ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މުޒާހަރާ ކޮށްފި

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމުން ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމުން ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ މުޒާހަރާ ކޮށްފި އެވެ.

ޔާމީން ޖަލު ބަންދުގައި ހުންނަވާތާ 500 އަށް ވުރެ ގިނަ ދުވަސްވުމާ ގުޅިގެން ބޭއްވި މުޒާހަރާ އޮތީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގަ އެވެ.

މުޒާހަރާ ފަށަންވާއިރު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ނުދެވޭ ގޮތަށް އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީމަގުގެ ކަންމައްޗާއި ބޮޑުތަކުރުފާނު މަގުން ރާޅުގަނޑު ސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދު ކޮށްފަ އެވެ.

ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވުމުން އެ މީހުން އަޑުއުފުލީ ޕީޕީއެމް އޮފީސް ދޮރުމަތީގައިތިބެ އެވެ. ޕީޕީއެމްގެ ދިދަ ހިފައިގެން މުޒާހަރާގެ ބައިވެރިން ތިބީ ޔާމީންގެ މޫނުގެ ކުރެހުމެއް ހިމެނޭ މާސްކްތަކެއް އަޅައިގެންނެވެ.

ޔާމީން އަބްދުލްގައްޔޫމް ގެކޮޅަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ފަހުން ވިދާޅުވި ނަމަވެސް އެކަމަށް އަމަލީ އެއްވެސް ސިފައެއް ނާންނާތީ މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.

މިރޭ 10:00 ކަންހާއިރު ފެށި މުޒާހަރާ ގަޑިއެއްހާއިރު ތެރޭގައި ނިންމާލީ މާދަމާ އިރުއޮއްސި 6:00 ގެ ކުރިން ޔާމީން މިނިވަން ނުކޮށްފި ނަމަ އަލުން މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ގިނަ ފުލުހުންތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރިވި ނަމަވެސް މިރޭ އެއްވެސް ކުރިމަތިލުމެއް ނުހިނގަ އެވެ. އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްވެސް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox