ޓީމު ދެނެގަތުމުގައި މޯހަން އަށް ގޯހެއް ހެދުނު

ސަސްގެ ކޯޗު މޯހަން: އޭނާ ވަނީ ގޯސްތަކެއް ހެދުނު ކަމަށް އެއްބަސްވެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަސްގެ ކޯޗު މޯހަން: އޭނާ ވަނީ ގޯސްތަކެއް ހެދުނު ކަމަށް އެއްބަސްވެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިވި މެޗުގައި އޭނާ އަށް ޓީމު ދެނެގަތުމުގައި ގޯސްތަކެއް ހެދުނު ކަމަށް ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ޔުނައިޓެޑް ވިކްޓްރީ އަތުން ސަސް ބަލިވީ 5-1 އިންނެވެ. މާދަމާރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ ޔުނައިޓެޑް ވިކްޓްރީ މެޗުގައި އޭނާ އަށް ޓީމު ރޭވުމުގަޔާއި ޓީމު ދެނެގަތުމުގައި ގޯސްތަކެއް ހެދިފައިވާކަން މެޗުގެ ފަހުން އެނގުނު ކަމަށެވެ. އަދި އެކަންކަމަށް ވިސްނައިގެން ދެ ހުރި މެޗުތަކަށް ތައްޔާރުވާނެ ކަމަށް މޯހަން ބުންޏެވެ.

މޯހަން ބުނީ ސަސްގައި ތިބި ކުޅުންތެރިން އެންމެ ރަނގަޅަށް ނޭނގުމަކީ ވެސް މައްސަލައެއް ކަމަށާއި ކުޅުންތެރިން ދަސްކުރަމުންދާއިރު، ގޯސްތަކެއް ހެދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެބަހުރި މެޗު ތެރޭގައި ނޫނީ މެޗަށް ތައްޔާރުވުމުގައި ޓެކްޓިކަލީ މިސްޓޭކްތައް ހެދިފައި،" މޯހަން ބުންޏެވެ.

"މެޗުތަކަށް އެވަރަށް ބަދަލު ގެންނައިރުގައި އެ ކުޅުންތެރިންނަށް އެ އެއްޗެހި ނަަގައިގަނެގެން އެހާ ކުރި މުއްދަތުގެ ތެރޭގައި އެޕްލައި ކުރަން އެ ކުޅުންތެރިންނަށް އުނދަގޫވާކަން ފާހަގަކުރެވިގެންދިޔަ އެ މެޗުގައި. އެކަމަށް ވަރަށް ވިސްނަން ޖެހޭ އަޅުގަނޑު،"

މޯހަން ބުނީ ދިމާވި އަނެއް މައްސަލަ އަކީ މީގެ ކުރިން އޭނާ ގެންގުޅެފައި ހުރި ޓީމުތަކާ އަޅާބަލާއިރު ޓެކްނިކަލީ ސަސްގެ ހުރިހާ ކުޅުންތެރިން އެ ލެވަލަށް ދިޔަ ކަމަށް މާ އަވަހަށް އޭނާ އަށް އުއްމީދުކުރެވުނީ ކަމަށެވެ.

"އަޅުގަނޑަށް ވެސް އުއްމީދު ކުރެވެނީ ތަންކޮޅެއް ހައިކޮށް ކަންނޭނގެ އެއްބައި ފަހަރަށް އެ ކުޅުންތެރިންގެ ލެވަލް. އެހެންވީމަ އެ ކަހަަލަ ކަންތަކާ ހެދި އަޅުގަނޑަށް އެބަހުރި ފަހު މެޗުގައި މިސްޓޭކްތަކެއް ހެދިފައި. ޓެކްނިކަލީ ކުޅުންތެރިން އެ ލެވަލް އަށް ނުދާތީވެ އަޅުގަނޑަށް އެ އެއްޗެހިތައް ބޭނުންނުކުރެވިގެން މިއުޅެނީ ހަމަ. އެއީ އަޅުގަނޑުގެ މައްސަލައެއް ހަގީގަތަށް ދަންނަވާކަމަށްވަންޏާ ކުޅުންތެރިންގެ ލެވަލް ފުރަތަމަ އެނގިގެން އެ އަށް ޖެހޭނީ ޓީމު ސެޓްކުރަން،" މޯހަން ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވި މެޗަށް ފަހު މޯހަން ވަނީ ސަސްގެ ކުޅުންތެރިންގެ "އެޓިޓިއުޑް" ބަދަލުނުކުރާނަމަ އެ ޓީމު ރެލިގޭޝަން ކުޅެން ތައްޔާރުވުން ރަނގަޅުކަމަށް ބުނެފަ އެވެ. މޯހަން މިއަދު ބުނީ އޭނާ އެ ދުވަހު ފާހަގަކުރި އެޓިޓިއުޑްގެ ވާހަކަ އަކީ ސަސް ކޮޅަށް ގޯލެއް ވަނުމުން ދެން އެ ޓީމުގެ ކުޅުންތެރިން ހިތްވަރު އެލިފައި ހުންނަ ހުރުމަށް ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

މިއީ ދެ ވަނަ ބުރުގައި ދަ ގްރާންޑޭ އާއި ސަސް ކުޅޭ ފަހު މެޗެވެ. ދެ ޓީމު ވެސް 13 މެޗު ކުޅެފައިވާއިރު، ސަސް އޮތީ ހަތް ވަނައިގައި 12 ޕޮއިންޓާ އެކު އެވެ. ދަ ގްރާންޑޭ އޮތީ 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މޯހަން ބުނީ މިއީ ދެ ވަނަ ބުރުގައި އެ ޓީމު ކުޅޭ ފަހު މެޗަށް ވެފައި އަދި ބޮޑު ބްރޭކަކަށް ލީގު ދާއިރު މޮޅެއް ހޯދުން މުހިއްމު ކަމަށެވެ.

"ހުރިހާ ގޮތަކުން ވެސް މޮޅެއް މުހިއްމު. ޕޮއިންޓް ޓޭބަލަށް ބަލާއިރު ވެސް. ދެން އަނެއްކޮޅުން އަނެއްބުރު ފައްޓާއިރު ވެސް ރަނގަޅު ރޫހެއްގައި ތިބެން މި މޮޅު މުހިއްމު،" މޯހަން ބުންޏެވެ.

ދަ ގްރާންޑޭ ދެ ވަނަ ބުރު ފަށައިގެން އެކި މައްސަލަތަކުގެ ތެރޭގައި އުޅޭކަން އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކަ އާއި ޕްރެކްޓިހުގައި އެ ޓީމުގެ ހާޒިރީން ފެންނަ ކަމަށް މޯހަން ބުންޏެވެ. އެކަންކަން އެހެން އޮތް ނަަަމަވެސް މެޗަށް ތައްޔާރުވާނީ އެ ހާލަތަށް މާ ބޮޑަށް ނުވިސްނައި ކަމަށް މޯހަން ބުންޏެވެ.

"އަޅުގަނޑު އެ އެއްޗިއްސެއް ނޫނީ އެކަމަށް ބަލައިނުގަންނަން. އެކަން ދަނޑުމަތިން ފެންނާނެ ކަމަށް. އެކަަމު މިދިޔަ މެޗުގައި އެކަން ފެނިގެންދިޔަ. އެކަމު އެ އަށް ބަލައިގެންނެއް ނޫން މޮޅަކަށް ފޯކަސް ކޮށްގެން ނުކުންނާނީ.،" މޯހަން ބުންޏެވެ.

ލީގުގައި ސަސް އާއި ދަ ގްރާންޑޭ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ދިޔައީ ބޭނުމެއް ނުކުރެވި އެވެ. މޯހަން ބުނީ މާދަމާރޭގެ މެޗުގައި ފުރަަތަމަ ގޯލު ޖަހާ ޓީމަކަށް މީގެ އެޑްވާންޓޭޖް ބޮޑު ކަމަށެވެ.

ސަސް އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox