެ ތެރެއިން ގެންގުޅޭ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްސް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޕާާޓްމަންޓުތައް ވިއްކަނީ ފުރަތަމަ ގެޔެއް/އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށް

ސެންޑަލް މޮރިޝަސްއާ ހައުސިން މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިތަނުގައި ތަރައްގީކުރާ 120 އެޕާޓްމަންޓު ވިއްކަން ޖެހެނީ ފުރަތަމަ ފަހަރަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ގަންނަ ފަރާތްތަކަށެވެ.

ވަން ސެެންޓްރަލް ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ވަން ސެެންޓްރަލް ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވަން ސެެންޓްރަލް ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މެދުފަންތީގެ އާއިލާތަކަށް އަމާޒުކުރާ މި މަޝްރޫއުގައި އެޕާޓްމަންޓެއްގެ ވިއްކަން ފަށާ އަގަކީ ދެ މިލިއަން ރުފިޔާ އެވެ.

ސެންޑަލް މޮރިޝަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުޕްތާ ވިދާޅުވީ، މިހާރު ވެސް 75 ޕަސެންޓު އެޕާޓްމަންޓުގެ ބުކިން ހައްދާފައިވާ ކަމަށެވެ. އެކަމަކު އަދި އެއްވެސް މީހެއްގެ އަތުން ބުކިން ފީއެއް ނުވަތަ އެ ނޫން ވެސް ފައިސާއެއް ވެސް ނުނަގަ އެވެ. މިކަމުން ވެސް އަންގައިދެނީ އެ މަޝްރޫއާ މެދު ކުރާ އިތުރާބު ކަަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އެވެ. އެ ކުންފުނިން ލަފާކުރަނީ އެޕާޓްމަންޓުތައް ފެބްރުއަރީ، 2023 ގައި ހަވާލުކުރެވޭ ވަރު ވާނެ ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox